ށ. ފޯކައިދޫ ކައުންސިލުން، އެރަށު ރައްޔިތުންނަށް ބޭނުންވާ ބައެއް ކަންކަން ފަހިކޮށްދިނުމުގެ ގޮތުން އެ ރަށު ޕޮލިހަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ފޯކައިދޫ ކައުންސިލުން ބުނެފައިވާ ގޮތުގައި، އާއްމު ރައްޔިތުންނަށް ފޯރުކޮށްދޭ ކުށުގެ ރެކޯޑް ސެޓްޕިކެޓް ޕްރިންޓް ކުރުމާއި، ރައްޔިތުން ގާތަށް ގޮސް ނަގަންޖެހޭ ބަޔާން ނެގުންފަދަ ކަންކަން ކުރުމަށް ބޭނުންވާ ލެޕްޓޮޕާއި، ކުލަ ޕްރިންޓަރ އެއް ވަނީ އެރަށު ޕޮލިސް ސްޓޭޝަނަށް އެ ކައުންސިލްގެ ފަރާތުން ހަދިޔާކޮށްފައެވެ.
އަދި ކައުންސިލުން ސްޓޭޝަންގެ މަސައްކަތްތައް ހަރުދަނާކޮށް ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމަ ކުރުމަށްޓަކައި ކުރިންވެސް އެހީތެރިކަން ފޯރުކޮށްދީފައިވާކަން ކައުންސިލުން ބުނެފައިވެއެވެ.
އެގޮތުން ކައުންސިލުން ފޯރޮކޮށްދިން އެހީގެ ތެރޭގައި، ސްޓޭޝަންގައި ކެމެރާ ސެޓަޕް ޤާއިމްކުރުމާއި، ކޯޓު ސެޓަޕް ޤާއިމުކޮށްދިނުމާއި، ސާޗު ލައިޓް ފޯރުކޮށްދީ، އަލިފާންނިވި ބެހެއްޓުމުގެ އިތުރުން ޑޯބަލް ކެމެރާ ސެޓްއަޕްއެއް ޤާއިމްކޮށްދީފައިވެއެވެ.
މި ތަކެތި ހަވާލުކޮށްދިނުމަށް ބޭއްވުނު ރަސްމިއްޔާތުގައި ޕޮލިސް ސޮޓޭޝަނުން ވަނީ ފޯކައިދޫ ކައުންސިލުން ވެދިން އެހީގެ އަގު ވަޒަންކޮށް ކައުންސިލަށް ހަނދާނީ ފިލާއެއް އަރުވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!