ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ: ފޯކައިދޫ ކައުންސިލް
ށ. ފޯކައިދޫގައި ކުރިއަށް ގެންދިޔަ ޕެއިންޓިން ފޯ ނޭޗާ ކެމްޕޭން ސަބަބުން ތިމާވެެއްޓަށް ހޭލުންތެރިކަން އިތުރުވާނެ ކަމަށް އެރަށު ކައުންސިލުގެ ރައީސް އަހްމަދު އާސިފް ވިދާޅުވެއްޖެއެވެ. މި ކެމްޕޭނަކީ ދި އައިލެންޑް އާޓިސްޓް އާއި އެންވަޔަރްމެންޓް މިނިސްޓްރީ އަދި ފޯކައިދޫ ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ ކެމްޕޭނެކެވެ. މިކަމާއި ގުޅިގެން ފޯކައިދޫ ކައުންސިލުގެ ރައީސް އަހްމަދު އާސިފް ”ތިލަދުން” އަށް ވިދާޅުވީ މިފަދަ ކުރެހުންތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށް ވަރަށްބޮޑަށް އ...