ށ. ފޯކައިދޫގައި އިސްލާމީ ސެންޓަރެއް ތަރައްޤީކުރުމަށް ހަމަޖައްސާފައިވާ ބިން ފެނަކަ އާއި ހަވާލުކޮށްފިއެވެ.
ފޯކައިދޫ ކައުންސިލުން ބުނީ އެރަށުގައި އިސްލާމިކް ސެންޓަަރެއް އެޅުމަށްޓަކައި ކަނޑައަޅާފައިވާ ބިމާއި 19 މެއި 2025 ވީ ހޯމަ ދުވަހު ފެނަކައިން ވަނީ ހަވާލުވެފައިކަމަށެވެ.
އެގޮތުން މި ބިމާއި ހަވާލުވެލައްވާފައިވަނީ ފެނަކަ ފޯކައިދޫ ބްރާންޗުގެ ސްޓޭޝަން އިންޗާޖު އަބްދުالله މާހިދު އެވެ.
މި މަޝްރޫޢު ތަރައްޤީކުރުމުގެ ގޮތުން ނަމާދުކުރާ ބަޔަކާއި ހޯލަކާއި ލައިބްރަރީއެއްގެ އިތުރުން ކްލާސްރޫމްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އަދި މި މަސައްކަތް ފެނަކަ އާއި ހަވާލުކޮށްފައިވަނީ މަސައްކަތް ފަށާތާއި 900 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.
ރާއްޖޭގެ އެކި ސަރހައްދުތަކުގައި އިސްލާމީ ސެންޓަރުތައް ޤާއިމްކޮށް ތަރައްޤީކުރުމަކީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!