މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

74 Stories filed
ފާއިތުވި 5 އަހަރު 69،780 ވެހިކަލް ރަޖިސްޓްރީ ކުރި: އަމީން
Raajje

ފާއިތުވި 5 އަހަރު 69،780 ވެހިކަލް ރަޖިސްޓްރީ ކުރި: އަމީން

ފާއިތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖެ އަށް 69،780 ވެހިކަލް ރަޖިސްޓްރީ ކުރި ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވީ ފާއިތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މާލެ އަށް އެކަނި ވެސް 42،000 އުޅަނދު ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ. “ހިސާބުތަކަށް ބަލާ އިރުގައި ސިއްސައިގެންދާ ވަރުގެ އަދަދަކަށް ރަޖިސްޓްރީވަމުންދަނީ، އެއީ ގްރޭޓާ މާލެ އޭރިޔާ، މި އޭރިޔާއަކީ ވަރަށް ހައި ޑެނ...

މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި
Raajje

މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފި

މާލެ އާއި ވިލިމާލެއާ ދެމެދު ސީ އެމްބިއުލާންސްގެ ހިދުމަތް ފަށައިފިއެވެ. ވިލިމާލޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރަމްޒީ ތަޅުދަނޑި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރު އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއާ ހަވާލު ކުރައްވައިފައެވެ. މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ ވިލިމާލޭގެ ރައްޔިތުންނަށް ސީ އެމްބިއުލާންސްގެ ހިދުމަތް ދެވުމަކީ ވިލިމާލޭގ...

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލަން ނިންމައިފި
Raajje

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލަން ނިންމައިފި

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ދިވެހިރާއްޖޭގައި ޓެކްސީކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ނިންމެވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެލަފާ ހޯއްދެވުމަށްފަހުއެވެ. މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހު...

އެއްގަމު ލައިސަންސްގެ ތިއަރީ އިމްތިހާނު ހަދާ ސެންޓަރަކަށް ޕޮލިޓެކްނިކް
Raajje

އެއްގަމު ލައިސަންސްގެ ތިއަރީ އިމްތިހާނު ހަދާ ސެންޓަރަކަށް ޕޮލިޓެކްނިކް

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު މާލެ ސަރަހައްދުގައި ހަދާ ސެންޓަރެއް ގޮތުގައި ޕޮލިޓެކްނިކް ހަމަޖައްސައިފިއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ވިދާޅުވީ، އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރޮކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، މޯލްޑިވްސް ޕޮލިޓެކްނިކްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެތަނުން މި އިމްތިހާނު ހަދަން ފަށާނީ 15 ނޮވެމްބަރ 2023 ވަނަ ދުވަހު މާދަމާ) އިން ފެށިގެން ކ...

ގަރާޖު ސިޓީ ހުށަހަޅަން ޖެހޭގޮތަށް އޮތް ގަވާއިދު އުވާލައިފި
Raajje

ގަރާޖު ސިޓީ ހުށަހަޅަން ޖެހޭގޮތަށް އޮތް ގަވާއިދު އުވާލައިފި

ޓެކްސީ ރަޖިސްޓްރީ ކުރުމަށް ގަރާޖު ސިޓީ ހުށަހަޅަން ޖެހޭ ގޮތަށް އޮތް ގަވާއިދު އުވާލައިފިއެވެ. ޓެކްސީތަކާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ހާއްސަކޮށްފައިވާ އުޅަނދުތައް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ބޭނުން ނުވާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީ ކުރުމުގެ ގަވާއިދު އިސްލާހުކޮށްފިއެވެ. އެހެންނަމަވެސް އާ ގަވާއިދުގެ ދަށުން އެހެން ހުރިހައި ވެހިކަލެއް ރަޖިސްޓްރީ ކޮށްދޭނީ އެ އުޅަނދު ބާއްވާނެ ގަރާޖެއް އޮތް ކަމުގެ ލިޔެކިޔުން ހުށަހެޅުމުން ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ...

ރާއްޖޭގައި ބާއްވާ ފުރަތަމަ މެރިން އިންޑަސްޓްރީ ފޯރަމް ފަށައިފި
Raajje

ރާއްޖޭގައި ބާއްވާ ފުރަތަމަ މެރިން އިންޑަސްޓްރީ ފޯރަމް ފަށައިފި

މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް މިއަދު ފަށައިފިއެވެ. މިއީ ބޯޓިން ދާއިރާގައި މަސައްކަތްކުރާ މުހިންމު ފަރާތްތައް ބައިވެރިވާ މި ފޯރަމް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ. އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފޯރަމަކީ މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނާއި މީޑިއަމް އިވެންޓުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ދަތުރުފަތުރާބެހޭ ވަޒީރު އައިޝަތު ނަހުލާ އެވެ. ހޮޓެލް ޖެންގައި ކުރިއަށްދާ މި ފޯރަމްގައި 5 ޕެނަލް ޑިސްކަޝަންއެއް ކު...

ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލްކުރުން ކޯޓުން ހުއްޓުވާލީ ރަނގަޅަށް: ހައިކޯޓް
Raajje

ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލްކުރުން ކޯޓުން ހުއްޓުވާލީ ރަނގަޅަށް: ހައިކޯޓް

ވެހިކަލްތަކެއްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމި ނިންމުން ތަންފީޒުކުރުން ސިވިލް ކޯޓުން ހުއްޓުވީ ރަނގަޅަށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ގަވާއިދާ ހިލާފަށް ރަޖިސްޓްރީކުރި ކަމަށް ތުހުމަތުކޮށް 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ސަރުކާރުން ނިންމާފައި ވަނިކޮށް ސިވިލް ކޯޓުން މިދިޔަ އަހަރު އަމުރެއް ނެރުނީ އޭގެ ތެރެއިން 87 ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލުމަށެވެ. އެ އަމުރު ޓްރާންސްޕޯޓް މިނިސްޓްރީން ހައި ކޯޓުގައި އިސްތިއުނާފްކުރި އެވެ. ހައި ކޯޓުގެ ދެ ފަނޑި...

މާލެ ސަރަހައްދުގައި ރޯދަ މަހު ދުވާލު މުދާ އުފުލޭ ގަޑިތައް އާންމުކޮށްފި
Raajje

މާލެ ސަރަހައްދުގައި ރޯދަ މަހު ދުވާލު މުދާ އުފުލޭ ގަޑިތައް އާންމުކޮށްފި

އަންނަ ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަ ދުވަހު، ދުވާލު މުދާ އުފުލޭ ގަޑިތައް ޓްރާންސްޕޯޓު މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ މިނިސްޓްރީން ބުނީ މާލެ ސަރަހައްދުގައިި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި މުދާ އުފުލޭނީ ހެނދުނު 9 އިން ފެށިގެން ހަވީރު 4:30 އަށް ކަމަށެވެ. މީގެ އިތުރުން ރޭގަނޑު 8 އިން ފެށިގެން ހެނދުނު 6 ޖަހަންދެން ހުރިހައި ބާވަތެއްގެ މުދާ، ހުރިހާ ގިންތިއެއްގެ މުދާ އުފުލާ އުޅަނދުގައި އުފުލޭނެ ކަމަށް ވެސް އެ […]

މުއްދަތު ހަމަވެފައިވާ ލައިސަންސާއެކު ދުއްވޭ މުއްދަތު މި މަހުގެ ނިޔަލަށް
Raajje

މުއްދަތު ހަމަވެފައިވާ ލައިސަންސާއެކު ދުއްވޭ މުއްދަތު މި މަހުގެ ނިޔަލަށް

މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ވިދާޅުވެފައިވާ ގޮތުގައި އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންކުރާ ލައިސަންސްގެ މުއްދަތު ހަމަވި ނަމަވެސް މިމަހުގެ ނިޔަލަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މިއީ މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ މުއްދަތު މިގޮތައް ދައްމާލި ތިން ވަނަ ފަހަރެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އެ މުއްދަތު އެ...

އާދީއްތަ ދުވަހުންފެށިގެން ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށަނީ
Raajje

އާދީއްތަ ދުވަހުންފެށިގެން ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށަނީ

ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ގޮތުގައި ޑިޖިޓަލް ލައިސަންސް ބޭނުންކުރަންފެށުމުގެ ތައްޔާރީތައް ނިމި، އަންނަ އާދީއްތަ ދުވަހުންފެށިގެން ރާއްޖޭގައި ޑިޖިޓަލް ލައިސަންސް ބޭނުންކުރަން ފަށަން ހަމަޖައްސައިފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު އެ ޚިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤްޞަދުގައި އެ މިނިސްޓްރީގެ ފަރާތުން އަލަށް ފ...

ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރާ މީހުން ބިނާކުރުމަށް މަޝްވަރާކޮށްފި
Raajje

ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރާ މީހުން ބިނާކުރުމަށް މަޝްވަރާކޮށްފި

ރާއްޖޭގެ މެރިޓައިމް ސިނާއަތުގައި މަސައްކަތް ކުރާ މީހުން ބިނާކުރުމަށްޓަކައި ދުނިޔޭގެ މެރިޓައިމް ޔުނިވާސިޓީއައި އެކު ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު މަޝްވަރާކޮށްފައެވެ. މި މަޝްވަރާގައި ރާއްޖޭގެ ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރު އައިޝަތު ނަހުލާ އާއި ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް އަނީ އަދި ކަމާބެހޭ އިސް ބޭފުޅުންނެވެ. ދުނިޔޭގެ މެރިޓައިމް ޔުނިވާސިޓީގެ ފަރާތުން މި މަޝްވަރާގައި ބައިވެރިވެވަޑައި...

އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި
Raajje

އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި

އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ. ލައިސަންސްގެ އެންމެހާ ޚިދުމަތތައް ވަގުތީގޮތުން ހުއްޓާލިކަން އެންގުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ވަނީ އިޢުލާނެއްކޮށްފަ އެވެ. ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ، ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއަރގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގ...

އަލީ ޞާލިޙް، ޓްރާންސްޕޯޓް މިނިސްޓްރީއަށް
Raajje

އަލީ ޞާލިޙް، ޓްރާންސްޕޯޓް މިނިސްޓްރީއަށް

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލުކުރައްވައިފި އެވެ. އަލީ ޞާލިޙަކީ ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރު ތަމްސީލް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. 2018 ވަނަ އަހަރު އައު ސަރުކާރު ހުވާކުރުމާއެކު، އަލީ އެންމެ ފުރަތަމަ އައްޔަނު ކުރެއްވީ އޭރުގެ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް...

ޝިމާޒު ޔޫތް މިނިސްޓްރީއަށް، ރިޔާޒު ޓްރާންސްޕޯޓު މިނިސްޓްރީއަށް
Raajje

ޝިމާޒު ޔޫތް މިނިސްޓްރީއަށް، ރިޔާޒު ޓްރާންސްޕޯޓު މިނިސްޓްރީއަށް

އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހްމަދު ރިޔާޒް ޓްރާންސްޕޯޓު މިނިސްޓްރީއަށް އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރގެ މަގާމުގައި ހުންނެވި ޝިމާޒު އަލީ ޔޫތް މިނިސްޓްރީއަށް ބަދަލުކުރައްވައިފި އެވެ. ރައީސް އޮފީހުގެ ތަރުޖަމާން މިޢުވާން މުހައްމަދު ‘ތިލަދުން’ އަށް ވިދާޅުވީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ރިޔާޒު ޓްރާންސްޕޯޓު މިނިސްޓްރީއަށް އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ ޔޫތް މިނިސްޓްރީއަށް ބަދަލު ކުރައްވާފައިވާ ކަމަށެވެ. އެހެންނަމަވ...

ކޮރަޕްޝަނަށް މަގުފަހި ނުވާނޭގޮތް ހެދުމަށް އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމުކުރަނީ
Raajje

ކޮރަޕްޝަނަށް މަގުފަހި ނުވާނޭގޮތް ހެދުމަށް އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމުކުރަނީ

ކޮރަޕްޝަނަށް މަގުފަހި ނުވާނޭގޮތް ހެދުމަށް އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު އާންމުކުރަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީން މިކަން ހާމަކުރައްވައި، ނެރުއްވި އިއުލާނެއްގައި ވަނީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރާ އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރު މިއަދުން ފެށިގެން އާންމުކުރަން ހަމަޖެހިފައިވާ ކަމަށެވެ. މިއީ އެ މިނިސްޓްރީން ރަޖިސްޓްރީ ކުރާ އުޅަނދުތަކުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުންނާއި ކޮރަޕްޝަނަށް މަގުފަހި ނުވާނޭހެން ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި...