މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

74 Stories filed
އާރުޓީއެލް މަޝްރޫޢުއަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ
Raajje

އާރުޓީއެލް މަޝްރޫޢުއަށް އިންޑިއާއިން 100 މިލިއަން ރުފިޔާގެ ހިލޭ އެހީ

“އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް” މަޝްރޫޢުގެ (އާރުޓީއެލް) އަށް 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީ ދިނުމަށް އިންޑިއާ ސަރުކާރުން ނިންމައިފިއެވެ. މިކަމާ ގުޅޭ އެމްއޯޔޫ ގައި މިއަދު ސޮއިކޮށްފައިވާއިރު، އިންޑިއާ ސަރުކާރުގެ “ގްރާންޓް އެސިސްޓެންސް ފޯ ހައި އިންޕެކްޓް ކޮމިއުނިޓީ ޑިވަލޮޕްމަންޓް ޕްރޮޖެކްޓްސް” ގެ ދަށުން ދެވޭ މި އެހީއާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެ...

އަމީންގެ މައްޗަށް އިތުބާރުނެތްކަމަށް ފާހެއްނުވި
Parliament

އަމީންގެ މައްޗަށް އިތުބާރުނެތްކަމަށް ފާހެއްނުވި

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، މުޙައްމަދު އަމީންގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހެޅި މައްސަލާގައި އަމީންގެ މައްޗަށް އިތުބާރު ނެތްކަމަށް ފާހެއްނުވިއެވެ. މިއަދު މެންދުރުފަހު 1:30 ގައި ފެށި މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާގައި އަމީންގެ އިތުބާރުގެ މައްސަލާގައި ވަނީ ވޯޓަށް އަހާފައެވެ. އަމީންގެ އިތުބާރު އޮތްކަމަށް 54 މެމްބަރުން ވޯޓުދެއްވިއިރު، އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 11 މެމްބަރުންނެވެ. ވަކިކޮޅަކަށް ނުފެންނަކަމަށް އެއްވެސް މެމްބަރަކު ވޯޓުދެއްވާފައެއްނުވެއެވެ. އަމީނ...

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ހޭލުންތެރިކުރުމަށް ޤައުމީ ކެމްޕޭނެއް ފަށަނީ
Raajje

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް ހޭލުންތެރިކުރުމަށް ޤައުމީ ކެމްޕޭނެއް ފަށަނީ

އެއްގަމު ދަތުރުފަތުރުގެ ގަވާއިދުތަކަށް މީހުން އަހުލުވެރިކޮށް، ހޭލުންތެރިކަން އިތުރުކުރުމަށް މުޅި ރާއްޖެ ޝާމިލުވާގޮތަށް ޤައުމީ ކެމްޕެއިނެއް ފެއްޓެވުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ. ރައީސް މި ގޮތަށް ނިންމެވީ މިދިޔަ އާދިއްތަ ދުވަހު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހުގައި ވަޒީރުންގެ ލަފާފުޅާއެކުގައެވެ. މި ކެމްޕެއިން ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ މިނިސްޓްރީ އޮ...

ރަށު ޕިކަޕާއި ސައިކަލް ދުއްވަން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް
Raajje

ރަށު ޕިކަޕާއި ސައިކަލް ދުއްވަން 60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް

60 ސީސީއިން ދަށުގެ މޮޓޯސައިކަލާއި އޮޓޯ ސައިކަލާއި ރަށުޕިކަޕް ފަދަ އުޅަނދުދުއްވުމަށް  60 އަހަރުން މަތީގެ މީހުންނަށް ހާއްސަ ލައިސަންސެއް ލިބޭ ގޮތަށް  އެއްގަމުން އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެެހޭ ޤަވައިދަށް މިއަދު އިސްލާހް ގެނެސްފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ފަރާތުން ގެނައި މި އައު އިސްލާހުގެ ދަށުން، 60 އަހަރުން މަތީގެ މީހުންނަށް ހަތަރު ގަޑިއިރުގެ ޕްރޮގްރާމެއް ފުރިހަމަ ކުރުމަށްފަހު ހާއްސަ ލައިސަންސެއް ނެގިދާނެ އެވެ. މި ޕްރޮގްރާމްގައި ޓްރެފިކްގެ ގަވާއިދުތައ...

ގައުމީ އެއާލައިނުން އަންނަ ޖެނުއަރީގައި ވައިޑް-ބޮޑީ މަތިންދާބޯޓު ދަތުރުތައް ފަށަނީ
Raajje

ގައުމީ އެއާލައިނުން އަންނަ ޖެނުއަރީގައި ވައިޑް-ބޮޑީ މަތިންދާބޯޓު ދަތުރުތައް ފަށަނީ

އަންނަ ޖެނުއަރީގައި މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ފެށޭނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްއިން ގެނެސްދިން  “ހަފްތާ 52” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ. މި ޕްރޮގްރާމްގައި ދެއްކެވިވާހަކާގައި ވަޒީރު ވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓު އަންނަ ޖެނުއަރީމަހު ބޭނުންކުރަން ފަށާނެކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވިގޮތުގައި...

އަންނަ ނޮވެމްބަރުން ފެށިގެން އަލުން ޑޮމެއިން ނަންބަރުތައް ދޫކުރަން ފަށަނީ
Raajje

އަންނަ ނޮވެމްބަރުން ފެށިގެން އަލުން ޑޮމެއިން ނަންބަރުތައް ދޫކުރަން ފަށަނީ

އަންނަ ނޮވެމްބަރުން ފެށިގެން އަލުން ޑޮމެއިން ނަންބަރުތައް ދޫކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފިއެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަލުން ޑޮމެއިންގެ ޚިދުމަތް ފަށާއިރު މިހާރު އަމަލުކުރަމުން އަންނަ އުސޫލުތަކާއި ޤަވާޢިދު ވެސް އިސްލާޙް ވެގެން އަންނާނެ ކަމަށެވެ. އަދި ޑޮމެއިން ޚިދުމަތް ދިނުމާގުޅޭ ލިޔެކިޔުން ތަކަކީ ސެކިއުރިޓީ ފީޗާސް އެކުލެވޭ ލިޔެކިޔުންތަކަކަށް ބަދަލުވެގެން ދާނެކަމަށް ވެސް އެ މިނިސްޓްރީން ބުނެފަވެއެވެ. އެ މިނިސްޓްރީން ވަނީ މި މަސަ...

ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އަޅަން ހަވާލުކޮށްފި
Raajje

ހުޅުމާލޭގައި 15 ޕާކިން ބިލްޑިން އަޅަން ހަވާލުކޮށްފި

ހުޅުމާލޭގައި ޕާކިން 15 ޕާކިން ބިލްޑިން އަޅަން، ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މިއަދު ހަވާލުކޮށްފިއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރު މުހައްމަދު އަމީނެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ. މި އެއްބަސްވުމުގައިވާގޮތުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި މި ބިލްޑިން ތަކުގެ މަސައްކަތް ނިންމަންޖެހެއެވެ. މި ޕާކިން ބިލްޑިންތަކުގައި ޖުމްލ...

މާލެ ސަރަހައްދުގެ މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް "މާލެ ފަހި ޕްރޮގްރާމް" އިފްތިތާޙްކޮށްފި
Raajje

މާލެ ސަރަހައްދުގެ މަގުތައް ރައްކާތެރި ތަނަކަށް ހެދުމަށް "މާލެ ފަހި ޕްރޮގްރާމް" އިފްތިތާޙްކޮށްފި

މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމުގެ މަޤްޞަދުގައި ސަރުކާރުން ހިންގާ “މާލެ ފަހި ޕްރޮގްރާމް” ރޭ އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ.  މުޙައްމަދު މުޢިއްޒު އެވެ. މިއީ ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގ...

ވިއްކާފައި ހުރި 1،400 ޑޮމެއިންގެ ތެރެއިން 700 ޑޮމެއިންއަކީ ފޭކު!
Raajje

ވިއްކާފައި ހުރި 1،400 ޑޮމެއިންގެ ތެރެއިން 700 ޑޮމެއިންއަކީ ފޭކު!

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވިއްކާފައިވާ ޑޮމެއިން ނަމްބަރުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ނަމްބަރުތަކަކީ ފޭކް ޑޮމެއިންތަކެއް ކަމަށާއި އެ ނަމްބަރުތައް ގާނޫނީ ނިޒާމުގެ ތެރެއަށް ފެއްތުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ރޭ ވިދާޅުވެއްޖެއެވެ. ރައީސް އޮފީހާއި ޕީއެސްއެމް ގުޅިގެން ރޭ ގެނެސްދިން “އަހާ” ފޯރަމްގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ޑޮމެއިން ވިއްކުމުގެ ކަންކަން ހުއްޓިފައި ވަނީ މިދިޔަ ސަރުކާރުގައި ރައ...

މ. އަތޮޅާއި މާލެއާ ދެމެދު ހައި ސްޕީޑު ފެރީގެ ހިދުމަތް ފަށަނީ
Business

މ. އަތޮޅާއި މާލެއާ ދެމެދު ހައި ސްޕީޑު ފެރީގެ ހިދުމަތް ފަށަނީ

މ. އަތޮޅާއި މާލެއާ ދެމެދު ހައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީ އާއި އެމްޓީސީސީއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މީރުމާ އިވެންޓް ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މި ދަތުރުތައް ފެށުމަށް އެއްބަސްވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު އަމީނެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ. މި ދަތުރުތައް މިހާރު އެމްޓީސީސީން ވަނީ ތާވަލުކޮށްފައެވެ. އެގޮތުން ބުރާސްފަތި އަދި ހޮނިހިރު ދުވަހު...

ޓެކްސީ ޑްރައިވަރުން ބޮޑު އަގު ނަގާ ނަމަ މިހާރު ރިޕޯޓު ކުރެވޭނެ
Raajje

ޓެކްސީ ޑްރައިވަރުން ބޮޑު އަގު ނަގާ ނަމަ މިހާރު ރިޕޯޓު ކުރެވޭނެ

މާލޭގައި ޓެކްސީ ޑްރައިވަރުން ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑުކޮށް ދަތުރު ކުރާ ނަމަ، އެކަން ރިޕޯޓު ކުރެވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖައްސައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ދަތުރު ކުރަން ބޭނުންވާ މަންޒިލެއްގެ ސަބަބުން ދަތުރު ކުރަން އުޒުރުވެރިވުމާއި ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރުމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބެމުންދާ ކަމަށެވެ. ސަރުކާރުން ކަނޑަ އަޅާފައިވާ އަގު ތަކަށް ވުރެ ބޮޑު […]

މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި
Raajje

މާލެ ސަރަހައްދުން 281 ވެހިކަލް ނައްތާލައިފި

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ބޭނުންނުކޮށް ގިނަ ދުވަސް ވަންދެން ބަހައްޓާފައި ހުރި 281 ވެހިކަލް ނައްތާލައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މި ހަފްތާގެ ބުރާސްފަތި، ހުކުރު އަދި ހޮނިހިރު ދުވަހު ކުރެވުނު މަސައްކަތުން ގިނަ ދުވަސްވަންދެން ބޭނުންނުކޮށް މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިހުރި އުޅަނދު ތަކުގެ ތެރެއިން ޖުމްލަ 123 އުޅަނދު ނައްތާލެވިފައިވާ ކަމަށެވެ. ޓްރެފިކް ޑިކޮންޖެސްޝަން ޕްރޮގްރާމުގެ ދަށުން މި ހ...

އެއާ އެންބިއުލާންސްގައި ލަންކާއަށް ބަލިމީހުން އުފުލުމަށް ބޮޑު ލުޔެއް ދީފި
Raajje

އެއާ އެންބިއުލާންސްގައި ލަންކާއަށް ބަލިމީހުން އުފުލުމަށް ބޮޑު ލުޔެއް ދީފި

މެޑިކަލް އިމަޖެންސީ ހާލަތްތަކުގައި ރާއްޖެއިން ބޭރު ގައުމުތަކަށް ބަލިމީހުން އުފުލުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން ސްރީލަންކާއަށް އެއަރ އެންބިއުލާންސް އޮޕަރޭޓްކުރުމަށް ހޯދަންޖެހޭ ހުއްދަ ހޯދުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކޮށްފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، އެކަމަށް ހޭދަވާ ވަގުތު ކުޑަކުރަން ހަމަޖެހުނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން މިދިޔަ ޖެނުއަރީ މަހުގެ 29 އިން 30 އަށް ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ސަރުކާރާއެކު ކުރެއްވި...

ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް ފަށައިފި
Raajje

ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް ފަށައިފި

މާލެ އާއި ހުޅުމާލޭގެ މަގުތަކުގައި ގަވާއިދުން ބޭރުން ޕާކުކޮށް، ގިނަ ދުވަސްވެފައި ހުރި އުޅަނދުތައް ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށައިފިއެވެ. ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން މިއަދު ބުނީ، ޤަވާއިދާ ހިލާފަށް ބޭނުންނުކޮށް މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ބަހައްޓާފައިވާ އުޅަނދުތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން މަގުމަތިންނަގާ ނައްތާލުމުގެ ޕްރޮގްރާމް މިއަދު ފަށާފައިވާ ކަމަށެވެ. މި ޕްރޮގްރާމަކީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި ދިވެހި ފުލުހުންގެ ޚިދުމަތް، މާލޭ ސި...

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި
Raajje

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓަރީވުމަށް ހުޅުވާލައިފި

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވާލައި، އެ ދަފުތަރުގައި ރަޖިސްޓަރީވުމަށް ޓެކްސީ ޑްރައިވަރުންނަށް ހުޅުވާލައިފިއެވެ. ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު އެވެ. ދިވެހިރާއްޖޭގައި ޓެކްސީކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރު އެކުލަވައިލުމަށް ރައީސް ނިންމެވީ، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވަޒީރުންގެ މަޖިލީހަށް ހ...