ހޯރަފުއްޓަށް ކުރާ ދަތުރުތައް އިތުރު ކުރަން މަޝްވަރާ ކުރިއަަށް އެބަދޭ: ނަހުލާ
ހއ. ހޯރަފުށީ އެއާޕޯޓަށް ކުރާ ދަތުރުތައް އިތުރުކުރުމާމެދު ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ނަހުލާ މިހެން ވިދާޅުވީ ހޯރަފުށީ އެއާޕޯޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، އެ އެއާޕޯޓަށް ކުރާ ދަތުރުތައް މަދުވުމާއި، ޖާގަ ހޯދުމުގައި ހުރި ކަންބޮޑުވުންތައް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. މިނިސްޓަރު ނަ...