މޯލްޑިވްސް މެރިން އިންޑަސްޓްރީ ފޯރަމް މިއަދު ފަށައިފިއެވެ.
މިއީ ބޯޓިން ދާއިރާގައި މަސައްކަތްކުރާ މުހިންމު ފަރާތްތައް ބައިވެރިވާ މި ފޯރަމް ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.
އެއް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ފޯރަމަކީ މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނާއި މީޑިއަމް އިވެންޓުގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ ހަރަކާތެކެވެ.
މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ ދަތުރުފަތުރާބެހޭ ވަޒީރު އައިޝަތު ނަހުލާ އެވެ.
ހޮޓެލް ޖެންގައި ކުރިއަށްދާ މި ފޯރަމްގައި 5 ޕެނަލް ޑިސްކަޝަންއެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
އެއީ މެރިން ލޮޖިސްޓިކް އެންޑް ރެޖިއުލޭޝަނާއި ބޯޓިން ޓޫރިޒަމް އެންޑް ސޭފްޓީ އާއި ބޯޓް ބިލްޑިންގ އެންޑް ކަނެކްޓިވިޓީ އަދި ފިއުލް އެންޑް ބަންކަރިން އައި ސީފުޑް ހިމެނެއެވެ.
މި ފޯރަމް ގައި 100 އަށްވުރެ ގިނަ ފަރާތުން ބައިވެރިވާއިރު، މި އިވެންޓްގެ ތެރެއިން ވަނީ އަންނަ އަހަރުގެ މޯލްޑިވްސް މެރިން އެކްސްޕޯ އޮންނާނެ ތާރީޚު އިޢުލާންކޮށްފައެވެ.
އެގޮތުން އަންނަ އަހަރުގެ މެރިން އެކްސްޕޯ އޮންނާނީ ފެބްރުއަރީ 15 އިން 18 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައިކަން ވަނީ އިއުލާން ކޮށްފައެވެ.
މީޑިއަމް އިވެންޓްސްގެ ޑިރެކްޓަރ ޝާމް މުޙައްމަދު ވިދާޅުވީ ރާއްޖޭގެ މެރިން އިންޑަސްޓްރީ މިހާރު އޮތީ ރަނގަޅު ހިސާބެއްގައި ކަމަށާއި ބޭރުގެ ފަރާތްތަކުން ރާއްޖޭގެ މެރިން ދާއިރާއަށް ޝައުގުވެރިކަން އޮތް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!