އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލައިފި އެވެ.

ލައިސަންސްގެ އެންމެހާ ޚިދުމަތތައް ވަގުތީގޮތުން ހުއްޓާލިކަން އެންގުމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ވަނީ އިޢުލާނެއްކޮށްފަ އެވެ.

Ad
rt

ލައިސަންސް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވަނީ، ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި، އަލަށް ތައްޔާރުކުރެވުނު ސޮފްޓްވެއަރގެ ތެރެއިން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްކަމަށް އެއިޢުލާނުގައި ބުނެފައިވެއެވ.ެ

އެ އިޢުލާނުގައި ބުނެފައިވަނީ، ޑޭޓާ މައިގްރޭޝަންގެ މަސައްކަތެއް ކުރުމަށް ޓަކައި ޚިދުމަތް މެދުކަނޑާލާފައިވަނީ މިއަދުން ފެށިގެން އަންނަ ފެބުރުއަރީ މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެގޮތުން ލައިސެންސްގެ ޚިދުމަތް ހުއްޓާލާފައިވާ މުއްދަތުގެ ތެރޭގައި މުއްދަތު ހަމަވާ ލައިސަންސް ބޭނުން ކޮށްގެން އަންނަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް އެއްގަމު އުޅަނދު ދުއްވޭނެކަމަށްވެސް އެއިޢުލާނުގައި ބުނެފައިވެއެވެ.