މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

74 Stories filed
ޝިމާޒަށް ހަމާދިން މީހާގެ ބަންދަށް 10 ދުވަސް
Raajje

ޝިމާޒަށް ހަމާދިން މީހާގެ ބަންދަށް 10 ދުވަސް

ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒު އަލީއަށް ހަމަލާދިން މައްސަލާގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފި އެވެ. އޭނާއަށް ހަމަލާދީފައިވަނީ މަގުމަތިން ބަޔަކު، މި ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހު އެވެ. އަދި ހަމަ އެރޭ ވަނީ އެ މައްސަލަ ފުލުހަށް ހުށައަޅާފައިވާއިރު، ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލައިގާ 21 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު ކަމަށެވެ. ޝިމާޒަށް ހަމަލާދިނުމުގެ ކުރިން، […]

އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލް ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި
Raajje

އުޅަނދުތަކެއްގެ ރަޖިސްޓްރީ ބާތިލް ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި

އުޅަނދުތަކެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލް ކުރުން މަޑުޖައްސާލުމަށް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ. އެ ކޯޓުން މިގޮތަށް އަމުރުކުރީ އުޅަނދުތަކެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓް މިނިސްޓްރީން ބާތިލް ކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައެއްގަ އެވެ. ސެޕްޓެމްބަރު 7 ވަނަ ދުވަހާއި ސެޕްޓެމްބަރު 26 ވަނަ ދުވަހު ޓްރާންސްޕޯޓުން ބާތިލް ކުރި އުޅަނދުތަކެއްގެ ވެރި ފަރާތުން ހުށަހެޅި އެ މައްސަލައިގައި، އެ މައްސަލަ ބަލައި ނިމެންދެން ރަޖިސްޓްރީ ބާތިލް ކުރުމުގެ މަސައްކަތް ނުކުރުމަށް ސިވިލް ކޯ...

ނަންބަރު ބޯޑު ގަވާއިދާ ޚިލާފަށް ހުރުމުން ނަސޭހަތްދިން މީހުންގެ އަދަދު 1410 އަށް
Raajje

ނަންބަރު ބޯޑު ގަވާއިދާ ޚިލާފަށް ހުރުމުން ނަސޭހަތްދިން މީހުންގެ އަދަދު 1410 އަށް

އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑް ގަވާއިދާ ޚިލާފަށް ހުރުމުގެ ސަބަބުން މިހައިތަނަށް 1410 މީހަކަށް ނަސޭހަތް ދީފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެ އެވެ. އެ އިދާރާ އިން ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން މިއަދާއި ހަމައަށް 1410 މީހަކަށް ނަސޭހަތް ދީފައިވާ ކަމަށެވެ. އެހެންނަމަވެސް އެއްވެސް މީހަކު ޖޫރިމަނާކޮށް، އިތުރު އެހެން ފިޔަވަޅެއް  އަޅާފައި އަދިނުވާނެ ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ. ނަންބަރު ބޯޑް […]

ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލް ކުރާނަން: ނަހުލާ
Raajje

ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލް ކުރާނަން: ނަހުލާ

ގަވާއިދާއި ހިލާފަށް ރަޖިސްޓަރ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓަރީ ބާތިލް ކުރައްވާނެ ކަމަށާއި، ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ވަކި މީހަކަށް ބެލުމެއްނެތި އަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ އަދި ގަވައިދާ ހިލާފަށް މާލެ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ 98 ވެހިކަލެއްގެ ރަޖިސްޓަރީ ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މި ހަފްތާގައި ބާތިލް ކޮށްފައެވެ. އެއީ ގަވާއިދާ ހިލާފ...

މެރިޓައިމް ދާއިރާ ހަރުދަނާ ކުރުމަށް ހަދަންޖެހޭ ގަވާއިދުތައް ނިމުމަކާއި ގާތަށް
Raajje

މެރިޓައިމް ދާއިރާ ހަރުދަނާ ކުރުމަށް ހަދަންޖެހޭ ގަވާއިދުތައް ނިމުމަކާއި ގާތަށް

މެރިޓައިމް ދާއިރާ ހަރުދަނާ ކުރުމަށް ހަދަންޖެހޭ ގަވާއިދުތައް ނިމުމަކާ ގާތަށް ގޮސްފައިވާ ކަމަށް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެ އެވެ. އެ މިނިސްޓްރީން މިކަން ހާމަކުރެއްވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ ކަނޑުދަތުރުފަތުރާ ބެހޭ ދުވަހާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގަ އެވެ. އެ ބަޔާނުގައި ވަނީ މެރިޓައިމް ދާއިރާ ހަރުދަނާ ކުރުމަށް ހަދަން ޖެހޭ މުހިންމު 14 ގަވާއިދެއް ހެދުމުގެ މަސައްކަތް ވަނީ ނިންމުމުގެ މަރުހަލާގައި ކަމަށެވެ. ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ ސިނާއަތް ހަރުދަނާ ކުރުމަށް...

އުޅަނދުތަކުގެ ނަންބަރު ބޯޑު ރަނގަޅު ކުރަން ކުރު މުހުލަތެއް، އެއަށްފަހު ފިޔަވަޅު އަޅަނީ
Raajje

އުޅަނދުތަކުގެ ނަންބަރު ބޯޑު ރަނގަޅު ކުރަން ކުރު މުހުލަތެއް، އެއަށްފަހު ފިޔަވަޅު އަޅަނީ

ގަވާއިދުގައިވާ ގޮތަށް އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު ރަނގަޅު ނުކުރާ ފަރާތްތަކާމެދު ފުލުހުން ފިޔަވަޅު އަޅަން ނިންމައިފި އެވެ. ފުލުހުން މިގޮތަށް ނިންމާފައި މިވަނީ އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުގެ ނަންބަރު ބޯޑު، ޤަވާއިދާ އެއްގޮތަށް ބޭނުންކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އެންގުމާއި ގުޅިގެން ނެވެ. އެގޮތުން މިއަހަރުގެ އޮކްޓޯބަރ އެއް ވަނަ ދުވަހާ ހަމައަށް ނަންބަރު ބޯޑުގައި ރަނގަޅު ކުރަން ހުރި ކަންކަމާ ގުޅޭގޮތުން ފުލުހުން ނަސޭހަތްތެރިވަމުންދާނެ...

ސީޕްލޭންގެ ޚިދުމަތް ފެށުމަށް ސަރުކާރުން އެންމެބޮޑަށް ބޭނުންވާ ދެ ރަށުގެ ތެރޭގައި މަކުނުދޫ
Thiladhunmathi News

ސީޕްލޭންގެ ޚިދުމަތް ފެށުމަށް ސަރުކާރުން އެންމެބޮޑަށް ބޭނުންވާ ދެ ރަށުގެ ތެރޭގައި މަކުނުދޫ

ސީޕްލޭންގެ ޚިދުމަތް ދިނުމަށް ސަރުކާރުން އެންމެބޮޑަށް ބޭނުންވާ ދެރަށުގެ ތެރޭގައި ހދ. މަކުނުދޫ ހިމެނޭ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ހާމަކޮށްފި އެވެ. އެ މިނިސްޓްރީން މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ހުށަހެޅި އަހަރީ ރިޕޯޓުގަ އެވެ. އެ ރިޕޯޓުގައި ބުނެފައިވަނީ ސީޕްލޭންގެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ރަށްތައް މިހާރު ކަނޑައަޅާފައިވާ ކަމަށާއި އެއީ ހދ. މަކުނުދޫ އާއި މ. މުލި ކަމަށެވެ. އެ މިނިސްޓްރީން ބުނީ ސީޕްލޭން ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ […]

ކެމެރާ ހަރުކުރުން ލާޒިމްކޮށް ޓެކްސީ ގަވައިދަށް ބަދަލެއް
Raajje

ކެމެރާ ހަރުކުރުން ލާޒިމްކޮށް ޓެކްސީ ގަވައިދަށް ބަދަލެއް

ޓެކްސީތަކުގައި ޑޭޝް ކެމެރާ ހަރުކުރުން ލާޒިމްކޮށް، ޓެކްސީ ގަވައިދަށް އިސްލާހު ގެނެސްފި އެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން އިއްޔެ ވަނީ އިސްލާޙުތަކާއެކު ”ޓެކްސީ ޤަވާޢިދު” ގެޒެޓް ކޮށްފައެވެ. އެއްގަމު ދަތުރުފަތުރުކުރުމުގެ ޤާނޫނުގެ ދަށުން އެކުލަވާލި މިޤަވާޢިދަށް ގެނައި އިސްލާހުތަކަށް އަމަލުކުރަން ފަށަނީ އިއްޔެ އިން ފެށިގެން ހަމަސް ދުވަސް ފަހުންނެވެ. މި ގަވައިދަށް އަލަށް ގެނައި އިސްލާޙްތަކުގެ ތެރެއިން އެއް އިސްލާޙަކީ ޓެކްސީގެ ހިދުމަތްދޭ ހުރިހާ ވަގުތެއްގައި ޑޭޝް ކެމެރާއިން ރެކޯ...

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ދާއިިމީ ލައިސަންސް ދޫކުރަނީ
Raajje

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ދާއިިމީ ލައިސަންސް ދޫކުރަނީ

ދިވެހިންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް، އެއްގަމު އުޅަނދު ދުއްވުމުގެ ދާއިިމީ ލައިސަންސް ލިބޭގޮތަށް ހަމަޖައްސައިފިއެވެ. މިގޮތަށް ހަމަޖައްސާފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމާބެހޭ ޤަވާއިދަށް ގެނައި ފުރަތަމަ އިސްލާހުގައެވެ. މި ޤަވާއިދު މިހާރުވަނީ ގެޒެޓް ކޮށްފައެވެ. ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ ދިވެހިންނަށް ލައިސަންސް ދޫކުރާ އުސޫލާ އެއްގޮތަށް، ދިވެހިންނާއި ކައިވެނި ކޮށްގެން އުޅޭ ބިދޭސީންނަށް ދޫކުރާ ދާއިމީ ލައިސަންސްވެސް މިހާރު 10 އަހަރުގެ މުއްދަތަށް ބޭ...

މި ރޯދަ މަހު މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް އާއްމުކޮށްފި
Business

މި ރޯދަ މަހު މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް އާއްމުކޮށްފި

ރޯދަމަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު މާލޭގައި ވިޔަފާރި މުދާ އުފުލޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީ އިން އާއްމުކޮށްފިއެވެ. އެ މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ބުނީ މާލޭގައި ވިޔަފާރި އުސޫލުން އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ އުފުލޭނީ ހެނދުނު 9:00 އިން ހަވީރު 4:30 އާ ދެމެދު ކަމަށާއި ރޭގަނޑު 8:00 އިން ހެނދުނު 6:00 އާ ދެމެދު ކަމަށެވެ. މި ގަޑިތަކުގައި ހުރިހާ ބާވަތެއްގެ އަދި ހުރިހާ ގިންތިއެއްގެ މުދާ އުފުލޭނެއެވެ. އަދި […]

ސިންގަޕޫރާއި އެކު ދަތުރުފަތުރުގެ ދާއިރާގެ ދެ އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި
Raajje

ސިންގަޕޫރާއި އެކު ދަތުރުފަތުރުގެ ދާއިރާގެ ދެ އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފި

ޓްރާންސްޕޯރޓް ކޯޕަރޭޝަން އަދި އެއާރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން އާއި އިންސިޑެންޓް އިންވެސްޓިގޭޝަން ހަރުދަނާ ކުރުމަށް، ދިވެހިރާއްޖެއާއި ސިންގަޕޫރާ ދެމެދު، 2 މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންއިން މިއަދު ސޮއިކޮށްފިއެވެ. އެމިނިސްޓްރީއިން ވިދާޅުވެފައިވާ ގޮތުގައި މިއަދު ސޮއި ކުރެވުނު އެމްއޯޔޫ އަކީ ދިވެހިރާއްޖެ އާއި ސިންގަޕޫރާއި ދެމެދު ޓްރާންސްޕޯރޓް ކޯޕަރޭޝަން އަދި އެއާރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން އާއި އި...

ޓްރާންސްޕޯޓް މިނިސްޓްރީން ކޯލް ސެންޓަރެއް ގާއިމުކޮށް މާދަމާ ޚިދުމަތްފަށަނީ
Raajje

ޓްރާންސްޕޯޓް މިނިސްޓްރީން ކޯލް ސެންޓަރެއް ގާއިމުކޮށް މާދަމާ ޚިދުމަތްފަށަނީ

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ފަރާތުން ކޯލް ސެންޓަރެއް ގާއިމުކޮށް މާދަމާ ޚިދުމަތްފަށަން ތައްޔާރުވެއްޖެެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއިން ވިދާޅުވިގޮތުގައި މިއީ އެ މިނިސްޓްރީގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅުކުރުމުގެ މަޤްޞަދުގައި ގާއިމުކުރި ކޯލް ސެންޓަރެކެވެ. މި ކޯލް ސެންޓަރުގެ ޚިދުމަތް މާދަމާ، 5 ޖަނަވަރީ 2022 ވަނަ ދުވަހުން ފެށިގެން ރައްޔިތުންނަށް ލިބިގެންދާނެކަމަށާއި، އަދި ޓްރާންސްޕޯޓް ހޮޓްލައިންގެ ގޮތުގައި ނަންބަރެއް ޚާއްސަކުރެވިފައިވާ ކ...

ބައިނަލްއަގުވާމީ ދަތުރު ކުރުމުގެ ހުއްދަ ދިވެހި ތިން އެއާލައިނަށްވެސް ދީފި
Business

ބައިނަލްއަގުވާމީ ދަތުރު ކުރުމުގެ ހުއްދަ ދިވެހި ތިން އެއާލައިނަށްވެސް ދީފި

ބައިނަލްއަގުވާމީ ދަތުރުތައް ކުރުމުގެ ހުއްދަ މިހާތަނަށް ރާއްޖޭގެ ތިން އެއާލައިނަށްވެސް ދީފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ. ނަހުލާ މިހެން ވިދާޅުވީ ބައިނަލްއަގްވާމީ ވައިގެ ދަތުރުފަތުރުގެ ދުވަހާ ގުޅިގެން ގައުމާ މުހާތަބު ކުރައްވައެވެ. އޭނާ ވިދާޅުވޫ މިއަހަރުގެ މައިގަނޑު އަމާޒަކީ ކޮވިޑްގެ ކުރީގެ ހާލަތަށް ރުޖޫއަވުން ކަމަށެވެ. އަދި ރާއްޖޭގެ ވައިގެ ދަތުރު ފަތުރުގެ ދާއިރާ ފުޅާ ކުރުމަށާއި އިތުރަށް ތަރައްގީ ކުރުން ކަމަށެވެ. މި މަގުސަދު ހާސިލް ކުރުމަށް އެއާލައިންތަކުގެ ހަ...

ތިމާވެއްޓާ ރައްޓެހި މިނީ ބަސް ގެނެސް، ޗާޖިން ސްޓޭޝަން ގާއިމް ކުރަނީ
Business

ތިމާވެއްޓާ ރައްޓެހި މިނީ ބަސް ގެނެސް، ޗާޖިން ސްޓޭޝަން ގާއިމް ކުރަނީ

ތިމާވެއްޓާ ރައްޓެހި މިނީ ބަސް ރާއްޖެ ގެނެސް އެ ބަސް ޗާޖު ކުރަން ޗާޖިން ސްޓޭޝަން ގާއިމްކުރުމަށް އެންވަޔަރަމަންޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓު މިނިސްޓްރީއާ ދެމެދި އެއްބަސްވެއްޖެއެވެ. މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އައިމިނަތު ޝައުނާއެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީގެ ފަރާތުބް ސޮއި ކުރެއްވީ މިނިސްޓަރު އައިޝަތު ނަހުލާއެވެ. މި އެއްބަސްވުމާ ގުޅޭގޮތުން ޝައުނާ ވިދާޅުވީ ގްލޯބަލް އެންވަޔަރ...

ހޯރަފުށީ އެއާޕޯޓް ފާލަން އެޅުމަށް ހޯރަފުށީ ކައުންސިލްގެ ރުހުން ނުހޯދާތީ ސައްލެގެ ނުރުހުން
Thiladhunmathi News

ހޯރަފުށީ އެއާޕޯޓް ފާލަން އެޅުމަށް ހޯރަފުށީ ކައުންސިލްގެ ރުހުން ނުހޯދާތީ ސައްލެގެ ނުރުހުން

ހއ. ހޯރަފުށީ އެއާޕޯޓަށް ލަފާފުރުމަށް އަޅާ ފާލަން އެޅުމުގައި ލާމަރުކަޒީ ގާނޫނުގައި ބުނާގޮތަށް ހޯރަފުށީ ކައުންސިލްގެ ރުހުމާއި، ލަފާހޯދައި، އެ ޤާނޫނުގައި ބުނާ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވޭތޯ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ސުވާލު ކުރަށްވައިފިއެވެ. ސައްލެގެ މިއަދު މި ސުވާލު ކުރެއްވީ، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އާއިޝަތު ނަހުލާއާއި އެވެ. މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ހޯރަފުށީގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް އަރާފޭބުމަށް އެޅުމަ...