މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ މުއްދަތު މި މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން އިން ވިދާޅުވެފައިވާ ގޮތުގައި އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންކުރާ ލައިސަންސްގެ މުއްދަތު ހަމަވި ނަމަވެސް މިމަހުގެ ނިޔަލަށް ދުއްވޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
މިއީ މުއްދަތު ހަމަވެފައިވާ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ މުއްދަތު މިގޮތައް ދައްމާލި ތިން ވަނަ ފަހަރެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އެ މުއްދަތު އެންމެ ފަހުން އިތުރު ކޮށްފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ ނިޔަލަށެވެ.
މި މުއްދަތު އަނެއްކާވެސް ދައްމައިލީ ލައިސަންސްގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދިނުން ވަގުތީ ގޮތުން ހުއްޓާލާފައިވާތީ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ޑިޖިޓަލް ލައިސަންސް ތަޢާރަފްކުރުމަށް ކުރަންޖެހޭ ތައްޔާރީތައްވުމަށްޓަކައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ޚިދުމަތްދިނުން އެ މިނިސްޓްރީން މެދުކަނޑާލީ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހުއެވެ.
މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަންގެ ފަރާތުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު އެ ޚިދުމަތްތައް ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުމުގެ މަޤްޞަދުގައި އެ މިނިސްޓްރީގެ ފަރާތުން އަލަށް ފަރުމާކުރި ސޮފްޓްވެއާގެ ބައިތަކުގެތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ޚިދުމަތް ފެބްރުއަރީ 5 ވަނަ ދުވަހު ވަނީ ތައާރަފްކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!