މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަލީ ސޯލިހު، މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރަކަށް މިދިޔަ ބުރާސްފަތި ދުވަހު ބަދަލުކުރައްވައިފި އެވެ.

އަލީ ޞާލިޙަކީ ސަރުކާރު ހިންގާ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ސަރުކާރު ތަމްސީލް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

Ad
rt

2018 ވަނަ އަހަރު އައު ސަރުކާރު ހުވާކުރުމާއެކު، އަލީ އެންމެ ފުރަތަމަ އައްޔަނު ކުރެއްވީ އޭރުގެ ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ. ފަހުން ޓެކްނޮލޮޖީ މިނިސްޓްރީ އުވާލައި އެ މިނިސްޓްރީގެ މަސައްކަތްތައް އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމުން އޭނާ ވަނީ އެންވަޔަރުމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރައްވާފައެވެ.

އަލީ ޞާލިޙަކީ ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ބޭފުޅާއެވެ.

އޭނާ ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަނު ކުރެއްވުމުން، އަހްމަދު ޒުހައިރާއެކު އެ މިނިސްޓްރީގައި ދެ ސްޓޭޓް މިނިސްޓަރުން ތިއްބަވާނެއެވެ.

އެ މިނިސްޓްރީގައި ތިން ޑެޕިއުޓީ މިނިސްޓަރަކު ވެސް ތިއްބަވައެވެ. އެއީ ހިދާޔާ ނަސީރު، ޙަމަދު އަބުދުލްޣަނީ އަދި ސައުދުﷲ އަޙްމަދެވެ.