Skip to main content
Topic Archive

#އިސްލާމިކް މިނިސްޓްރީ

486 Stories filed
ރިސޯޓް ތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެެ އިތުރު ދެ ބެޗުގެ ކިޔެވުން ނިމިއްޖެ
Raajje

ރިސޯޓް ތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެެ އިތުރު ދެ ބެޗުގެ ކިޔެވުން ނިމިއްޖެ

ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގެ ދެވަނަ އަދި ތިންވަނަ ބެޗުގެ ކިޔެވުން ނިމިއްޖެއެވެ. އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ ޒޫމް މެދުވެރިކޮށް ހިންގާ މި ޕްރޮގްރާމްގެ މި ދެ ބެޗްގެ ކިޔެވުން ކުރިއަށް ގެންގޮސްފައި ވަނީ 01 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން 16 ފެބުރުވަރީ 2021 ވަނަ ދުވަހުގެ ނިޔަލަށެވެ. މިނިސްޓރްީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އެދިވަޑައިގަތުމާ އެކު އެ މިނިސްޓްއިން ކުރިއަށްގެންދާ […]

ހާލަތު ގޯސްވެފައިވާތީ ހުކުރު ހުތުބާ ކުރުކުރަނީ
Raajje

ހާލަތު ގޯސްވެފައިވާތީ ހުކުރު ހުތުބާ ކުރުކުރަނީ

ރާއްޖޭގައި ކޯވިޑް-19 ބަލީގެ ހާލަތު ގޯސްވެފައިވާތީ ހުކުރު ހުތުބާ ކުރުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނ ކޯވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 19 ފެބްރުއަރީ 2021 ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގޭ ހުރިހާ ރަށެއްގައި ކިޔާ ހުކުރު ހުތުބާ ކުރިޔަށްވުރެ ކުރުވާނެ ކަމަށެވެ. އެ މިނިސްޓްރީއިން މީގެ ކުރިން ވެސް ކޯވިޑްގެ ހާލަތު ގޯސްވި ފަހަރު ތަކުގައި ވަނީ ހުކުރު ހުތުބާ ކުރުކޮށްފަ އެވެ. […]

މިސްކިތުގައި ހުންނަ ޚަތިމުތައް ބޭނުން ނުކުރަން އެދިއްޖެ
Raajje

މިސްކިތުގައި ހުންނަ ޚަތިމުތައް ބޭނުން ނުކުރަން އެދިއްޖެ

ކޯވިޑް- 19 އާއި ގުޅިގެން މިސްކިތްތަކަށް ދާ މީހުން ޢަމަލު ކުރަންވީ ގޮތް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އާންމު ކުރަށްވައި ފިއެވެ. ރާއްޖޭގައި ކޯވިޑްގެ ހާލަތު އިތުރަށް ގޯސްވެ އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައިވާއިރު، އިސްލާމިކް މިނިސްޓްރީއިން މިއަދު ވަނީ މިސްކިތަށް ދާ މީހުން އަމަލުކުރަންވީ ގޮތް ބަޔާންކޮށް ނޫސް ބަޔާނެއް އާންމު ކުރަށްވާފައެވެ. އެ ނޫސްބަޔާނުގައި މިސްކިތުގައި ބެހެއްޓިފައި ހުންނަ ޚަތިމުތައް ބޭނުން ނުކުރަން އެދިފައިވާއިރު، މިސްކިތަށް ދާއިރު ދާންވާނީ ގެއިން ވުޟޫ ކޮށްގެން […]

ޤައުމީ ޤުރުއާން މުބާރާތުގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން މިއަދު އިޢުލާނު ކުރަނީ
Raajje

ޤައުމީ ޤުރުއާން މުބާރާތުގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން މިއަދު އިޢުލާނު ކުރަނީ

ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން މިއަދު ޢިއުލާނު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ. އިސްލާމިކް މިނިސްޓްރީއިން ބުނީ ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން 2020 ޑިސެމްބަރ 07 ވާ ހޯމަ ދުވަހުގެ ހަވީރު 18:00 ގައި އިޢުލާނުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެ މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ފައިނަލް ބުރަށް […]

ޒަކާތު ފަންޑުން ދޭ ފައިސާގެ އެހީ 25 ޕްރީސްކޫލަކަށާއި 23 ޤުރުއާން ކުލާހަކަށް
Raajje

ޒަކާތު ފަންޑުން ދޭ ފައިސާގެ އެހީ 25 ޕްރީސްކޫލަކަށާއި 23 ޤުރުއާން ކުލާހަކަށް

ޒަކާތު ފަންޑުން ދޭ ފައިސާގެ އެހީ 25 ޕްރީސްކޫލަކަށާއި 23 ޤުރުއާން ކުލާހަކަށް ހަވާލުކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނެފިއެވެ. އެ މިނިސްޓްރީއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޒަކާތު ފަންޑުން ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިއުނިޓީ ޕްރީސްކޫލްތަކަށް ދިނުމަށް ކަނޑައެޅި ފައިސާގެ އެހީ އެ ފަރާތްތަކާ ޙަވާލުކޮށްފައިވާކަމަށެވެ. އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުންވަނީ 1.5 މިލިއަން ރުފިޔާގެ ފައިސާގެ އެހީ، މިފަހަރު އެހީ ދިން 25 ޕްރީސްކޫލަކަށާއި 23 ޤުރުއާން ކުލާހަށް ދ...

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ކުރެހުމުގެ މުބާރާތެއް
Raajje

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅިގެން ކުރެހުމުގެ މުބާރާތެއް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ފަރާތުން ރާއްޖެ އިސްލާމްވީ ދުވަހާ ގުޅިގެން ކުރެހުމުގެ މުބާރާތެއް ބާއްވަން ނިންމައި، އެ މުބާރާތުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. އެ މުބާރާތާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއިން ބުނީ ރާއްޖެ އިސްލާމްވި ދުވަހާ ގުޅިގެން ކުޑަކުދިންގެ މެދުގައި އިސްލާމީ އަޚްލާޤު އަށަގަންނުވައި، އިސްލާމީ އަޤީދާގެ މަތީގައި އުފެއްދުންތެރި ޖީލެއް ބިނާކުރުމަށްޓަކައި އެ މިނިސްޓްރީން އިންތިޒާމްކޮށްގެން، ޢުމުރުން 05 އަހަރާ 13 އަހަރާ ދެމެދުގެ ކުދިންނަށް އަމާޒުކޮށްގެން އިސްލާ...

މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ
Raajje

މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ

މަތީ ތަޢުލީމު ޙާޞިލު ކުރަމުންދާ ދަރިވަރުންގެ ތެރެއިން، މާލީ ފުދުންތެރިކަން ނެތުމުގެ ސަބަބުން ކިޔެވުން ކުރިއަށް ގެންދިއުމަށް ދަތިވެފައިވާ ދަރިވަރުންނާއި، ފުރިހަމަކުރަމުން ދިޔަ ކޯސް މެދުކެނޑިފައިވާ ދަރިވަރުންނާއި، ގްރެޖުއޭޓް ނުވެވިފައިތިބި ދަރިވަރުންނަށް “މަތީ ތަޢުލީމަށް ޒަކާތު ފަންޑުން ސްކޮލަރޝިޕާއި ޚާއްޞަ އެހީ ދިނުމުގެ އުސޫލު” ގެ ދަށުން އެހީއަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ބުދަ ދުވަހުން ފެށިގެން 15 ނޮވެމްބަރ 2020 ވާ އާދީއްތަ ދުވަހުގެ މެންދުރު 14:00 ގެ ނިޔަލަށް ވަނީ [...

ޢުމްރާއަށް ގެންދިއުމަށް ކުރިމަތިލުމަށް ހުޅުވާލައިފި
Raajje

ޢުމްރާއަށް ގެންދިއުމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނީ  ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 24 ޖަނަވަރީ 2019 ގައި ގެޒެޓް ކޮށްފައިވާ “ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު” ގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ. މި ފުރު...

މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރާނެ!
Raajje

މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރާނެ!

މިއަހަރުގެ އަޟްޙާ ޢީދު ނަމާދު މާލެ ސިޓީގައި ބޮޑު ޖަމާޢަތުގައި ނުކުރާގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މާލެ ސިޓީގައި ހިމެނޭ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ނުކުރި ނަމަވެސް އިސްލާމީ މަރުކަޒާއި، އެ ސިޓީގެ ހުކުރު ކުރާ މިސްކިތްތަކުގައި ޢީދު ނަމާދު ކުރާނެ ކަމަށެވެ. މާލެ ސަރަހައްދުގައި ބޮޑު ޖަމާޢަތުގައި މިއަހަރުގެ އަޟްޙާ ޢީދު ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމަވާފައި ވަނީ ކޯވިޑް-19 މާލެ […]

ޝައްކު އުފެދޭ ގޮތަށް ޚަބަރު ނުފެތުރުމަށް އިލްތިމާސްކުރަން: އިސްލާމިކް މިނިސްޓްރީ
Raajje

ޝައްކު އުފެދޭ ގޮތަށް ޚަބަރު ނުފެތުރުމަށް އިލްތިމާސްކުރަން: އިސްލާމިކް މިނިސްޓްރީ

‏ކޯވިޑް-19 އާ ގުޅިގެން އުފެދޭ ފިޤުހީ މައްސަލަތަކުގައި އިސްލާމިކް މިނިސްޓަރު ނިންމަވާ ނިންމެވުންތައް ނިންމަވަމުން ގެންދަވަނީ ޢިލްމްވެރިންނާއި، ޑޮކްޓަރުންގެ ލަފާ ހޯއްދަވައި، ޢިލްމުވެރިން ދައްކަވާ ޙުއްޖަތް ތަކުގެ މައްޗަށް ރިޢާޔަތްކުރެއްވުމަށް ފަހުގައި ކަމަށާއި، އެ ނިންމުންތަކާއި މެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދޭ ގޮތަށް ޚަބަރު ނުފެތުރުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ. އެ މިނިސްޓްރީއިން މިގޮތަށް އިލްތިމާސް ކުރީ މިއަދު މެންދުރު 12:59 ގައި ކޮށްފައިވާ ޓުވީޓެއްގައެވެ. އެ ޓުވީޓ...

ފިތުރު ޢީދު ދުވަހަކީ އާދީއްތަ ދުވަސް
Raajje

ފިތުރު ޢީދު ދުވަހަކީ އާދީއްތަ ދުވަސް

މާދަމާ އަކީ މި ރޯދަ މަހުގެ 30 ވަނަ ދުވަސް ކަމަށާއި، މި އަހަރުގެ ފިތުރު އީދަކީ އަންނަ އާދިއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ. މިރޭ ކުރިއަށް ދިޔަ 1441 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާއި ބެހޭ ރަސްމީ ބައްދަލުވުމުގައި ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމާ ބެހޭ ބަޔާން އިއްވަވައި ދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ. ހަނދާ ބެހޭ ބަޔާން އިއްވަވަމުން މިނިސްޓަރު ޑރ. އަހުމަދު ޒާހިރު […]

މާލެ ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލި މުއްދަތު އިތުރުކޮށްފި
Raajje

މާލެ ސިޓީގައި ޖަމާއަތުގައި ނަމާދުކުރުން މެދުކަނޑާލި މުއްދަތު އިތުރުކޮށްފި

ކޮވިޑް-19 ގެ ސަބަބުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާލެ ސިޓީގެ މާލެ، ހުޅުމާލެ އަދި ވިލިމާލެ މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލުމަށް ކަނޑައެޅި މުއްދަތު މިމަހުގެ 11 ވަނަ ދުވަހަށް އިތުރުކޮށްފިއެވެ. އިސްލާމިކް މިނިސްޓަރީން ބުނީ، ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19، ވައިރަސް ރާއްޖެއިން ފެނިފައިވާތީ މިހާރުގެ ހާލަތަށް ރިޔާއަތްކޮށް، އިތުރަށް މި ވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއް ގޮތުން އިސްލާމި ފަތުވާދޭ އެންމެ މަތީ މަޖިލ...

މާލެސިޓީއާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަނީ
Raajje

މާލެސިޓީއާއި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލަނީ

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރުމަށާއި އަދި ކުރިއަށް އޮތް ދެ ހުކުރު ނަމާދުގެ ޖަމާއަތް ނުބޭއްވުމަށް ވެސް އިސްލާމިކް މިނިސްޓްރީއިން ނިންމައިފި އެވެ. އިސްލާމިކް މިނިސްޓަރު މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސަރު ނަމާދާ ހަމައަށް މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާނެ ކަމަށެވެ. މި...

"ބޮޑު ދުމާ ހިނގުން" ޙަރަކާތް ނުހިންގުމަށް ނަޞޭޙަތްތެރި ވެއްޖެ
Raajje

"ބޮޑު ދުމާ ހިނގުން" ޙަރަކާތް ނުހިންގުމަށް ނަޞޭޙަތްތެރި ވެއްޖެ

“ބޮޑު ދުމާ ހިނގުން” ޙަރަކާތް ނުހިންގުމަށް، އިސްލާމިކް މިނިސްޓްރީއިން ނަޞޭޙަތްތެރި ވެއްޖެއެވެ. އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ސިޓީ ކައުންސިލްތަކަށާއި، އަތޮޅު އަދި ރަށު ކައުންސިލްތަކަށް ފޮނުވި ސަރކިއުލަރއެއްގައި ބުނެފައިވަނީ މި ދުވަސްވަރު މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަސްއެއް ކަމުގައިވާ ކޮރޯނާ ވައިރަސް އިން ސަލާމަތް ވުމުގެ ގޮތުން ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރިން ސުރެ ޘަޤާފީ ގޮތުން ކުރަމުން އަންނަ ކަމެއް ކަމުގައިވާ “ބޮޑުދުމާ ހިނގުން” ނުވަތަ ޖަމާޢަތެއްގައި މީހުން ތަކ...

މާދަމާ ހުކުރު ނަމާދު ވީހާވެސް ކުރުކުރަން ނިންމައިފި
Raajje

މާދަމާ ހުކުރު ނަމާދު ވީހާވެސް ކުރުކުރަން ނިންމައިފި

މާދަމާގެ ހުކުރު ނަމާދުގައި ޚުތުބާ ކުރުކުރުމަށާއި، ވީހާ ވެސް ކުރު ސޫރަތެއް ކިޔަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކާއި ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައިވަނީ ހުކުރު ނަމާދުގައި ކުރު ސޫރަތެއް ކިޔަން އެންގީ ދުނިޔޭގައި މިހާރު ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، ޖަމާއަތުގައި ވީހާ ވެސް މަދު ވަގުތުކޮޅެއް ހޭދަކުރުމަށް ކަމަށާއި، މި ހަފުތާގެ ހުތުބާ ވެސް، އެހެން ހުކުރުތަކާ ހިލާފަށް މިފަހަރު ކުރުވާނެ ކަމަށެވެ. މާދަމާގެ ހުތުބާގެ މައުލޫއަކީ “ބަލިޙާލަތު މެ...