ޒަކާތު ފަންޑުން ދޭ ފައިސާގެ އެހީ 25 ޕްރީސްކޫލަކަށާއި 23 ޤުރުއާން ކުލާހަކަށް ހަވާލުކުރެވިފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުނެފިއެވެ.

އެ މިނިސްޓްރީއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ ޒަކާތު ފަންޑުން ޤުރުއާން ކްލާސްތަކާއި އަމިއްލަ ޕްރީސްކޫލްތަކާއި ކޮމިއުނިޓީ ޕްރީސްކޫލްތަކަށް ދިނުމަށް ކަނޑައެޅި ފައިސާގެ އެހީ އެ ފަރާތްތަކާ ޙަވާލުކޮށްފައިވާކަމަށެވެ.

Ad
rt

އިސްލާމިކް މިނިސްޓްރީގެ ޒަކާތު ފަންޑުންވަނީ 1.5 މިލިއަން ރުފިޔާގެ ފައިސާގެ އެހީ، މިފަހަރު އެހީ ދިން 25 ޕްރީސްކޫލަކަށާއި 23 ޤުރުއާން ކުލާހަށް ދެވިފައިވާ ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބުންޏެވެ.

އެޑިޔުކޭޝަނުން ވަނީ އެކަމަށްޓަކައި އިސްލާމިކް މިނިސްޓްރީގެ އެންމެހާ މުއައްޒަފުންނަށާއި، އަދި ވަކިން ޚާއްސަކޮށް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރަށް ވަރަށް ޝުކުއަދާ ކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި ޒަކާތު ފަންޑުން ދީފައިވާ އެހީއަކީ ކޯވިޑް-19ގެ ހާލަތުގެ ސަބަބުން އެފަރާތްތަކަށް ދިމާވެފައިވާ މާލީ ދަތިކަމަށް އެހީތެރިވެދިނުމުގެ ގޮތުން ދިން އެހީއެއްކަމަށެވެ. މި ފައިސާއިން ޕްރީ ސްކޫލްތަކަށް ދީފައި ވަނީ 1 މިލިއަން ރުފިޔާ އެވެ. އަދި ޤުރުޢާން ކްލާސްތަކަށް 5 ލައްކަ ރުފިޔާ ވަނީ ދީފައެވެ.