މާދަމާގެ ހުކުރު ނަމާދުގައި ޚުތުބާ ކުރުކުރުމަށާއި، ވީހާ ވެސް ކުރު ސޫރަތެއް ކިޔަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލަކާއި ހަވާލާދީ ބައެއް އޮންލައިން ނޫސްތަކުގައިވަނީ ހުކުރު ނަމާދުގައި ކުރު ސޫރަތެއް ކިޔަން އެންގީ ދުނިޔޭގައި މިހާރު ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން، ޖަމާއަތުގައި ވީހާ ވެސް މަދު ވަގުތުކޮޅެއް ހޭދަކުރުމަށް ކަމަށާއި، މި ހަފުތާގެ ހުތުބާ ވެސް، އެހެން ހުކުރުތަކާ ހިލާފަށް މިފަހަރު ކުރުވާނެ ކަމަށެވެ.

Ad
rt

މާދަމާގެ ހުތުބާގެ މައުލޫއަކީ "ބަލިޙާލަތު މެދުވެރިވުމުން މުސްލިމުން ޢަމަލުކުރަންވީ ގޮތް" އެވެ.