ސަޢުދީއިން ޢުމްރާ ވިސާދޫކުރުން ހުއްޓާލުމާއި ގުޅިގެން ތައްޔާރީތައް މަޑުޖައްސާލަން މިނިސްޓްރީން އަންގައިފި
ކޮވިޑް-19 ފެތުރޭތީ، އުމްރާ އަށް މީހުން ދިއުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފައިވާތީ އުމްރާގެ އަޅުކަމަށް ދިއުމަށް ކުރަންޖެހޭ ކަންކަން މަޑުޖައްސާލުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ސަޢުދީ ޢަރަބިއްޔާއިން ޢުމްރާ ވިސާދޫކުރުން ހުއްޓާލާ މިހާރުން ފެށިގެން ވަގުތީގޮތުން ސަޢުދިީ ޢަރަބިއްޔާއަށް އެތެރެ ނުވެވޭނެކަން ޢާއްމުކޮށް ޢިއުލާންކޮށްފައިވާތީ ޢުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން ކުންފުނިތަ...