ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން މިއަދު ޢިއުލާނު ކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގެ ފައިނަލް ބުރަށް ހޮވޭ ބައިވެރިން 2020 ޑިސެމްބަރ 07 ވާ ހޯމަ ދުވަހުގެ ހަވީރު 18:00 ގައި އިޢުލާނުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
އެ މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި ފައިނަލް ބުރަށް ހޮވޭ ދަރިވަރުން އިޢުލާންކުރަން ހަމަޖެހެފައިވަނީ އިއްޔެއެވެ. ނަމަވެސް ފައިނަލް ބުރަށް ހޮވޭ ދަރިވަރުން އިޢުލާންކުރުން މިއަދަށް ފަސްކުރީ ބައިވެރިންގެ ޢަދަދު ގިނަވުމުގެ ސަބަބުން އިއްޔެއާއި ހަމައަށް ފަނޑިޔާރުކަން ނިމިފައިނުވާތީ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނިގޮތުގައި އެ މުބާރާތުގެ ނަތީޖާ އިޢުލާންކުރުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ޕޯޓަލް އަދި އެ މިނިސްޓްގެ ވެބްސައިޓް މެދުވެރިކޮށް ކަމަށެވެ.
ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020ގައި ބައިވެރިވުމަށް 3055 ފަރާތަކުން ފޯމު ހުށަހަޅާފައިވާއިރު، އެ މުބާރާތުގައި ބައިވެރިވެ ކިޔެވީ 2539 ބައިވެރިއެކެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އިންތިޒާމު ކޮށްގެން ބާއްވާ "ކީރިތި ޤުރްއާން ބަލައިގެން ކިޔެވުމުގެ ވާޗުއަލް ޤައުމީ މުބާރާތް 2020" އަކީ މީގެ ކުރިން ބާއްވަމުންދިޔަ ޤައުމީ މުބާރާތާއި ޚިލާފަށް މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް ވާޗުއަލްކޮށް ޤައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބަލައިގެން ކިޔެވުމުގެ ޚާއްޞަ މުބާރާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!