"ބޮޑު ދުމާ ހިނގުން" ޙަރަކާތް ނުހިންގުމަށް، އިސްލާމިކް މިނިސްޓްރީއިން ނަޞޭޙަތްތެރި ވެއްޖެއެވެ.
އެކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއިން ސިޓީ ކައުންސިލްތަކަށާއި، އަތޮޅު އަދި ރަށު ކައުންސިލްތަކަށް ފޮނުވި ސަރކިއުލަރއެއްގައި ބުނެފައިވަނީ މި ދުވަސްވަރު މުޅި ދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ވައިރަސްއެއް ކަމުގައިވާ ކޮރޯނާ ވައިރަސް އިން ސަލާމަތް ވުމުގެ ގޮތުން ރާއްޖޭގެ ބައެއް ރަށްރަށުގައި ކުރިން ސުރެ ޘަޤާފީ ގޮތުން ކުރަމުން އަންނަ ކަމެއް
ކަމުގައިވާ "ބޮޑުދުމާ ހިނގުން" ނުވަތަ ޖަމާޢަތެއްގައި މީހުން ތަކްބީރު ކިޔަމުން ހިނގަމުން އަންނަ ކަމަށް މި މިނިސްޓްރީ
އަށްވަނީ ފާހަގަކުރެވިފައި ވާކަމަށެވެ.
އެކަމަކީ ކީރިތި ރަސޫލާގެ ސުންނަތުން ޘާބިތުވާ ކަމަކަށް ނުވާތީއާއި، މިދަނޑިވަޅުގައި މީހުން އެއްވެ އުޅުމަކީ ރައްކާތެރި ކަމެއްކަމުގައި ނުވާތީ އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވާކަމަށް އެސަރކިއުލަރގައި ބުނެފައިވެއެވެ.
އޭގެ އިތުރުން އެސަރކިއުލަރގައި ބުނެފައިވަނީ ކޮންމެ ބޭފުޅަކު ވެސް ފަރްޟު ފަސް ނަމާދު ޤާއިމު ކުރައްވައި، ދީނީ ކަންކަމަށް އިސްކަން ދެއްވައި، ޞިއްޙީ ދާއިރާތަކުން އަންގަވާ ގޮތަށް ޢަމަލުތައް ބަހައްޓަވައި، މި ނުރައްކާތެރި ވަބާއިން ރައްކާތެރިކަން ދެއްވުން އެދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުގައި އިބްތިހާލުގެ ދުޢާ ދަންނަވަމުން ގެންދެވުމަށް ދަންނަވާކަމަށެވެ.
ރޭވަނީ ރަށެއްގެ މަގުމަތީ ބަޔަކު ތަކުބީރު ކިޔަމުން ހިނގާ ވީޑިއޯއެއް މީސް މީޑިއާގައި އާންމު ވެފައިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!