ޢުމްރާއަށް ގެންދިއުމަށް ކުރިމަތިލުމަށް ހުޅުވާލައިފި

photo_2020-09-28_20-41-35

ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ފުރުޞަތު ހުޅުވާލައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ބުނީ  ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާ ބެހޭގޮތުން 24 ޖަނަވަރީ 2019 ގައި ގެޒެޓް ކޮށްފައިވާ "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" ގައިވާ ގޮތުގެ މަތީން އެކަމަށް އެދި ޕްރޮޕޯޒަލް ހުށަހެޅޭނީ، އެ އުސޫލުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ޝަރުޠު ފުރިހަމަވާ ކުންފުނިތަކަށް ކަމަށެވެ.

މި ފުރުޞަތަށް ކުރިމަތިލާން އެދޭ ޝަރުޠު ހަމަވާ ފަކުންފުނިތަކަށް 28 ސެޕްޓެމްބަރ 2020 ވާ ހޯމަ ދުވަހުން ފެށިގެން 07 އޮކްޓޯބަރ 2020 ވާ ބުދަ ދުވަހާ ހަމައަށް އަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު 09:00 އިން 12:00 އަށް އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ޕްރޮޕޯޒަލް ފޮތް ގަންނަން ލިބެން ހުންނާނެ ކަމަށް އެ މިނިސްޓްރީއިން ބުންޏެވެ.

މި  ޕްރޮޕޯސަލް ފޮތުގެ އަގެއް ކަމަށް އިސްލާމިކް މިނިސްޓްރީއިން ކަނޑައަޅާފައި ވަނީ 5,000 ރުފިޔާއެވެ.

ހަތް މަސްދުވަހުގެ މެދުކެނޑުމަކަށް ފަހު އުމްރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އަލުން ދީ މައްކާގެ ހަރަމްފުޅު އުމުރާވެރިންނަށް އަލުން ހުޅުވާލުމަށް ސައޫދީ ސަރުކާރުން ނިންމާފައި ވަނީ މިފެށޭ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެންނެވެ.

ނަމަވެސް އުމުރާގެ ފުރުސަތު ހުޅުވާލަނީ ލަސްލަހުން އުމުރާވެރިންގެ އަދަދު އިތުރުކުރާ ގޮތަށެވެ. ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން އުމުރާގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުން ސައޫދީން ހުއްޓާލީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *