ހޯދުނު އަދަދަށްވުރެ އޭސީސީން ދެއްކި ކުލީގެ އަދަދު މާ ބޮޑު: ޢަލީ
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އުފެދިގެން ވޭތުވި އަހަރުތަކުގައި އެ އިދާރާއަށް އަނބުރާ ހޯދުނު ފައިސާގެ އަދަދަށްވުރެ އެ އިދާރާ ހިންގުމަށް އިމާރާތްތަކަށް ދެއްކި ކުލީގެ އަދަދު މާ ބޮޑުކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން ވިދާޅުވެއްޖެއެވެ. މަޝްހޫރު ޤާނޫނީ ވަކީލު، ޢަލީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސްގެ 2023 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުޢިއްޒު ހުށަހަޅުއްވާފައިވާ، ދައުލަތުގެ އޮފީސްތަކާއި އިދާރާތައް ހިންގުމަށާއި […]