ފެހި ޤާނޫނުއަސާސީގެ ދަށުން 2008 ވަނަ އަހަރު އުފެދުނު ފުރަތަމަ ވެރިކަމާއި ހަމައިން، އޭގެކުރީން ރާއްޖޭގައި ދިގުދެމިގެން ދިޔަ ޢާއިލީ ވެރިކަމެއްނިމި، ދެން ރާއްޖޭގައި ޢާއިލީ ވެރިކަން ނެތްކަމަށް ދިވެހިން ދެކިގެން ތިބި ނަމަވެސް، އަދި ވެސް އެކަމަށް ބަދަލު ނާންނަކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު ޢަލީ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

Ad
d

އޭނާ ވިދާޅުވީ، 11 ނޮވެންބަރ 2008 އިން ފެށިގެން ޢާއިލީ ވެރިކަން ރާއްޖޭގައި ނިމުމަކަށް އައީ ކަމަށް ދިވެހިން ހީކޮށްގެން ތިބިކަމަށެވެ.

އެހެންނަމަވެސް، 2021 ވަނަ އައިއިރުވެސް އެކަން ބަދަލު ނުވާކަަމަށް ޢަލީ ވިދާޅުވިއެވެ.

"އެއް ޢާއިލާއަކަށް ހުރިހައި ބާރުތަކެއް ލިބުނީމާވެސް އިންސާފެއް ނުލިބޭ. މައްސަލަތައް ޙައްލެއްނުވޭ."

ޢަލީ ވިދާޅުވިއެވެ.

Ad
df

11 ނޮވެންބަރ 2008 ވަނަ ދުވަހަކީ ކުރީގެ ރައީސް މައުމޫންގެ ދިގު 30 އަހަރުގެ ވެރިކަން ފުރޮޅި، އައު ސަރުކާރެއް ހިންގަންފެށި ދުވަހެވެ. އިއްތިހާދަކުން އުފެދުނު އެ ސަރުކާރު ގެނައުމަށް ވިއްކި އެއް ޕްރޮޑަކްޓަކީ "ޢާއިލީ ވެރިކަން ނިމުމަކަށް ގެންނަންޖެހޭ" ކަމަށް ވިއްކި ޕްރޮޑަކްޓެވެ.