މަސްވެރިންނަށް ދޭ ސަބްސިޑީ ހިކިކަނޑުމަސް ތައްޔާރުކުރާ ''މަސްވެރިންނަށް'' ވެސް ލިބެންވާނެ: ޢަލީ
ހިކިކަނޑުމަސް ތައްޔާރު ކުރަނީވެސް މަސްވެރިން ކަމަށާއި، މަސްވެރިންނަށް ދޭ ސަބްސިޑީ ހިކިކަނޑުމަސް ތައްޔާރުކުރާ ”މަސްވެރިންނަށް” ވެސް ލިބެންވާނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ. އެކިއެކި ދާއިރާތަކުގައި މަސައްކަތްކުރާ ދިވެހި މަސައްކަތްތެރީންގެ ހައްގުގައި ވަކާލާތު ކުރަށްވަމުން ގެންދަވާ، މަޝްޙޫރު ގާނޫނީ ވަކީލު ޢަލީ މިހެން ވިދާޅުވީ ކުރެއްވި ޓުވީޓެއްގަ އެވެ. ޢަލީ ވިދާޅުވީ އައިސްޕްލާންޓްތައް ހެދުމުން ސަބްސިޑީ ލިބޭ ބަޔަކަށް ލިބުނަސް ހިކިމަސް ތައްޔާރުކޮށް ވިއްކާ މަސްވެރިންނަށ...