Skip to main content
Topic Archive

#އެމްޓީޑީސީ

17 Stories filed
އެޗްޑީސީއަށް ފަހު ޝަހީރު އެމްޓީޑީސީގެ ޗެއާމަންކަމަށް
Raajje

އެޗްޑީސީއަށް ފަހު ޝަހީރު އެމްޓީޑީސީގެ ޗެއާމަންކަމަށް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ ޗެއަރމަންކަމުގެ މަޤާމަށް މ. ލާލުބާޣު، އަޙްމަދު ޝަހީރު އައްޔަންކުރައްވައިފިއެވެ. ޝަހީރު މި މަޤާމަށް އައްޔަންކުރައްވާފައިވަނީ އިއްޔެއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗެއަރމަންކަމުގެ މަޤާމުގެ އިތުރުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަޤާމަށްވެސް ޝަހީރު ވަނީ އައްޔަންކުރައްވާފައި ކަމަށެވެ. އަޙްމަދު ޝަހީރަކީ ދިވެހި ވ...

ނާގޯށި ހިމެނޭހެން ކުންފުނީގެ އެއްވެސް ހަރުމުދަލެއް ވިއްކާލާކަށް ނޫޅެން: އެމްޓީޑީސީ
Thiladhunmathi News

ނާގޯށި ހިމެނޭހެން ކުންފުނީގެ އެއްވެސް ހަރުމުދަލެއް ވިއްކާލާކަށް ނޫޅެން: އެމްޓީޑީސީ

ހދ. ނާގޯށި ހިމެނޭހެން މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ބެލުމުގެ ދަށުގައި ހުރި އެއްވެސް ރަށެއްގެ ހެޑްލީސް ޙައްޤެއް ނުވަތަ ހަރުމުދަލެއް ވިއްކާލުމަށް ނިންމާފައި ނުވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެމްޓީޑީސީން މިކަން ހާމަކުރީ އެ ކުންފުނީގެ ބައެއް ރަށްތައް ވިއްކާލަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަތަކާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ. އެމްޓީޑީސީން ބުނީ ހދ. ނާގޯށި، ގދ. މަގުއްދުވާ، އަދި ބ. ކިހަވައްހުރަވަޅި އަކީ ސަރުކާރާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ޓޫރިސްޓް ރިސޯޓް ތ...

އެމްޓީޑީސީގެ އައު އެމްޑީގެ މަގާމަށް ޙާރިޘް އައްޔަނުކޮށްފި
Business

އެމްޓީޑީސީގެ އައު އެމްޑީގެ މަގާމަށް ޙާރިޘް އައްޔަނުކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕަބްލިކް ލިމިޓެޑް (އެމްޓީޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް ޙާރިޘް މުހައްމަދު އިއްޔެ އައްޔަނުކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނި ގޮތުގައި، އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމަށާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް، ދަފްތަރު ނަންބަރު ރސ 4289، ޙާރިޘް މުޙައްމަދު އައްޔަނުކޮށްފައިވަނީ 28 ޖުލައި 2024 ގައެވެ. އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު ހުސްވީ، ކުރިން އެ މަ...

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީޑީސީގެ ސާފު ފައިދާއަށް 178,389 ޑޮލަރު
News

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީޑީސީގެ ސާފު ފައިދާއަށް 178,389 ޑޮލަރު

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް ސާފު ފައިދާގެ ގޮތުގައި 178,389 ޑޮލަރު ލިބިފައިވާކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ދަށް އަދަދެކެވެ. އެމްޓީޑީސީން އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކަށް ބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.25 މިލިޔަން ޑޮލަރެވެ. މިއީ ކުރީ ކުއާޓަރާ އަޅާބަލާއިރު 0.8 އިންސައްތައިގެ ދަށްވުމެކެވެ. އަދި ކުންފުނީގެ...

ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް ޖޫން މަހު ފަށަނީ
Thiladhunmathi News

ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް ޖޫން މަހު ފަށަނީ

ތިލަދުންމަތީ ދެކުނުބުރީ ނާގޯށީގައި ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ ރިސޯޓްގެ އަމަލީ މަސައްކަތް އަންނަ ޖޫން މަހު ފެށުމަށް ހަމަޖެހިފައިވާ ކަމުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ހާމަކޮށްފިއެވެ. ހޮޓެލް ޖެންގައި ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ނިޔާޒް ވިދާޅުވީ އެމްޓީޑީސީއަށް ރިސޯޓް ތަރައްގީ ކުރަން ދޫކޮށްފައިވާ ނާގޯށީގެ އަމަލީ މަސައްކަތް އަންނަ ޖޫންމަހު ފަށާނެ ކަމަށެވެ. ނިޔާޒް ވިދާޅުވީ ނާގ...

ކޭލަކުނާއި ފަރުކޮޅުގައި ނޭޗާ ޕާކު ތަރައްގީކުރަން ހަވާލުކޮށްފި
Thiladhunmathi News

ކޭލަކުނާއި ފަރުކޮޅުގައި ނޭޗާ ޕާކު ތަރައްގީކުރަން ހަވާލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާ ކުރުމާއި، ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކު ގާއިމްކުރުމުގެ މަސައްކަތާއި ގުޅިގެން ކުރެވޭ މަސައްކަތުގެ ދަށުން ހދ. ކޭލަކުނާއި ށ. ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކު ތަރައްގީ ކުރުމަށް ޓޫރިޒަމް އެންޑް އެނަ އެންވަޔަރަންމަންޓް މިނިސްޓްރީއާއި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ. ކޭލަކުނާއި ފަރުކޮޅަކީ ދިވެ...

ކިނޮޅަސް ޕޮލިސް ޕޯސްޓް އެޅުމުގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ
Business

ކިނޮޅަސް ޕޮލިސް ޕޯސްޓް އެޅުމުގެ މަސައްކަތް ފަށަން އެމްޓީސީސީން ތައްޔާރުވެއްޖެ

ރ. ކިނޮހޮޅު ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ. އެމްޓީސީސީން ބުނީ، ކިނޮހޮޅު ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށެވެ. މިގޮތުން ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތް ނިމޭއިރު 1 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ޕޮލިސް ޕޯސްޓެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސ...

އެމްޓީސީސީގެ ފްލެޓް މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެ
Raajje

އެމްޓީސީސީގެ ފްލެޓް މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފްލެޓް މައްސަލާގައި އެ ކުންފުނީގެ ކުރީގެ ސީއީއޯ އާއި ހަތަރު މުވައްޒަފެއްގެ މައްޗަށް ދައުވާ ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އިއްޔެ ފޮނުވައިފިއެވެ. މި މައްސަލާގައި ދައުވާ ކުރުމަށް އެދިފައިވަނީ އެމްޓީސީސީގެ ކުރީގެ ސީއީއޯ ޙަސަން ޝާހް، ކުރީގެ ޖެނެރަލް މެނޭޖަރ ޝިފާޢު ޢަލީ، އަދި ޓެންޑަރ އިވެލުއޭޝަން ކޮމިޓީގެ މެންބަރުންގެ ގޮތުގައި ތިބި ޙުސައިން ައިން ޒުހުރީ، މުޙައްމަދު ނާޡިމް އަދި […]

އެމްޓީޑީސީން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަަށް 60 ލާރި ބަހަން ފާސްކޮށްފި
Business

އެމްޓީޑީސީން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަަށް 60 ލާރި ބަހަން ފާސްކޮށްފި

މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިޔަ އަހަރު ލިބުނު ފައިދާއިން ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 60 ލާރި ބަހަން ނިންމައިފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ މެންހަޓަން ބިޒްނަސް ހޮޓެލްގައި ރޭ ބޭއްވި އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާގައެވެ. މިގޮތަށް ފާސްކުރީ އެ ކުންފުނީގެ ހިއްސާދާރުންގެ 99 އިންސައްތަ ވޯޓުންނެވެ. ހިއްސާދާރުންނަށް 60 ލާރީގެ މަގުން 20.4 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމާފައެވެ. އެ ކުންފުނިން މިދިޔަ ދެ އަހަރު ވެސް ހިއްސާއަކަށް ބަހާފައި ވަނީ […]

ފަލަ ސުރުޙީތައް އަޅައިގެންވެސް ނުފެށުނު "ނާގޯށި، އަންނަ އަހަރު ރިސޯޓު އެންޑް ސްޕާ"
Thiladhunmathi News

ފަލަ ސުރުޙީތައް އަޅައިގެންވެސް ނުފެށުނު "ނާގޯށި، އަންނަ އަހަރު ރިސޯޓު އެންޑް ސްޕާ"

ހދ. ނާގޯށި ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް 2006 ވަނަ އަހަރު ސެޕްޓެމްބަރ މަހު 17 ވަނަ ދުވަހު ދޫކޮށްފައިވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ. 2007 ވަނަ އަަހަރުގެ ޑިސެމްބަރ މަހު ތެރޭގައި ނާގޯށި ތަރައްގީ ކުރުމަށް އެމްޓީޑީސީ އިން ތްރީކޭ އިންޓަނޭޝަނަލް ކުންފުންޏާ ހަވާލުކުރި އެވެ. މަަސައްކަތް ފެށޭވަރުވީ 2009 ވަަނަ އަހަރުގެ ތެރޭގައެވެ. ކާލްސަން ހޮޓެލްސް، ރެޑިސަން ބްރޭންޑްގެ ރިޒޯޓެއްގެ ގޮތުގައި ހުޅުވުމަށް ވަރަށް ބާރަށް މަސައްކަތްކުރަމުންގޮސް މަސައްކަތް މެދުކެނޑުނެވެ...

ވަކި ގައުމެއް ނުވަތަ ވަކި ނަސްލަކަށް ވީތީ ތަފާތު ކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަަތަށް އޮތް ހުރަހެއް: ޝާހިދު
Raajje

ވަކި ގައުމެއް ނުވަތަ ވަކި ނަސްލަކަށް ވީތީ ތަފާތު ކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަަތަށް އޮތް ހުރަހެއް: ޝާހިދު

ވަކި ގައުމެއް ނުވަތަ ވަކި ނަސްލަކަށް ވީތީ ތަފާތު ކުރުމަކީ ފަތުރުވެރިކަމުގެ ސިނާއަަތަށް އޮތް ހުރަހެއް ކަމަށް ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެވެ. އެމްޓީޑީސީއަށް 15 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖެ ވާންޖެހޭނީ ބޭރުގެ ފަތުރުވެރިންނަށް އަބަދު ވެސް މަރުބާ ކިޔާ، އެމީހުންނާއި ދޭތެރޭގައި އޯގާތެރިކަމާއިއެކު ހިތްތައް ހުޅުވާލައިގެން ތިބޭ ބަޔަކަށް ކަމަށެވެ. ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ސިނާއަތަކީ ފަތުރުވެރިކަން ކަ...

އެމްޓީޑީސީއަށް މިދިޔަ އަހަރު 12.5 މިލިއަން ރުފިޔާގެ ފައިދާއެއް
Business

އެމްޓީޑީސީއަށް މިދިޔަ އަހަރު 12.5 މިލިއަން ރުފިޔާގެ ފައިދާއެއް

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 12.5 މިލިއަން ރުފިޔާ ލިބިއްޖެއެވެ. އެމްޓީޑީސީން ނެރެފައިވާ 2022 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގެ މާލީ ބަޔާނުން ދައްކާ ގޮތުގައި، މި މުއްދަތުގައި ޓޫރިޒަމް ވިޔަފާރިކޮށްގެން އެކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި ވަނީ، 811،777 ޑޮލަރު ލިބިފައެވެ. މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އާމްދަނީގެ ގޮތުގައި އެމްޓީޑީސީއަށް 1.8 މިލިއަން ޑޮލަރު (28.2 މިލިއަން ރުފިޔާ) ލިބިފައިވާއިރު، ޖުމްލަ...

ދެވަނަ ފިޔަވަހީގައި އިތުރު ދެ ބަސް ސްޓޮޕް
Business

ދެވަނަ ފިޔަވަހީގައި އިތުރު ދެ ބަސް ސްޓޮޕް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިތުރު ދެ ބަސް ސްޓޮޕް ހަދައިފިއެވެ. އެމްޓީސީސީން ބުނި ގޮތުގައި މި ބަސް ސްޓޮޕްތައް ހުންނާނީ މަސްޖިދް އަމީލް ޖަލީލް އާއި ސްޓެލްކޯ ފްލެޓު ކައިރީގައެވެ. މި ބަސް ސްޓޮޕްތަކުން މާދަމާއިން ފެށިގެން ދަތުރުތައް ކުރާނެއެވެ. އެގޮރުން ހަތަރު ރޫޓަކުން ދަތުރު ކުރާނެއެވެ. މި ބަސް ސްޓޮޕުން ދަތުރު ކުރާނީ ވެސްޓް ޕާކާއި، ކާނިވާ އަދި އެއާޕޯޓުގެ އިތުރުން ހުޅުމާލޭ ފޭސް އެކަކަށެވެ. […]

އެމްޓީޑީސީގެ ޑިރެކްޓަރަކަށްވާން އާއްމު ހިއްސާދާރުންނަށް ފުރުސަތު ހުޅުވާލައިފި
Business

އެމްޓީޑީސީގެ ޑިރެކްޓަރަކަށްވާން އާއްމު ހިއްސާދާރުންނަށް ފުރުސަތު ހުޅުވާލައިފި

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބޯޑުގެ ޑިރެކްޓަރަކަށްވުމުގެ ފުރުސަތު އެ ކުންފުނީގެ އާންމު ހިއްސާދާރުންނަށް ހުޅުވާލައިފިއެވެ. އެ ކުންފުނީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ތެރެއިން ފަސް ޑިރެކްޓަރަކު އައްޔަން ކުރާނެއެވެ. އެ މަގާމަށް ކުރިމަތިލާން މި މަހުގެ 28 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ. އެމްޓީޑީސީ ޑިރެކްޓަރުންނަށް ކުރިމަތިލެވޭނީ 18 އަހަރުން މަތި، މަދުވެގެން ކުންފުނީގެ 50 ހިއްސާ އޮންނަ މީހަކަށެވެ. އަދި ކުރިމަތިލާ މީހުންނަކީ ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދެ...

އިހަވަންދޫ ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ
Thiladhunmathi News

އިހަވަންދޫ ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިމިއްޖެ

ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބޭރު ތޮށިލާން ބޭނުންވާ ބޮޑުހިލަ މިއަދު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 95 މީޓަރުގެ އެއްގަމު ތޮށިލުމާއި 248 މީޓަރުގެ ބޭރު ތޮށި ލުމާއި 178 މީޓަރުގެސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ […]