ރ. ކިނޮހޮޅު ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.

އެމްޓީސީސީން ބުނީ، ކިނޮހޮޅު ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް އެ ކުންފުނިން ތައްޔާރުވެފައިވާ ކަމަށެވެ.

Ad
rt

މިގޮތުން ޕޮލިސް ޕޯސްޓް އިމާރާތް ކުރުމުގެ މަޝްރޫޢުގެ ދަށުން މަސައްކަތް ނިމޭއިރު 1 ފަންގިފިލާގެ އިމާރާތެއް ބިނާކުރުމަށް ހަމަޖެހިފައިވެއެވެ.

އަދި ޕޮލިސް ޕޯސްޓެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއްވެސް ޤާއިމްކުރެވޭނެއެވެ.

ކިނޮހޮޅުގައި ނިސްބަތުން ބަލާއިރު 690 މީހުންގެ އާބާދީއެއް ދިރިއުޅޭއިރު އެ ރަށުގެ ރައްޔިތުންނަށް މި މަޝްރޫޢުގެ މަސައްކަތް ފުރިހަމަކުރެވުމާއެކު އުމްރާނީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ގިނަ ގުނަ މަންފާތަކަކާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް އެމްޓީސީސީން ޤަބޫލުކުރެއެވެ.

މި ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީއަށާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި މުހިންމު ދައުރެއް ދަނީ އަދާކުރަމުންނެވެ.