ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރެއިން އުތުރުގެ ސަރަހައްދުތަކުގައި ފަތުރުވެރިކަން ފުޅާ ކުރުމާއި، ކޮންމެ އަތޮޅެއްގައި ނޭޗާ ޕާކު ގާއިމްކުރުމުގެ މަސައްކަތާއި ގުޅިގެން ކުރެވޭ މަސައްކަތުގެ ދަށުން ހދ. ކޭލަކުނާއި ށ. ފަރުކޮޅުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުގައި ނޭޗާ ޕާކު ތަރައްގީ ކުރުމަށް ޓޫރިޒަމް އެންޑް އެނަ އެންވަޔަރަންމަންޓް މިނިސްޓްރީއާއި މޯލްޑިވްސް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

ކޭލަކުނާއި ފަރުކޮޅަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދެ ރަށެވެ. އެ ދެރަށުގައި ނޭޗާޕާކް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ، އެތަންތަނުގެ ގުދްރަތީ ނުވަތަ ތަބީއީ ގޮތުގައި ރައްކާތެރިކޮށް، ދަމަހައްޓައި ތަންތަނާބެހޭ ގަވާއިދާއި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނު ދަށުން އެކުލާވާލާފައިވާ އެހެން ގަވާއިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.

Ad
rt

މި މަޝްރޫޢުގެ ދަށުން ޕްލޭންކޮށްފައިވާ މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ މިނިސްޓްރީގެ ޓެކްނިކަލް ލަފައާއި އެއްގޮތްވާ ގޮތުގެ މަތިން ހަތަރު މަރުހަލާއަކަށް ބަހާލައިގެން އެއްއަހަރު ދުވަހުގެ މުއްދަތަށެވެ.