ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިތުރު ދެ ބަސް ސްޓޮޕް ހަދައިފިއެވެ.

އެމްޓީސީސީން ބުނި ގޮތުގައި މި ބަސް ސްޓޮޕްތައް ހުންނާނީ މަސްޖިދް އަމީލް ޖަލީލް އާއި ސްޓެލްކޯ ފްލެޓު ކައިރީގައެވެ.

Ad
rt

މި ބަސް ސްޓޮޕްތަކުން މާދަމާއިން ފެށިގެން ދަތުރުތައް ކުރާނެއެވެ. އެގޮރުން ހަތަރު ރޫޓަކުން ދަތުރު ކުރާނެއެވެ. މި ބަސް ސްޓޮޕުން ދަތުރު ކުރާނީ ވެސްޓް ޕާކާއި، ކާނިވާ އަދި އެއާޕޯޓުގެ އިތުރުން ހުޅުމާލޭ ފޭސް އެކަކަށެވެ.

މިހާރު ފޭސް ދޭއްގައި ހުންނަނީ ދެ ބަސް ސްޓޮޕެވެ. އެއީ ހިޔާ ފްލެޓުތައް ސަރަހައްދުގައި ހަދާފައިވާ ދެ ސްޓޮޕެވެ.

އިތުބާރާއެކު އެމްޓީސީސީން ރައްޔިތުންނަށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށް ދެމުން އަންނައިރު ބަހުގެ ޚިދުމަތަކީ މާލެ ސަރަހައްދުގެ ގިނަ ބަޔެއްގެ އެއްގަމު ދަތުރު ފަތުރައް ބޭނުން ކުރަމުން އަންނަ ޚިދުމަތެކެވެ. މި ޚިދުމަތް ފުޅާކޮށްފައިވާއިރު މި ޚިދުމަތުގެ ސަބަބުން ރައްޔިތުންނަށް ވަނީ ލުއިފަސޭހަކަން ލިބިދީފަ އެވެ.