ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 60 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ(އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫއުގެ ދަށުން ބޭރު ތޮށިލާން ބޭނުންވާ ބޮޑުހިލަ މިއަދު އެ ރަށަށް ގެންގޮސްފައިވާ ކަމަށެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 30،509 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 95 މީޓަރުގެ އެއްގަމު ތޮށިލުމާއި 248 މީޓަރުގެ ބޭރު ތޮށި ލުމާއި 178 މީޓަރުގެސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. އަދި ޕޭވްމަންޓު ހެދުމާއި މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެދަށުން ކުރާނެއެވެ.

މިއީ 59.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.