މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ބޯޑުގެ ޑިރެކްޓަރަކަށްވުމުގެ ފުރުސަތު އެ ކުންފުނީގެ އާންމު ހިއްސާދާރުންނަށް ހުޅުވާލައިފިއެވެ.
އެ ކުންފުނީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ތެރެއިން ފަސް ޑިރެކްޓަރަކު އައްޔަން ކުރާނެއެވެ. އެ މަގާމަށް ކުރިމަތިލާން މި މަހުގެ 28 އާ ހަމައަށް ފުރުސަތު ވަނީ ހުޅުވާލައިފައެވެ.
އެމްޓީޑީސީ ޑިރެކްޓަރުންނަށް ކުރިމަތިލެވޭނީ 18 އަހަރުން މަތި، މަދުވެގެން ކުންފުނީގެ 50 ހިއްސާ އޮންނަ މީހަކަށެވެ. އަދި ކުރިމަތިލާ މީހުންނަކީ ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދެއް ވެސް އޮންނަން ޖެހޭއިރު ލިސްޓު ކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން ދެ ކުންފުންޏަށް ވުރެ ގިނަ ކުންފުނިތަކުގެ ބޯޑުގައި ނުހިމެނޭ މީހުންނަށް ވެސް ވާން ޖެހޭނެއެވެ.
އެ މަގާމަޑް ކުރިމަތިލާ މީހުންގެ ތެރެއިން އެންމެ ގާބިލު މީހުން ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓީން ހޮވައި މި އަހަރުގެ އަހަރީ އާންމު ޖަލްސާއަށް ހުށަހަޅާނެއެވެ. ޑިރެކްޓަރުން ބޯޑަށް ހޮވާނީ އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރުންގެ ވޯޓުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!