ހދ. ނާގޯށި ރިޒޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށް 2006 ވަނަ އަހަރު ސެޕްޓެމްބަރ މަހު 17 ވަނަ ދުވަހު ދޫކޮށްފައިވަނީ މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށެވެ. 2007 ވަނަ އަަހަރުގެ ޑިސެމްބަރ މަހު ތެރޭގައި ނާގޯށި ތަރައްގީ ކުރުމަށް އެމްޓީޑީސީ އިން ތްރީކޭ އިންޓަނޭޝަނަލް ކުންފުންޏާ ހަވާލުކުރި އެވެ. މަަސައްކަތް ފެށޭވަރުވީ 2009 ވަަނަ އަހަރުގެ ތެރޭގައެވެ. ކާލްސަން ހޮޓެލްސް، ރެޑިސަން ބްރޭންޑްގެ ރިޒޯޓެއްގެ ގޮތުގައި ހުޅުވުމަށް ވަރަށް ބާރަށް މަސައްކަތްކުރަމުންގޮސް މަސައްކަތް މެދުކެނޑުނެވެ. އެއަށްފަހު މަސައްކަތް ފެށީ 2015 އަހަރުގެ ނޮވެމްބަރ މަހު ތެރޭގަ އެވެ. މަސައްކަތް މެދު ކެނޑުނު އިރު 50 އިންސައްތަ މަސައްކަތް ނިމިފައި ހުރި ކަމަށް އޭރު އެމްޓީޑީސީއިން ބުނެފައިވެއެވެ. ހަގީގަތުގައި ނިމިފައިވަނީ 37 އިންސައްތަ އެވެ.
2015 ވަނަ އަހަރު އަލުން މަސައްކަތް ފެށުނުއިރު ރާނާ ސިމެންތި ޖެހިފައިހުރީ 180 ކޮޓަރީގަ އެވެ. އަދި މޫދުގައި އެޅުމަށް ހަމަޖެހިފައިވާ 100 ކޮޓަރިތައް ފެނުންމައްޗަށް އަރާވަރެއް ނުވި އެވެ. ޖެހިފައިހުރީ ހަމައެކަނި ތަނބުތަކެވެ. މިހާރު ހުރީ ވީރާނާވެފަ އެވެ. އެއިރު ކޮންމެވެސް ވަރަކަށް ނިމިފައިހުރި ރިސެޕްޝަން، ރެސްޓޯރެންޓް، އިންޖީނުގެ ރާނާ ހިޔާކުރި ގޮތަށް މިހާރު ހުރީ ވީރާނާވާން ކައިރިވެފަ އެވެ.
2017 ވަނަ އަހަރު އޭޕްރިލް މަހަކީ ރިޒޯޓް ހުޅުވުމަށް ހެޑްލައިން އަޅާލި 3 ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ރިޒޯޓް ހުޅުވުމަށް ނިންމާ އިޢުލާންކޮށް ސުރުހީ އެޅީ 2010 ވަނަ އަހަރުގެ އޭޕްރިލް 17 ގަ އެވެ. ދެން ނިންމީ 2012 ޖުލައި މަހު ތެރޭގަ އެވެ. އެއަށްފަހު އެތައްފަހަރަކު "އަންނަ އަހަރު، ނާގޯށި ހުޅުވަނީ" މިފަދަ އެތައް ސުރުޙީތަކެއް އެޅިގެން ދިޔަ އެވެ. ނަމަވެސް އެ އަންނަން ބުނި އަންނަ އަހަރެއްވެސް ނައެވެ.
ނާގޯއްޓަކީ އެމްޓީޑީސީ އުފައްދައި އެންމެ ފުރަތަމަ އެ ކުންފުންޏާ ހަވާލު ކުރި ރަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ ކުރީގެ ސަރުކާރުތަކަށް އެ ރަށް ތަރައްގީއެއް ނުކުރެވުނެވެ.
ނާގޯށީގައި ތައްގީކުރާ ރިސޯޓުގެ މަސައްކަތް ކުރިއަށް އޮތް ދެތިން މަސްތެރޭ ފަށަނީ
އެ ރަށުގެ މަސައްކަތް އަލުން އެމްޓީޑީސީއާ ހަވާލު ކުރީ 2020 ވަނަ އަހަރު އެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ ތިން އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ބާކީ މިހާރު އޮތީ އަހަރެއްހާ ދުވަހެވެ.
ނާގޯށީގައި ތަަރައްގީ ކުރާ ރިޒޯޓު ވެގެންދާނީ ރާއްޖޭގެ އެންމެ ބޮޑު އެއް ޓޫރިޒަމް ޕްރޮޖެކްޓަށް ކަމަށް އެމްޓީޑީސީން ބުނެއެވެ. މިހާރު އެ ރިޒޯޓުގައި 835 ކޮޓަރި ތަރައްގީ ކުރަން ކިޔާއިރު އެއީ 1670 އެނދެވެ. މިޕްރޮޖެކްޓަކީ ބޮޑު ޕްރޮޖެކްޓަކަށްވުމުން އެތަން ތަރައްގީ ކުރަން ރާވާފައިވަނީ ފޭސްތަކަކަށް ބަހާލައިގެންނެވެ.
ހދ ނާގޯށި އަލުން އެމްޓީޑީސީއާއި ހަވާލުކޮށް "އަންނަ އަހަރު" މަސައްކަތްފަށަނީ؟
ދުބާއީގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ ރޯ ގަލަދާރީއާ ހަވާލުކޮށްގެން، ނާގޯށި ތަރައްގީކުރަން އަލުން ފަށާފައިވަނީ މިދިޔަ އަހަރު މެދު ތެރޭގަ އެވެ. ރޯ ގަލަދާރީން ނާގޯށި ތަރައްގީކުރަނީ އެމްޓީޑީސީއާ ގުޅިގެން ޖޮއިންޓް ވެންޗާއެއް އުފައްދައިގެންނެވެ. އެމްޓީޑީސީން ލަފާކުރާ ގޮތުގައި ނާގޯށި ތަރައްގީކޮށް ނިމޭއިރު 300-400 މިލިއަން ޑޮލަރު ހަރަދުވާނެ އެވެ. މިއީ އެންމެ ރަށެއް ތަރައްގީކުރަން އެހާ ބޮޑު އިންވެސްޓަމަންޓެއް ކުރާ ފުރަތަމަ ފަހަރުކަމަށް އެކުންފުނިން ބުނެއެވެ..
މިރަށުގެ އަމަލީ މަސައްކަތް ފެށުން މިހާރު އޮތީ ވަރަށް ގާތުގަ އެވެ. އީއައިއޭ ރިޕޯޓް އީޕީއޭއިން އެޕްރޫވްކޮށްފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. އެރިޕޯޓް ޓޫރިޒަމް މިނިސްޓްރީއަށް ހުށައެޅުމާއި އެކު އެރަށުގެ އަމަލީ މަސައްކަތް ކުރުމަށް ހުއްދަ ދޭނެކަމަށް ބެލެވެއެވެ. މިރަށް ނިންމާ އޮޕަރޭޝަންއަށް ގެންނަން މަދުވެގެން އަދި ތިން އަހަރު ނަގާނެކަމަށް އަންދާޒާ ކުރެއެވެ.
ނާގޯށި ތަރައްޤީކުރުމުގެ މަސައްކަތް "އަންނަ އަހަރުގެ" ތެރޭގައި ފެށޭނެ: އެމްޓީޑީސީ
އެ ރަށް ތަރައްގީކޮށް މި ދައުރުގައި ހުޅުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ރިޔާސީ އިންތިހާބަށް ދެމަހަށް ވެގެން ދިޔައިރު "ނާގޯށީގެ މަސައްކަތް ފަށައިފި" މިސުރުހީ އަޅާނުލެވި މުޅިންވެސް އެޅިގެން ދިޔައީ "ހުޅުވަނީ، ނިންމަނީ" މި ސުރުހީތަކެވެ. އާރުލާ ސުރުހީއެއް ނުޖެހުނުތަނުގައި ސުރުހީއެއް ހަޤީގަތަކަށްވެސް ނުވިއެވެ. "ހުޅުވަނީ، ނިންމަނީ" ގެ ބަދަލުގައި ޖެހޭތޯ އުޅެންވީ "ފެށެނީ" ގެ ބަދަލުގައި "ފަށައިފި" މި ސުރުހީއެވެ. ނިންމޭނީވެސް ފެށިގެންތާއެވެ.
ނާގޯށީގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފަށަނީ، މިފަހަރުވެސް ހުޅުވުން "އަންނަ އަހަރު"
މިފަހަރުވެސް އިންތިޒާރު މިކުރެވެނީ މިރަށް ހުޅުވޭނެ ދުވަހަކަށެވެ. "ހުޅުވެނީ، އަންނަ އަހަރު ހުޅުވަނީ" މިފަދަ ސުރުހީއަކަށް ނޫނެވެ. "އެންމެ ފަހުން ނާގޯށި ހުޅުވައިފި" މިފަދަ ސުރުހީއަކަށެވެ.
ނާގޯށީގައި ތަރައްގީކުރާ ރިސޯޓުގެ މަސައްކަތް އަންނަ އަހަރު ނިންމައި، ހުޅުވާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލު އަބްދުލްސަމަދު، މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ވިދާޅުވެފައިވާތީ އެކަމުގެ ތަފްސީލެއް ހޯދުމަށް ކުރެވުނު މަސައްކަތްވެސް ވަނީ ނާކާމިޔާބުވެފައެވެ. ފޯނަށް ޖަވާބު ނުދެއްވުމާއި މެސެޖަށްވެސް ޖަވާބު ނުދެއްވުމުން އަންނަ އަހަރު އެރިސޯޓު ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާއި ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ލިބޭގޮތެއް ނުވި އެވެ.
ކިޔުންތެރިންގެ ޚިޔާލުތައް
Maumoon verikamun fesuigen hiyaalu hunna kamen noon thee