ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން ލިބޭނެ: ނަސީމް
މިފެށޭ ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން ލިބޭނެކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ ކޯވިޑް ވެކްސިން ހޯއްދަވަން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން ޖުލައި މަހުގެ ތެރޭގައި އެކަށީގެންވާ އަދަދެއްގެ ކޯވިޑް ވެކްސިން ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެކްސިން ލިބޭނީ ވަކި ދުވަހެއް ކަމަށް ނުދެންނެވި ނަމަވެސ...