ޖޫން 1 ވަނަ ދުވަހުގެ ރޭ ކޯވިޑް ބަލީގައި ނިޔާވި ފާޠިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވި މައްސަލާގައި ހަދަމުންދާ ކޭސް ރިވިއު ހެދުމަށް ގިނަ ކަންކަން ބަލަން ޖެހޭތީ، އެ ރިޕޯޓް ހާމަކުރުމަށް އިތުރު ވަގުތު ނަގާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިޝްކާގެ މަރުގެ ރިޕޯޓް އެރެއަށް ނިންމާ އިއްޔެގެ އާންމު ކުރައްވާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވިއެވެ. ނަމަވެސް އިއްޔެ ފަހަނައަޅައި ދިޔައިރުވެސް އެ ރިޕޯޓްގެ ޚަބަރެއް ނުވުމުން ބައެއް މީހުން ދިޔައީ މީސް މީޑިއާގައި ސުވާލު އުފައްދައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.
މިއަދު ހެނދުނު 9:23ގައި ކުރެއްވި ޓްވީޓެއްގައި ހެލްތު މިނިސްޓްރީން ވިދާޅުވީ، ކޯވިޑް ބަލީގައި ކުޑަކުއްޖަކު ނިޔާވުމާއި ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް ކުރަށްވަމުން ގެންދަވާ ކަމަށެެވެ.
"މި މައްސަލާއިގާ ގިނަކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތުނަގާ، މަސައްކަތް ކުރަމުންމިދަނީ ވީއެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް" ހެލްތު މިނިސްޓްރީއިން ވިދާޅުވެފައެވެ.
ކޯވިޑް ބަލީގައި ކުޑަކުއްޖަކު ނިޔާވުމާއި ގުޅިގެން ހަދަމުންގެންދާ ކޭސް ރިވިއުގެ ގިނަ މަސައްކަތަތަކެއް މިއަންނަނީ ކުރަމުން.
މި މައްސަލާއިގާ ގިނަކަންކަން ބަލަން ޖެހުމުން މިކަމަށް އިތުރު ވަގުތުނަގާ.
މަސައްކަތް ކުރަމުންމިދަނީ ވީއެންމެ އަވަހަށް މި މަސައްކަތް ނިންމުމަށް.— Ministry of Health (@MoHmv) June 4, 2021
ބުދަ ދުވަހުގެރޭ ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ނަސީމް ވިދާޅުވީ މިޝްކާ ނިޔާވުމުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށާއި ތަހުގީގު ކުރިޔަށްދާ ކަމަށެވެ. އަދި އެރޭގެ ވަގުތެއްގައި ރިޕޯޓް އާންމުކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.
ކޯވިޑް ބަލީގައި މާލޭ ސިޓީގައި ރޭ ނިޔާވި ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ކުއްޖާއަކީ ކޯވިޑަށް ޕޮޒިޓިވްވުމުން ގޭގައި ކަރަންޓީނުގައި ހުރި އަންހެން ކުއްޖެކެވެ. އެކުއްޖާގެ މަންމައާއި، ބައްޕަ ވެސް ތިބީ އެ ބަށްޔަށް ޕޮޒިވްވުމުން އެކުއްޖާއާއިއެކު ކަރަންޓީނުގައެވެ.
އެކުއްޖާގެ ހާލު ގޯސްވެގެން ގުޅުމުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް ދެވުނީ، ޢާއިލާއިން ގުޅިތާ 2 ގަޑިއިރާއި 40 މިނެޓްފަހުން ކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!