ހަމައެކަނި ދަރިފުޅަށް “ނޭވާނުލެވި ނޭފަތުން ލޭ އަންނާތީ” އެޗްޕީއޭއަށް ގުޅީ 9 ޖެހިއިރު، އާދެވުނީ 11:40 ގައި

C3B30B25-B111-4634-A372-FC137BC31847

ކޯވިޑް ބަލީގައި މާލޭ ސިޓީގައި ރޭ ނިޔާވި ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ކުއްޖާގެ ހާލު ގޯސްވެގެން ގުޅުމުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް ދެވުނީ، ޢާއިލާއިން ގުޅިތާ 2 ގަޑިއިރާއި 40 މިނެޓްފަހުން ކަމަށް ޢާއިލާއިން ބުނެފި އެވެ.

ކުޅުދުއްފުށީ ސިޓީގެ ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅު ރޭ ނިޔާވީ، ރާއްޖޭގެ މައި ހޮސްޕިޓަލް، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް(އައިޖީއެމްއެޗް) އަށް ގެންދިޔަ ފަހުން އެ ހޮސްޕިޓަލްގެ އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ ކުއްޖާއަކީ ކޯވިޑަށް ޕޮޒިޓިވްވުމުން ގޭގައި ކަރަންޓީނުގައި ހުރި އަންހެން ކުއްޖެކެވެ. އެކުއްޖާގެ މަންމައާއި، ބައްޕަ ވެސް ތިބީ އެ ބަށްޔަށް ޕޮޒިވްވުމުން އެކުއްޖާއާއިއެކު ކަރަންޓީނުގައެވެ.

އެ ކުއްޖާގެ އާއިލާގެ މީހަކު މީސް މީޑިޔާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ހުން ހުރިނަމަވެސް އިއްޔެއާއި ހަމައަށް އެކުއްޖާގެ ހާލު ރަނގަޅުކަމަށެވެ. އެކުއްޖާއަށް ނޭވާލާން އުނދަގޫވާން ފެށީ ރޭގައި ކަމަށާއި، އަދި ނޭފަތުން ލޭ އައިކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެކުއްޖާގެ ހާލު ގޯސްވުމުން އާއިލާއިން ރޭ 9 ޖަހާއިރު އެޗްޕީއޭއަށް ގުޅައި އެމްބިއުލާންސް ފޮނުވައިދޭން އެދުނު ކަމަށާއި، ކުއްޖާގެ ހާލަތު ގޯސްވާތީވެ ތަކުރާރުކޮށް އެޗްޕީއޭގެނަމްބަރު 1676އަށް ގުޅައި އެމްބިއުލާންސް ފޮނުވުން އަވަސް ކުރުމަށް ވެސް އެދުނުކަމަށް ވެސް އޭނާ ބުނެފަވެއެވެ.

"އެޗްޕީއޭއިން ތަކުރާރުކޮށް ދެމުން ދިޔައީ އެއް ޖަވާބެއް، ބުނަނީ މެޑިކަލް ޓީމަށް އިންފޯމް ކޮށްފިކަމަށް، އިރުކޮޅެއް ތެރޭގައި ދާނެ ކަމަށް"

އޭނާ ބުނެފަވެއެވެ.

ނަމަވެސް އެމްބިއުލާންސަށް އެކުއްޖާ ބަލައި އާދެވުނީ 11:40ގައި ކަމަށް އޭނާ ބުންޏެވެ. އެއީ އެމްބިއުލާންސް ފޮނުވައި ދިނުމަށް އާއިލާއިން އެދެންފެށިތާ 2 ގަޑިއިރާއި 40 މިނިޓް ފަހެވެ.

އާއިލާއިން އެމްބިއުލާންސްގެ ފޮނުވައި ދިނުމަށް އެޗްޕީއޭއަށް ގުޅައި، އާދޭސް ކުރަމުން ދިޔައިރު އެމީހުންގެ ކުރިމަތީގައި ލޯބިވާ ދަރިފުޅުގެ ވިންދު ދަށްވެ، ހާލަތު ދިޔައީ އިތުރަށް ދަށްވަމުންކަމަށް އޭނާ ބުނެފައިވެއެވެ. އެމްބިއުލާންސް ފޯރިއިރު އެކުއްޖާގެ ހާލުވަނީ ވަރަށް ދެރަވެފައި ކަމަށާއި، ހާލުދެރަވުމުގެ ސަބަބުން އައިޖީއެމްއެޗްއަށް ގެންގޮސް ލީ ވެންޓިލޭޓަރަށް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެޗްޕީއޭއަށް ތަކުރާރުކޮށް ގުޅާ އެމްބިއުލާންސް އައުން ލަސްވާތީ އައިޖީއެމްއެޗްއަށް ގުޅައި، އެމްބިއުލާންސް ފޮނުވައި ދިނުމަށް އެދުނު ކަމަށާއި، ނަމަވެސް އެ މީހުން ކޯވިޑަށް ޕޮޒިޓިވްވަފައިވާތީ ކަމަށް ބުނެ އެމްބިއުލާންސް ފޮނުވަން އައިޖީއެމްއެޗްއިން ދެކޮޅު ހެދިކަމަށް އޭނާ ބުންޏެވެ.

އާއިލާގެ ގާތް މީހަކު "ތިލަދުން"އަށް ބުނީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ޢާއިލާއަށް ގުޅައި، މަޢާފަށް އެދުނު ކަމަށެވެ. އަދި މިމައްސަލަ ބަލަނެކަމުގައި ދަންނަވާފައިވެއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ކުއްޖާ ނިޔާވެފައިވަނީ އައިޖީއެމްއެޗްގެ އެމާޖެންސީގައި ފަރުވާ ދެމުން ދަނިކޮށް މެންދަމު 12:10 ހާއިރުއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ވެރިކަމުގެ އާރާއި ބާރު ދެމެހެއްޓުމަށް ޞިއްޙިީ ނިޒާމް ހިންގުމަށް ޅޮސް ސިޔާސީން ލީމަ ނުވާންވީ 6 އެތިވެސްވާނެ. އެހެން ސަރުކާރެއްނަމަ ކަލޭމެން ޖެހޭނެ ހޯބޯލަވަން

    195
    11
  2. ރައްޔިތުން މަރާފަވެރިކަންކުރަންހިތައްނާރުވާތި

    135
    4
  3. ޤައުމުގެ ހުރިހާ ބޮޑުން އުޅެނީ ޤައުމުގަ ހުރި ހަމަ އެކަނި މީހަކީ އަންނި ކަމަށް ބަލަިގެން. ހާސްވެ ކަންބޮޑުވެގެން އުޅޭތަން ފެންނަނީ އޭނަޔާ ގުޅޭ ކަން ކަމުގަ.

    298
    7
  4. އެމީހުންގެނައި ސަރުކާރު ދެންސުކުރު ކޮއްލައިގެން ތިބުންނޫންގޮތެއްނެއް

    66
    22
      1. މަށަށް ދެރައީ އެވަރު ވަންދެން އާއިލާއިން މަޑުކުރީމަ، ހޮސްޕިޓަލަށް ދެވެން ނެތިއްޔާ ކޮޑަށް ލާގެންވެސް ދެވުނު ނަމަ… އެކަމް އެގަޑީގަ އާއިލާ ގެ ހާލަތު ހުރިގޮތުން ނުދެވުނީ ކަންނޭގެ. ވަރަށް ރިތާމަވެރި ހަބަރެއް. ކުއްޖާއަށް ސުވަރުގޭގެ ނިއުމަތް ދެއްވާށި.

        75
        2
    1. ތި އެޗްޕީ މީހުންްނަށްް ބަރޯސާވެގެން ތިބޭނެކަމެއް ނެތޭ ފުރާނަ ކިރިޔާވެސް ސަލާމަތް ކުރަން ބޭނުމިއްޔާ ދާންވީ އަމިއްލައަށް ތިމީހުންގެ އިންތިޒާރުގައި ތިބިޔާ ވަގުތު އޮއްވާފަރުވާ ލިބެން ހުރިމީހަކަ ފަރުވާ ނުލިބިގެން މިދުނިޔެއާ ވަކިވެގެން ދާނީ ހަަަމަގާމު މަށެނުކުރާނަން މަޑެއް އެމީހުންނަށްކަ

      73
  5. ކުޅުފުދުއްފުށި ސިޓީ ކައުންސިލަށް ފުލް އެމްޑީޕީ ސަޕޯޓް އޮވެގެން ސަރުކާރުން ވާނެކަމެއް ވިއްޔާވާނެ. އެކަމަކު ހެޔޮތާ. ނުވޭވިއްޔާ. މައްޔިތާއަށް ހެޔޮރަޙްމަތް ލައްވާށި.

    61
  6. މި ސަރުކާރުގެ ހެލްތް މިނިސްޓްރީ އޮތީ ފެއިލް ވެފައި، އޮޑިޓް ރިޕޯޓް ބަލައިލީމައި މި އެނގެނީ މި ކުރާކަންތަށް،މިލިޔަނުން ވީ ނުވީއެއް ނޭނގި ގެއްލިފައި،ވިސްނަވާ ރައްޔިތުންގެ ފައިސާ އަށް ރައްޔިތުން ބަނޑަށް ޖައްސާފައި ހިތަށް އެރިގޮތެއް ހަދަނީ،ރައްޔިތުންނޭ ކެތްކުރޭ މާތްﷲ އަޅަމެން މި ނުބައި ހަރާންކޯރު ވަގުންތަކުގެ ކިބައިން މިންޖު ކުރައްވާނެ ވ އަވަހަށް އިންޝާ ﷲ،އަދި ހިތި ގޮތަކަށް ފެއިލް ވާތަން ފެނިގެންދާނެ،

    61
    2
  7. ކެރަފާ ނަސީމް އަދި މިކަމުގައި އިހުމާލުވި ހުރިހާ މުއައްސަސާތަކުގެ ވެރިން ވަގުތުން ވަގުތައް ވަކިކުރޭ ނޫނީ އިސްތިއުފާދީ،، އަދި މިކަމު އިހްމާލުވި މުވައްޒަފުން ވަކިކުރޭ

    54
    1
    1. 2 ގަޑި އިރު ވަންދެން އެމްބިއުލަންސް އަށް މަޑުކުރީމަ ވަރަށް ދެރަ. އެއީ އެވަރުން އެބަ އެނގޭދޯ ސިއްޙީ ކަންކަމުގެ ދޯދިޔާކަން. އެހެންވީމަ ކުއްޖާ ގޮވައިގެން އެ ނޫން ގޮތަކަށްވެސް ހޮސްޕިޓަލްއަށް ދެވޭތޯ އުޅުނުނަމަ. މިހެން މި ބުނަނީ އެއްގޮތަކަށްވެސް އާއިލާ ބަދުނާމުކުރާކަށެއްނޫން. ކުޑަ ކުޑަ ކުއްޖެއް ނެތި ދިޔުމުން ހިތަށް ކުރި އަސަރުން މިގޮތަށް ބުނަން މި ޖެހުނީ 🙁
      ކުއްޖާއަށް ސުވަރުގެ މިންވަރުކޮށް ދެއްވާ އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

      53
    2. އެޗުޕީއޭ އަށް ގުޅާ ކޯލުގެ މައުލޫމާތު ކައުންޓަރުން އެތެރެވަނީ ވަރައް މަދުފަހަރަކު މީގެ އެއްއަހަރު ކުރިން އަހަރެންނައް އެހާލުގަ މަހަކާގާއްވަންދެން އުޅެންޖެއްސި ކައުންޓަރުން އެތެރެއައް އެއްވެސް ކޯލެއްގެ މައުލޫމާތު ނުފޯރައިގެން

      16
  8. ކޮވިޑަށް ޕޮޒިޓިވް ވިއަސް އެމްބިެުލަންސް އަންނަން ޖެހޭނެ ދޯ އެވަރުވީމަ. ނަސީމް ކަލޭ މާފަށް އެދުނީމަ ހުރިހާކަމެއް ފުރިހަމަ ވީއެއްނޫން އިނގޭތޯ

    60
  9. ޢެހާލަތުގަ ކުއްޖާ ގޮވައިގެން ހޮސްޕިޓަލަށް އަމިއްލައަށް ވެސް ދާން މަސައްކަތް ކުރަން ވާނެކަމަށް ފެންނަނީ

    52
    3
    1. އަމިއްލަ އަށް މަސައްކަތް ކުރެވިފަ ނޫންތޯ އެއޮތީ. އާއިލާ އިން އައަ.ޖީ.އެމް.އެޗަ އަށް އަމިއްލަ އަށް ގުޅީ. އެޗް.ޕީ.އޭ ިން ހުއްދަ ނުދެނީސް އެމްބިއުލާންސް ނުފޮނުވާ.

      30
  10. ރައީސުލް ޖުމްހޫރިއްޔާ އޮތީ ވިދާޅުވެފައި ކޮވިޑް ހާލަތު މިހިސާބަށް ދަށަށް ދިއުމުގައި ގޯސްތަކެއް ހިގާފައިވާކަމަށް އަދި ވަކިފަރާތަކަށް އިގިލި ދިއްކުރަން ބޭނުންފުޅު ނުވާކަމަށް. ރައްޔިޔުންގެ ވާހަކަ ނޫންބާއޭ ހިތަށް އެބައަރާ.

    21
    1
  11. ކޮބައިބާ ދާއިރާގެ ދެމެންބަރު ޔާސިރާ ޖަމްސީދު ތިޔަޖަމްސީދަކީ ހަމަ ބޮލެއް އަމގައިން ބުނެނުލާ މިވަރުވާއިރު

    24
  12. ޕޮޒިޓިވް ވާ މީހުންނަށް ތިއަށްވުރެ ރަގަޅަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސަން ޖެހޭ. އެޗް.ޕީ.އޭ ގެ ނަމްބަރަށް ގުޅެނީ އެހާ ހާލުން. އެފަދަ ހާލަތެއްގައި ގުޅޭނެ އެހެން ހޮސްޕިޓަލެއް ހުންނަން ވާނެ. 2 ގަޑި އިރު ވީމާ ވިސްނާލާ …..
    މައުސޫމު ފުރާނައަށް ސުވަރުގެ މިންވަރު ކުރައްވާ ޢާއިލާ އަށް ކެތްތެރިކަން ދެއްވާށި….

    24
    1
  13. ޢަޅުގަނގު ވަރަށް ދެރަވެއްޖެ. އަޅުގަނޑު މިބުނަނީ މިހާލަތަށް ދިޔާމަ އެބަޖެހެޔޭ މިވާނުވާ ބަލަން އެންބިއުލައިސް އިތުރު ކުރަން އެބަޖެހޭ އަދި އެންބިއުލައިސް ދުއްވަނޭ ވޮލަން ޓިއަރުުން މިތިބީ ތައްޔަާރަށް. ޥޮލަންޓިޔަރަކަށް ނަން ނޯޓް ކޮއްފަ އޮންނަތާ 2 މަސްވީ

    20
    1
    1. ވޮލަންޓަޔަރ އަށް ފޯރމް ހުށަހެޅި ހުރިހާ އަންހެން ކަނބަލުންނަށް ފުރުސަތު ދީފި ކަމަށް ބައެއް ސޯސްތަކުން މަޢުލޫމާތު ލިބޭ!

  14. ކޮވިޑަށް ޕޮޒިޓިވް ހާލަތެއް ކަމުން ޓެކްސީއަކަށް ވެސް ނޭރޭނެ އެކަމަކު ދަރިފުޅަށް އެވަރުވީއިރު އުރާލައިގެން ވިޔަސް ހޮސްޕިޓަލަށް ނުދިޔައިމަ ވަރަށް ދެރަ. އަޅުގަނޑު ނަމަ ކޮނޑަށް ލައިގެން ދުވެފަ ވިޔަސް ދިޔައީސްކަން ޔަގީން…

    28
    1
    1. އޭރުން ގައިޑްލައިނާ ޚިލާފުވީކަމަށް ބުނެ ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްލާނެ.

      12
      1
    2. ކޮވިޑް އަށް ޕޮސިޓިވް ވެފަ ހުރިކަން އެގުނަސް އެމަޖެންސީ ހާލަތުގަ ޓެކްސީއަށް ވެސް އަރުވަދޭނެ ޓެކްސީ ހިދުމަތުގަ އުޅެދާނެ..
      ޓެކްސީ ޑްރައިވަރެއްގެ ހައިސިއްޔަތުން އަޅުގަނޑު އެއްވެސް ފަހެއް ނުޖެހޭނަން އިރާދަކުރެއްވިއްޔާ..

      10
    3. ިހކޮނޑަށް ލައިގެންނދުވެވަރަސް ވުރެ ބޮޑުކުއްޖެއްް. ޢާއިލަގެ މިހުން ތޮބޯ ޕލސޮތިވް ވެފަ

  15. ޚެރަފާ ނަސީމު ހީކުރީކަންނޭންގެ މަޢާފަށްއެދުނީމަ ގެއްލުނު ފުރާނަަަ އަނބުރާލިނޭނޭ ކަމަށް

  16. ޖޫރީމަނާ އެއް ފުރާނައަކަށް ވުރެން އަގު ބޮޑެއްނުވާނެ️️️�

    2
    1
  17. އެވެސް މި ސަރުކާރުގެ އިސްވެރި އެއްގެ އަމައެއް ބަފައެއް ނަމަ ތި އެޗްޕީއޭއީން ވެސް ވަގުތުން އެޓެންޑް ވީސް..
    އާއިލާ އަށް ކެތްތެރިކަން މިންވަރު ކުރައްވާށި..

  18. ވަރަށް ދެރަ.އާއިލާއިން މިކަމުގަ އިހުމާލު ވި ފަރާތް ތަކާ ދޭތެރޭ ދައުވާ ކުރަން ފެނޭ. 2ގަޑި އިރު ވީމަ ވަރަށް ލަސް.މި ގައުމުގަ ސިފައިންނާއި ފުލުހުން ނެރެގެން ޖޫރި މަނާ ކުރުން ނޫން ކަމެއް ނެތް.

  19. ފުރާނައަށް ނުރައްކާވެފައިވަ ހާލަތުގައި ގުޅާނެ އިތުރު ހޮޓްލައިނެއް އަދި މިފަދަ ބަލި މީހިނަށް އެޓެންޑްވާނޭ ވަކި ޓީމެއް އޮންނަން ވެއްޖެ ކަމަށް ގަބޫލުޚުރަނީ

  20. އަޅުގަނޑުގެ ދަރިފުޅު ވެސް ތިކަހަލަ ކަމެއް ދިމާވެގެން ކާރެއް ނުލިބި އޭޑީކޭ އެމްބިއުލެންސްގަ ސެނެހިޔާއަށް ގޮސް ދެއްކީމަ ހުންއާސް ރޯގާގެ އަލާމާތް އެބަހުއްޓޭ ކިޔާފަ މިތަނުން ސާމްޕަލް އޭ ނަގާދެވޭނީ ކިޔާ ސާމްޕަލް ނަގާފަ އޭނައޮތީ ސީލެވެ ލެވެ އެއްކޮއް އޮހެފަ ކޮޅަށްވެސް ނުހުރެވޭ ސެނެހިޔާގަ އެޑްމިޓްނުކުރެވޭނެ ކަމަށް ބުނި ދެން ޓްރާންސްފާ ކޮށްލީ އައިޖީއެމްއެޗް އަށް.އައިޖީއެމްއެޗް އެމްބިއުލެންސްގަ އައިޖީއެމްއޭޗް ގަ ފްލޫކުލިނިކް ބާގަ ނަމްބަރެއްނަގާފަ 3 ގަޑިއިރުވި އިރުވެސް އިތުރުފަރުވާނުލިބި ގެއަށް އަންނާންޖެހުނީ.

  21. ޥައްކަން ކުރާ މީހުން އޮޅިފަ އޮވެގެން ނުވާނެ މިހާރު ޚިދުމަތް ނުދެވި ލާރިކޮޅު ހުސްވަނީ

  22. ތިމާމެން ގެނައި ސަރުކާރަކުން ތިމާމެންގެ ދަރުއެއް މަރާލީމަވެސް އަނގަވެސް ހުޅުވާލަން ނުކެރުނު. މަ ހީކުރަނީ ކުޅުދުއްފުށޤްޓަކީ ނިކަން ގަޓު ރައްޔިތެއް އޮތް ރަށެއް ކަމަށް. ސައިޒަށް ކަނޑާލަން ނުކުންނަވަރު ކަމެއް މިހިނގައި ދިޔައީ. އެކަމަކު ހަރާމުންހަރާން. ކަހާތަން ހިރުވާވެސްނުލި. ކަމެއްވީކަން އެނގޭ މީހަކުވެސް ނެތްފަދަ. އެތިބަ ބޮޑެތި އަނގަތައް ވާގި ނެތިފަ. ޝޭމް އޮން ޔޫ މައި ޕީޕްލް!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި