މިހާރު ފެތުރެެމުން އަންނަ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އަތޮޅު ތެރޭގެ ހާލަތު މޮނީޓާ ކުރުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް އައްޔަން ކުރުމަށް ނިންްމައިފިއެވެ.

މިކަމާއި ގުޅޭގޮތުން ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އަތޮޅުތެރޭގެ ރަށްރަށުގައި މި ބަލި ފެތުރުން އިންތިހާއަށް އިތުރުވުމާއި އެކު ހާލަތު މޮނީޓާކޮށް އިތުރަށް ހަރުދަނާކޮށް، ކޮންމެ އަތޮޅެއްގެ ކޯޑިނޭޝަން ވަރުގަދަ ކުރުމަށް ކޮންްމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް އައްޔަން ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށެެވެ.

Ad
rt

އެގޮތުން ކޮންމެ އަތޮޅެއްގައިވެސް އިސްކޮށް ހަރަކާތްތެރިވާނީ މިނިސްޓްރީތަކުގެ ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ކަމަށާއި، އެެފަރާތްތަކުން ކައުންސިލް އަދި ޓާސްކުފޯސްތަކާ ގުޅިގެެން މަސައްކަތްްކުރާނީ އަތޮޅުގައި ކޯވިޑް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، މިކަންކަމަށް ދިމާވާ މައްސަލަތަކުގެ ފުރިހަމަ މައުލޫމާތު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެެންޓަރ (އެޗްއީއޯސީ)އާއި އަދި އެހެނިހެން ކަމާބެހޭ އިދާރާތަކަށް ހިއްސާކުރެއްވުމަށް ކަމަށް ބަޔާނުގައި ވަނީ ވިިދާޅުވެެފައެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވީ، މިއީ ކޯވިޑް19 އާ ގުޅިގެން އަތޮޅުތަކުގެ ހާލަތު މޮނީޓާކޮށް އިތުރަށް ހަރުދަނާ ކުރުމަށާއި، ކޯޑިނޭޝަން އިތުރަށް ރަނގަޅުކުރުމަށްޓަކައި ރައީސް ނިންމެވި ނިންމެވުމެއް ކަމަށެވެ.

ރާއްޖޭގައި ކޯވިޑް19ގެ ހާލަތު ގޯސްވެފައި ވާއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކޯވިޑް ފެތުރި، 70 އަށް ވުރެ ގިނަ ރަށް މިހާރުވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރަށްތަކުގައި ކާފިއު ހިންގައި ވަރުގަދަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.