މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް (08:00 އިން 14:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
Topic Archive

#ހެލްތް މިނިސްޓްރީ

294 Stories filed
"ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާޙުކޮށްފި
Raajje

"ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް" އިފްތިތާޙުކޮށްފި

ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވިގޮތެއްގައި މަސައްކަތްކޮށް، ފަރުދުން ބާރުވެރިކޮށް ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމާއި، އެބާވަތުގެ އުޅަނދުފަހަރު ބޭނުންކުރުމަށް ބާރުއެޅުމަށް ސަރުކާރުން ތައާރަފްކުރި “ގްރީން ސްމާޓް އައިލެންޑް ޕްރޮޖެކްޓް” އިފްތިތާޙުކޮށްފިއެވެ. މި ޕްރޮޖެކްޓް އިފްތިތާޙްކޮށްދެއްވީ، ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަކުރުމަށްޓަކައި ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލުގައި ރޭ ބޭއްވި ރަސްމީ ޖަލްސާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. ރޭގެ މޖަލްސާގައި ވަނީ “ގްރީނ...

އުރީދޫ އިން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކަށް ހެލްތު ކިޓު ހަދިޔާ ކުރަނީ
Business

އުރީދޫ އިން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒަކަށް ހެލްތު ކިޓު ހަދިޔާ ކުރަނީ

ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓްކޮށް ސިއްހީ ދާއިރާ ބިނާ ކުރުމުގައި އެއްބާރުލުން ދިނުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ސިއްހީ މަރުކަޒުތަކަށް ހެލްތު ކިޓް ހަދިޔާކުރަން އުރީދޫ މޯލްޑިވްސް އިން ނިންމައިފިއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައިވާ 167 ހެލްތް ސެންޓަރު އަދި ހެލްތް ޕޯސްޓް ތަކަށް މި ކިޓްތައް ހަދިޔާ ކުރާކަން ހާމަކޮށްފައި ވަނީ ހެލްތް މިނިސްޓަރު އަހްމަދު ނަސީމް އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޚާލިދު އަލް-ހަމާދީ އާއި ކުންފުނީގެ އިސް އޮފިޝަލުންނާއި އެކު […]

ބުއްފުޅިއާއި ބުއްފުޅީގެ ތުން ވިއްކަން ބަހައްޓަން ވާނީ ރަޖިސްޓްރީކޮށްގެން ކަމަށް ބަޔާންކޮށް ގަވައިދު އާންމުކޮށްފި
Raajje

ބުއްފުޅިއާއި ބުއްފުޅީގެ ތުން ވިއްކަން ބަހައްޓަން ވާނީ ރަޖިސްޓްރީކޮށްގެން ކަމަށް ބަޔާންކޮށް ގަވައިދު އާންމުކޮށްފި

03 އަހަރުން ދަށުގެ ކުޑަކުދިންނަށް ޙާއްޞަ ކިރުގެ ބާވަތްތަކާއި، 01 އަހަރުން ދަށުގެ ކުޑަ ކުދިންނާއި މާބަނޑު އަންހެނުންނަށާއި، ގާތުންކިރުދޭ މައިންނަށް ޙާއްޞަކޮށް ތައްޔާރުކޮށްފައިވާ ކާނާގެ ބާވަތްތަކާއި އަދި ބުއްފުޅިއާއި ބުއްފުޅީގެ ތުން ވިއްކަން ބަހައްޓަންވާނީ ރަޖިސްޓްރީ ކޮށްގެން ކަމުގައި ހެލްތު މިނިސްޓީން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައި ވަނީ މިއަދު އެ މިނިސްޓްރީން އާންމު ކޮށްފައިވާ “ގާތުންދޭ ކިރުގެ ބަދަލުގައި ކުޑަކުދިންނަށް ދޭ ބާވަތްތައް ދިވެހިރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި، ވިޔަފާރީގައި...

ކުޅުދުއްފުށީގެ އިތުރުން ހއ. އަތޮޅުގެ ތިން ރަށަކަށް އެމްބިއުލާންސް ފޮނުވަނީ
Raajje

ކުޅުދުއްފުށީގެ އިތުރުން ހއ. އަތޮޅުގެ ތިން ރަށަކަށް އެމްބިއުލާންސް ފޮނުވަނީ

ކުޅުދުއްފުށީ ސިޓީއާއި، ހއ. އަތޮޅުގެ ތިން ރަށެއް ހިމެނޭހެން 15 ރަށަކަށް އެމްބިއުލާންސް ފޮނުވަން ތައްޔާރުވަމުން އަންނަކަމަށް ހެލްތް މިނިސްޓްރީން ހާމަކޮށްފި އެވެ. އަތޮޅު ތެރޭގެ ރަށްތަކަށް ބޭނުންވާ 96 އެމްބިއުލާންސް ގެންނަން ސަރުކާރުން ހަވާލު ކުރީ އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ. މިފަހަރު ރަށްތަކަށް ފޮނުވަން ތައްޔާރުވަމުން ދަނީ އެމްބިއުލާންސްތަކުގެ ތިން ވަނަ ބެޗެވެ....

އިހަވަންދޫއާއެކު ތިން ރަށެއްގެ ހޮސްޕިޓަލުގެ އާ އިމާރާތް ހަދާނެ ބަޔަކު ހޯދަނީ
Business

އިހަވަންދޫއާއެކު ތިން ރަށެއްގެ ހޮސްޕިޓަލުގެ އާ އިމާރާތް ހަދާނެ ބަޔަކު ހޯދަނީ

ހއ. އިހަވަންދޫއާއެކު ތިން ރަށެއްގެ ހޮސްޕިޓަލުގެ އާ އިމާރާތް ހަދާނެ ބަޔަކު ހޯދަން ހެލްތު މިނިސްޓްރީން އިއުލާން ކޮށްފިއެވެ. އެ މިނިސްޓްރީ އިއުލާން ކުރީ އިހަވަންދޫގެ އިތުރުން ނ. ކެނދިކުޅުދޫ އާއި ޅ. ހިންނަވަރު ހޮސްޕިޓަލުގެ މަސައްކަތެވެ. މި މަސައްކަތް ހެލްތު މިނިސްޓްރީން ހަވާލު ކުރާނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުންނެވެ. ހެލްތު މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވާ ގޮތުގައި ތިން ހޮސްޕިޓަލުގެ މަސައްކަތަށް އެދި ބިޑް ސެކިއުރިޓީގެ ގޮތުގައި 690،000ރ. ހުށަހަޅަން ޖެހޭނެއެވެ. އަދި ބީލަމުގައި ބައިވެރިވާން  15...

މާފުއްޓާއި، ކުޑަ ހުވަދޫން ވެސް އޮމިކްރޯން ކޭސްތައް ފެނިއްޖެ
Raajje

މާފުއްޓާއި، ކުޑަ ހުވަދޫން ވެސް އޮމިކްރޯން ކޭސްތައް ފެނިއްޖެ

ވެރިރަށް މާލޭގެ އިތުރުން ކ. މާފުއްޓާއި އަދި ދ. ކުޑަހުވަދޫން ވެސް އޮމިކްރޯން ވޭރިއަންޓްގެ ކޭސްތައް ފެނިފައިވާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ވިދާޅުވެއްޖެއެވެ. އެޗްއީއޯސީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ޝާހް މާހިރު ވިދާޅުވީ މާލޭގެ އިތުރުން ކ. މާފުއްޓާއ ކުޑަހުވަދޫން އޮމިކްރޯން ވޭރިއަންޓް ފެނިފައިވާކަމަށެވެ. މީގެއިތުރުން މި ވޭރިއަންޓްގެ 19 ކޭހެއް ފަތުރުވެރިންގެ ތެރެއިން ވެސް ފެނިފައިވާ ކަމަށް އޭނާ ވިދާޅުވ...

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި
Thiladhunmathi News

ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި

ހދ. ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް އިއްޔެ އިފްތިތާޙް ކޮށްފިއެވެ. އިއްޔެ ނޮޅިވަރަންފަރު ޞިއްޙީ މަރުކަޒު ގައި ބޭއްވުނު ރަސްމިއްޔާތެއްގައި، މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލްއެވެ. ހދ. އަތޮޅުގެ ސިއްހީ ޚިދުމަތްދޭ ތަންތައް ހިންގަމުން އަންނަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޓަލް (ކޭއާރުއެޗް)ގެ ބަލަދުވެރިކަމުގެ ދަށުންނެވެ. މި ޚިދުމަތް ފެށިގެން ދިޔުމާއި ގުޅިގެން ކޭއާރުއެޗްއިން ވިދާޅުވީ، ނޮޅިވަރަންފަރު ސިއްހީ މަރުކަޒުގައި ފެށިގެން ދި...

ށ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފި

ށ. ފުނަދޫގައި ހުންނަ ށ. އަތޮޅު ހޮސްޕިޓަލްގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފިއެވެ. މިނިސްޓްރީ އޮފް ހެލްތުން އިން މި މަސައްކަތް ހަވާލުކޮށްފައި ވަނީ، ކުރިނޮޒޯ ގްރޫޕް ޕްރައިވެޓް ލިމިޓެޑްއާއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށް، އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރަށްވައެވެ. މި އިމާރަތް ނިމުމުން ށ. އަތޮޅު ހޮސްޕިޓަލުން ޑައިލިސިސްގެ ޚިދުމަތާއި، އިތުރު އޯޕީޑީ ރޫމްތަކާއި، ޕަބްލިކު ހެލްތު ޔުނިޓާއި އަދި ހެލްތު އެޑިއުކޭޝަން ދިނުމަށް ހޯލެއް ޤާއި...

އަސާސީ ބޭސްތައް ފާމަސީތަކުގައި ހުސްނުވެ، ލިބެން ހުންނަންޖެހޭނެ ކަމަށް އަންގައިފި
Raajje

އަސާސީ ބޭސްތައް ފާމަސީތަކުގައި ހުސްނުވެ، ލިބެން ހުންނަންޖެހޭނެ ކަމަށް އަންގައިފި

ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް އަބަދުވެސް ފާމަސީތަކުން ލިބެން ހުންނަންޖެހޭނެ ކަމަށް ހެލްތު މިނިސްޓްރީއިން ފާމަސީތަކަށް އަންގައިފިއެވެ. މިގޮތުން ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކޮށްފައިވާ ޢިއުލާނެއްގައި ބުނީ، ފާމަސީތަކުގައި ހުންނަން ޖެހޭ އަސާސީ ބޭސް ލިސްޓަކީ އަބަދުވެސް މެދު ނުކެނޑި ރައްޔިތުންނަށް ބޭނުންވާ ކޮންމެ ވަގުތެއްގައި ފަސޭހަ ކަމާއި އެކު ފާމަސީ ތަކުގައި ކޮންމެހެން ލިބެން ހުންނަން ޖެހޭ ބޭސްތަކެއް ކަމަށެވެ. ނަމަވެސް ރައްޔި...

އާ އެންބިއުލާންސެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް: ފޯކައިދޫ ސިއްހީ މަރުކަޒު
Thiladhunmathi News

އާ އެންބިއުލާންސެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް: ފޯކައިދޫ ސިއްހީ މަރުކަޒު

ސަރުކާރުން ށ. ފޯކައިދޫއަށް ފޮނުވި އާ އެންބިއުލާންސެއް މިއަދު އެރަށަށް ލިބިއްޖެއެވެ. ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތައް ރަށްތަކަށް ފުރުވާލީ ނިމުނު އޮކްޓޯބަރުގެ 30 ވަނަ ދުވަހުއެވެ. 20 ރަށަކަށް ފޮނުވި މި އެމްބިއުލާންސްތައް ރަށްތަކަށް މިހާރު ފޯރަމުންދާއިރު، މީގެތެރޭގައި ފޯކައިދޫ ހިމެނޭހެން ބޮޑު ތިލަދުންމަތީގެ 6 ރަށެއް ހިމެނެއެވެ. ފޯކައިދޫއަށް ފޮނުވި އެމްބިއުލާންސް ލިބުމާގުޅިގެން ފޯކައިދޫ ސިއްހީ މަރުކަޒުން ވިދާޅުވީ، ރައްޔިތުން...

ބޮޑު ތިލަދުންމަތީގެ 6 ރަށް ހިމެނޭހެން 20 ރަށަކަށް އެންބިއުލާންސް ފޮނުވައިފި
Thiladhunmathi News

ބޮޑު ތިލަދުންމަތީގެ 6 ރަށް ހިމެނޭހެން 20 ރަށަކަށް އެންބިއުލާންސް ފޮނުވައިފި

ބޮޑު ތިލަދުންމަތީގެ 6 ރަށް ހިމެނޭހެން 20 ރަށަކަށް އެންބިއުލާންސް ފޮނުވައިފި އެވެ. ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސްޓީއޯ) އާއި ހަވާލުކޮށްގެން ގެނައި މި އެމްބިއުލާންސްތައް ފޮނުވާފައިވާ ހއ. އަތޮޅުގެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. އުލިގަމާއި ފިއްލަދޫ އެވެ. ހދ އަތޮޅުން ހިމެނެނީ ހދ. މަކުނުދޫ އާއި ހދ. ނޮޅިވަރަމެވެ. ށ. އަތޮޅުން ފޮނުވީ ފޯކައިދޫއާއި މަރޮއްޓަށެވެ. މީގެ އިތުރުން އެންބިއުލާންސް ފޮނުވާފައި ވަނީ ނ. މިލަދޫއާއި އެއަތޮޅު ހެނބަދޫއަށެވެ. ރ. އިނގުރައިދޫ، ޅ. ކުރެންދޫ، […]

3 ދުވަސްތެރޭގައި ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވަން ފެށޭނެ: ހެލްތު މިނިސްޓްރީ
Raajje

3 ދުވަސްތެރޭގައި ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވަން ފެށޭނެ: ހެލްތު މިނިސްޓްރީ

ކުރިއަށް އޮތް 3 ދުވަސްތެރޭގައި ރަށްރަށަށް އެމްބިއުލާންސްތައް ފޮނުވަން ފެށޭނެ ކަމަށް ހެލްތު މިނިސްޓަރީން ވިދާޅުވެއްޖެއެވެ. ހެލްތު މިނިސްޓްރީން މިއަދު ވިދާޅުވީ، އަތޮޅުތެރޭގައި ބޭނުންކުރުމަށް އެސް.ޓީ.އޯ މެދުވެރިކޮށް ގެނެވިފައިވާ 20 ވިހި އެމްބިއުލާންސްގެ ފުރަތަމަ ޝިޕްމަންޓް، އަތޮޅުތެރެއަށް ފޮނުވުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަށްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން އިދާރީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށްފަހު ކުރިއަށް އޮތް 3 ދުވަސްތެރޭގައި އެމްބިއުލަންސްތައް ފޮނުވަން ފެށޭނެ ކަމަށް...

ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. އަތޮޅު ހޮސްޕިޓަލުން އަނެއްކާވެސް ކަރުގެ ސާޖަރީއެއް ކާމިޔާބު ކަމާއެކު ނިންމާލައިފި އެވެ. “ޓޯޓަލް ސަބްމެންޑިބިއުލާރ ސިއަލޮޑެނެކްޓޮމީ” ނަމަކަށް ކިޔާ މި ސާޖަރީ ކާމިޔާބު ކަމާއެކު ނިންމާލި މީ ތިންވަނަ ފަހަރެވެ. މި ސާޖަރީ އަކީ ކަރާ އަދި ބޮލުގައި އުފެދޭ ޓިއުމަރ އަދި އެ ސަރަހައްދުން ހިސާބެއް އިންފްލެމޭޓް ވެގެން ކުރާ ސަޖަރީ އެކެވެ. އެ ހޮސްޕިޓަލުން ކުރި ސާޖަރީ އަކީ ‘ސަބްމެންޑިބިއުލާރ ގްލޭންޑް’ ނަމަކަށް ކިޔާ އަނގައިގާ ކުޅު އުފައްދާ މައިގަނޑު 3 ގްލޭންޑްގެ […]

ޖަޕާނުން ރާއްޖެއަށް 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާކޮށްފި
Raajje

ޖަޕާނުން ރާއްޖެއަށް 112،000 ޑޯޒުގެ އެސްޓްރަޒެނެކާ ވެކްސިން ހަދިޔާކޮށްފި

ދުނިޔޭގެ ފަގީރު އަދި މެދު ފަންތީގެ ގައުމްތަކަށް ވެކްސިން ފޯރުކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް، ޖަޕާނުން ރާއްޖެއަށް ލައްކަ އަކަށް ވުރެ ގިނަ ޑޯޒު ވެކްސިން ހަދިޔާ ކޮށްފިއެވެ. ޖަޕާނުން ރާއްޖެއަށް ހަދިޔާ ކޮށްފައި ވަނީ 112،000 ޑޯޒްގެ އެސްޓްރާޒެނެކާ ވެކްސިނެވެ. މި ވެކްސިން ހަދިޔާކޮށްފައިވަނީ ޖަޕާނުގެ “ލާސްޓް ވަން މައިލް ސަޕޯޓް”ގެ ދަށުންނެވެ. ފޮރިން މިނިސްޓްރީގައި މިއަދު ހެނދުނު އޮތް ރަސްމިއްޔާތުގައި، ދިވެހި ސަރުކާރުގެ ފަރާތުން ވެކްސިނާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަ...

އަނެއްކާވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައިފި
Raajje

އަނެއްކާވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓައިފި

ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 13 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ. މިފަހަރު ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރީ އަންނަ ސެޕްޓަމްބަރު މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ. ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރަށްވާ މިއަދު މެންދުރު އާންމުކުރެއްވި ”އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް ޢިއުލާން ކުރާ ގަރާރު” ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި 2...