އަޅުގަނޑުގެ އިހުމާލު އޮތް ހިސާބެއް އެނގެންޖެހޭ: ނަސީމް

Kerafa Naseem

ތުއްތު މިޝްކާ ނިޔާވި މައްސަލާގައި އޭނާގެ އިހްމާލެއް އޮތް ހިސާބެއްވެސް ސާފުވާން ޖެހޭކަމަށާއި، އެހެންކަމުން އޭނާ މަގާމުން އިސްތިއުފާ ދެއްވަންޖެހޭކަން އަދި އެނގިވަޑައި ނުގަންނަވާކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ދިޔަ  ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިޝްކާ ނިޔާވުމުގެ ކަމާބެހޭ ފަރާތްތަކުގެ އިހުމާލު އެބައޮތް ކަމަށާއި ތަހުގީގު ކުރިޔަށްދާ ކަމަށެވެ. އަދި މިރޭގެ ވަގުތެއްގައި ރިޕޯޓް އާންމުކޮށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމުގައި މިނިސްޓަރުގެ އިހުމާލުއޮތްކަން ގަބޫލުކޮށް އިސްތިއުފާ ދެއްވާނަންތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވަން ޖެހޭކަން އަދި އެނގިވަޑަައިނުގަންނަވާ ކަމަށެވެ.

"އަޅުގަނޑަކަށް ނޭނގެ އަޅުގަނޑު އިސްތިއުފާ ދޭންޖެހޭކަމެއް، އަޅުގަނޑުގެ އިހުމާލެއް މީގެތެރޭގައި އޮތީ ކޮން ހިސާބަކުންތޯވެސް އެނގެންޖެހޭ ނޫންތޯ، ހެލްތު މިނިސްޓްރީއަކީ 8 ހާސް މީހުން މަސައްކަތްކުރާ ތަނެއް އިނގޭތޯ، ސިވިލްސާވިސް 21 ނޫނީ 22 ޕަސެންޓް މީހުން އުޅޭނީ ހެލްތު މިނިސްޓްރީގައި، އެހެންވީމަ މިވަރުބޮޑު ވުޒާރާއެއްގައި، އަޅުގަނޑުމެންގެ އިމާރާތުގަ އެކަނިވެސް މަސައްކަތްކުރޭ 480 އެތައް މީހުންނެއް، އެހެންވީމަ އެހުރިހާ މީހުންގެ ފަރާތުން ވާކަމެއްގައި އަޅުގަނޑުތޯ އެ ޒިންމާ ނަގަންޖެހޭނީ، އެވެސް އަޅުގަނޑުއަމިއްލައަށް އަޅުގަނޑަށް ކުރަންޖެހޭ ސުވާލެއް، ކަންތައްތައް ހިންގުމަށް ނުކޮށް މީހުންނަށް ދޫކޮށްލާފައި އޮތްކަމަށް ވަނިވިއްޔާ އެއީ ވަރަށްބޮޑު އިހުމާލެއް، ކަންކަންތައް ހިނގާގޮތް އަޅުގަނޑު ބަލައިގެން ކަމެއް ދިމާވީމާ ގެންނަންޖެހޭ އިސްލާހުތައް ނުގެންނަކަމަށް ވަނީވިއްޔާ އެއީ އަޅުގަނޑުގެ އިހުމާލެއް، އަޅުގަނޑު ބަލާނަން ތިކަންތައްތައް އިނގޭތޯ" މިނިސްޓަރު ނަސީމް ވިދާޅުވިއެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަބަދުވެސް ދަނީ ކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރަށްވަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކޯވިޑް ބަލީގައި މާލޭ ސިޓީގައި ރޭ ނިޔާވި ހދ. ކުޅުދުއްފުށީ ސިޓީއަށް ނިސްބަތްވާ 10 އަހަރުގެ ކުއްޖާއަކީ ކޯވިޑަށް ޕޮޒިޓިވްވުމުން ގޭގައި ކަރަންޓީނުގައި ހުރި އަންހެން ކުއްޖެކެވެ. އެކުއްޖާގެ މަންމައާއި، ބައްޕަ ވެސް ތިބީ އެ ބަށްޔަށް ޕޮޒިވްވުމުން އެކުއްޖާއާއިއެކު ކަރަންޓީނުގައެވެ.

އެކުއްޖާގެ ހާލު ގޯސްވެގެން ގުޅުމުން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދަން އެމްބިއުލާންސަށް ދެވުނީ، ޢާއިލާއިން ގުޅިތާ 2 ގަޑިއިރާއި 40 މިނެޓްފަހުން ކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ހީހީހަލާކު ޒިންމާ އެއެޅުވީ އަޅުގަނޑުމެން ބޮލުގަ.. ގޭގަ އޮތްނަމަ އެސުވާލު އަޅުގަނޑުމެން ނުކުރާނެ.. ތިބޭފުޅާ ހުރީ ހަވާލުވެ.. ނުވާކަން އެނގޭނެ މިވަރަކަށް ލަދެއްހުރިއްޔާ މިއަދު ތިމަޤާމުގަ ނުހުންނާނެ..

  2. ތިޔައީ މިނިސްޓަރު އިހުމާލާއި ހަވާލުވަން ގޮސްތިޔަހުރީ.. ނުވީމަ އިސްތިއުފާދީ..ނުވި ތިކަމެއް

  3. ރަށްރަށުގެ މަރުކަޒުތައް ހުރީ ވަރަށްހާލުގަ.. އެމީހުން ބުނަނީ ތިބޭފުޅާއަކަށް ނުވެޔޭ.. ހުސް ތާރީހޭދެނީ.. އިސްތިއުފާދީ

  4. މަނިކުފާނު ހަވާލުވިފަހުން މި ސިއްހީ ނިޒާމު ހަލާކުވެއްޖެ.. ކުރެވުނު އެއްކަމެއްވެސް ނެތް… ދުރައްވަޑައިގަންނަވާ..

  5. އިހުމާލެއްނެތް. ލަދުން ހަލާކު. ކޭކޭދޯ ބުނާނި. މަޤާމުގަ ހުންނަން.. އަދިވެސް.

  6. ނާ ޤާބިލު މީހެއް ތިކަން އަވަހަށް އެހެން އެމް.ޑީ.ޕީި އަކާ ހަވާލުކުރޭ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި