ކުޅުދުއްފުށީ ހޮސްޕިޓަލަށް ބަދަލުތައް ގެނައުމުގެ މަސައްކަތް މި މަހުގެ 5 ވަނަދުވަހު ފަށަނީ
ހދ.ކުޅުދުއްފުށީ ހޮސްޕިޓަލުގެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތަކުގެ އަމަލީ މަސައްކަތް މި މަހުގެ ފަސް ވަނަ ދުވަހު ފަށާނެ ކަމަށް ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުޅުދުއްފުށީގައި މިހާރު ހުރި ހޮސްޕިޓަލުގެ ފެންވަރު ރަނގަޅު ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި އެ ހޮސްޕިޓަލަށް ބޭނުންވާ ސުޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ޑޮކްޓަރުންނާ...