ދިވެހި ސަރުކާރާއި، ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާއި ވެވުނު އެއްބަސްވުމުގެ ދަށުން ރާއްޖެއިން ގަންނަން އެއްބަސް ވެފައިވާ 2 ޑޯޒު ލައްކަ ކޮވިޝީލްޑް ވެކްސިންގެ ތެރެއިން 1 ލައްްކަ ޑޯޒު މިއަދު ރާއްޖެ ގެނެސްފިއެވެ.

ރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތުއާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާއި އެކު މި އެއްބަސްވުން ގާއިމުކޮށްފައި ވަނީ 23 މާޗް 2021 ގައެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން (ChAdOx1 nCoV-19) ކޮރޯނާ ވައިރަސް ވެކްސިން (ރިކޮމްބިނެންޓް) ކޮވިޝީލްޑް ވެކްސިންގެ 200،000 ދިވެހިރާއްޖެއިން ގަނެފައިވެއެވެ.

މިއަހަރުގެ ޖަނުއަރީ އަދި ފެބްރުއަރީ މަހުގައި އިންޑިއާގެ ސަރުކާރުން ވަނީ ދިވެހިރާއްޖެއަށް 200000 ކޮވިޝީލްޑް ވެކްސިން ޑޯޒު ހަދިޔާކޮށްފައެވެ. އަދި ކޮވެކްސް (COVAX) ފެސިލިޓީއިންވެސްވަނީ ދިވެހިރާއްޖެއަށް 12،000 ކޮވިޝީލްޑް ވެކްސިން ޑޯޒު ލިބިފައެވެ.

މީގެއިތުރުން ޗައިނާ ސަރުކާރުން ހަދިޔާކުރި ސައިނޯފާމް ވެކްސިންގެ1 ލައްކަ ޑޯޒްވެސް ވަނީ ރާއްޖެ ގެނެސްފައެވެ. އެ ޤައުމުން އަދި އިތުރު 1 ލައްކަ ޑޯޒު ހަދިޔާ ކުރުމަށް ވަނީ ނިންމާފަ އެވެ.

ރާއްޖެގައިވަނީ، މި ދެ ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނަށްވެސް ހުއްދަ ދީފަ އެވެ.

ރާއްޖޭގައި މިވަގުތު ދެމުން ދަނީ، ވެކްސިންގެ ފުރަތަމަ ޑޯޒްއެވެ. ލަހެއްނުވެ ދެވަނަ ޑޯޒް ފަށާނެކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ވަނީ ބުނެފައެވެ.