ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 13 ވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މިފަހަރު ކުއްލި ނުރައްކަލުގެ މުއްދަތު އިތުރު ކުރީ އަންނަ ޖޫން މަހުގެ ތިންވަނަ ދުވަހުގެ ނިޔަލަށެވެ.
ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ސޮއިކުރަށްވާ މިއަދު މެންދުރު އާންމުކުރެއްވި ''އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރަށް ދެމެހެއްޓުމަށް ޢިއުލާން ކުރާ ގަރާރު'' ވިދާޅުވެފައި ވަނީ ރާއްޖޭގައި ކޯވިޑް-19 ފެތުުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި 12 މާޗުގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަަލުގެ ހާލަތު އަދިވެސް ދެމިއެބައޮތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައި ވާކަމަށެވެ.
އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކަތެރިކަން ކަށަވަރު ކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ލަފާ ދެއްވާފައި ވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަކަށް ލިބިދޭ ބާރުގެ ދަށުން 12 މާޗު 2020 އިން ފެށިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 5 މާރިޗް 2021ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ.
ކޯވިޑް19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައިވަނީ 12 މާޗުގައެވެ. 30 ދުވަހަށް އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުު އެކި ފަހަރުމަތިން އިތުރު ކޮށްފައިވާއިރު، އެންމެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިފަހުން، އެ މުއްދަތު ހަމަވާނީ މިރޭ 12:00ގެ ނިޔަލަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ޢިއުލާން ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 13 ވަނަ ފަހަރަށް އިތުރުކުރިއިރު، ރާއްޖޭގައި ކޯވިޑްގެ ހާލަތު އަނެއްކާ ވެސް ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!