އަތޮޅުތެރޭގެ 12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.
ހެލްތު މިނިސްޓްރީއިން ވިދާޅުވީ، 12 ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ ޑިޒައިން އަދި ބީއޯކިއުގެ މަސައްކަތް މިހާރު ނިންމާފައިވާ ކަމަށެވެ.
މިގޮތުން އަލަށް ހޮސްޕިޓަލްތަރައްޤީކުރުމަށް ނިންމާފައިވާ ރަށްތަކުގެ ތެރޭގައި ހިމެނޭ ތިލަދުންމަތީގެ ހއ. އަތޮޅުގެ ރަށްތަކަކީ އިހަވަންދޫއާއި ހޯރަފުއްޓެވެ. ހދ. އިން ހަނިމާދޫ އެ ލިސްޓްގައި ހިމެނޭއިރު، ށ. އަޮޅުން މިލަންދޫ ވެސް އެ ލިސްޓްގައި ހިމެނެއެވެ.
އެ ލިސްޓްގައި އިތުރަށް ހިމެނޭ ރަށްތަކަކީ، ނ.ވެލިދޫ، ނ.ކެނދިކުޅުދޫ، ބ.ތުޅާދޫ، ޅ.ހިންނަވަރު، ފ.ނިލަންދޫ، ތ.ވިލިފުށި، އދ.މާމިގިލީ، އަދި ގދ.ގައްދޫ އެވެ.
އެ ހޮސްޕިޓަލްތަކުގެ ކުރެހުންތަކާ ބީއޯކިއު، ހިލޭސާބަހަށް ތައްޔާރުކޮށްދެއްވީ ށ. މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާގެ އެހީތެރިކަމާއެކުކަމަށް ހެލްތު މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަދި އެކަމަށްޓަކައި އެ މިނިސްޓްރީން ވަނީ އޭނާއަށް ޝުކުރު އަދާކުރަށްވާފަ އެވެ.
12 ރަށެއްގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ ޑިޒައިން އަދި ބީއޯކިއު ނިންމާ މިނިސްޓްރީއާއި ހަވާލުކުރުން. pic.twitter.com/pietJK0fmS
— Ministry of Health (@MoHmv) March 21, 2021
12 ރަށެއްގެ ސިއްހީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ބަދަލުކުރަން ސަރުކާރުން ނިންމެވިއިރު، މި ހާރުވެސް ރާއްޖޭގެ5 ސަރަހައްދެއްގައި ޓާޝިއަރީ ހޮސްޕިޓަލްތައް އިމާރާތްކުރުމަށް ވަނީ ބިޑަށް ހުޅުވާލައި މުއްދަތުވެސް ހަމަވެފައެވެ. އަދި އެކި ރަށްތަކުގައި ހޮސްޕިޓަލް އެޅުމުގެ މަޝްރޫޢޫތައް މިހާރުވެސް އިއުލާން ކުރެވިފައިވާއިރު، އަތޮޅުތެރޭގެ ގިނަ ސިއްހީ ހިދުމަތްދޭ ތަންތަން އަޕްގްރޭޑްކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!