ހަނިމާދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަންގެ ތަމްރީން ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައިފި
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަންގެ ތަމްރީން ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މި ޕްރޮގްރާމަކީ މިދިޔަ ޖުލައި މަހު ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރ ކޯސް ފުރިހަމަކުރި އިލްހާމް މޫސާ/ ހދ.ހަނިމާދޫގެ އިސްނެންގެވުމުގެ މަތީން ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި، ހަނިމާދޫ ޕޮލިސް ގުޅިގެން އަދި ހަނިމާދޫ ސްކޫލުގެ އެހީތެރިކަމާއިއެކު ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. ޖުމްލަ 41 ބައިވެރިންނާއިއެކު މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮ...