ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ތަޖުރިބާ ދަތުރެއް އިހަވަންދޫއަށް
އޭސިއާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނޭ ތަޖުރިބާގެ ދަތުރު އެ ޖަމިއްޔާއިން މިއަދު ހއ. އިހަވަންދޫއަށް ކޮށްފިއެވެ. މި ދަތުރުގައި އެ ޖަމިއްޔާއިން ހަނިމާދޫގައި ހިންގަމުން އަންނަ ސަޢާދާ ޕްރީސްކޫލުގެ ހަތަރު މުދައްރިސުންނާއި އެ ސްކޫލުގެ ޕީޓީއޭ ހަތް މެމްބަރުންގެ އިތުރުން ޖަމިއްޔާގެ ހަ މެމްބަރުންނާއިއެކު ޖުމްލަ 17 މީހުން ވަނީ ބައިވެރިވެފައެވެ. މި ދަތުރުގައި އިހަވަންދޫގައި ގައި ފަށާ ތަޢުލީމް ފޯރުކޮށް ދިނުމުގެ ގޮތުން އަމިއްލަ...