Skip to main content
Topic Archive

#ހދ. ކުޅުދުއްފުށި

290 Stories filed
ކުޅުދުއްފުށީގައި ހުރި ދުވަސްވީ 8 ގަހެއް ހިމާޔަތް ކޮށްފި
Raajje

ކުޅުދުއްފުށީގައި ހުރި ދުވަސްވީ 8 ގަހެއް ހިމާޔަތް ކޮށްފި

ކުޅުދުއްފުށީ ސިޓީގައި ހުރި ދުވަސްވީ އަދި ފާހަގަކުރެވޭ 8 ގަހެއް ސިޓީ ކައުންސިލުން ޙިމާޔަތްކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ ކުޅުދުއްފުށި ސިޓީ ކައުންސިލުގައި މިދިޔަ ނުދަ ދުވަހު ބޭއްވި ހަތަރުވަނަ ދައުރުގެ 206 ވަނަ އާންމު ބައްދަލުވުމުގައެވެ.އަދި މި ނިންމުމުގެ ދަށުން ރަށުގެ އިރުމަތީ ފަރާތުން 5 ނިކަ ގަހާއި 3 ކަނދުގަސް ޙިމާޔަތްކުރުމަށް ވަނީ ފާސްކޮށްފައެވެ. އެގޮތުން މި މަސައްކަތަކީ، “ފިނިފެހިސިޓީ” އިނީޝިއޭޓިވްގެ ދަށުން، މި އަހަރުގެ ތިމާވެށީގެ ދުވަހާ ގުޅުވައިގެން ހިންގުނު ޙަރަކާތެކެވެ. ކުޅުދުއްފުށީ...

ކަރަންޓް ބިލް ބޮޑުވުމުގެ ސަބަބުން ކުޅުދުއްފުށީ ރައްޔިތުންގެ ކަންބޮޑުވުން
Thiladhunmathi News

ކަރަންޓް ބިލް ބޮޑުވުމުގެ ސަބަބުން ކުޅުދުއްފުށީ ރައްޔިތުންގެ ކަންބޮޑުވުން

ކުޅުދުއްފުށި ސިޓީގެ ބައެއް ސަރަހައްދުތަކުގެ ގޭގޭގައި މި މެއި މަހު ލިބުނު ކަރަންޓް ބިލު އަދަޔާ ހިލާފަށް ބޮޑުވުމުގެ ސަބަބުން ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި މެއި މަހުގެ ކަރަންޓް ބިލު އައި އިރު އޭގެ ކުރީ މަހުގެ ބިލްތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ބުނެ ރައްޔިތުން ވަނީ މީސްމީޑިއާގައި އެ ގެއެއްގެ ބިލް ހިއްސާކޮށް އަޅާކިއާފައެވެ. އަދި ބިލް ބޮޑުވުމުގެ ސަބަބުން މި ކަން މެދުވެރިވާންވީ ކީއްވެގެންތޯ ސުވާލުކޮށް ޝަކުވާ ހުށަހަޅާފައިވެއެވެ. އެގޮތުން […]

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ފޮޓޯގްރަފީ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ފޮޓޯގްރަފީ ވޯކްޝޮޕް ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އިންފިނިކާ އެކަޑެމީ ގުޅިގެން ކުރިއަށް ގެންދިޔަ ބޭސިކް ޕޮޓޯގްރަފީ ވޯކްޝޮޕް ނިންމާލައި، ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މުޅި ޖުމްލަ 26 ބައިވެރިންނާއެކު މި މަހު 21 އިން 24 އަށް ކުރިއަށް ގެންދިޔަ މި ވޯކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ އާދަމް ނާއިފް އެވެ. އަދި ނިންމުމުގެ ރަސްމިޔަތުގައި ނާއިފް ވަނީ ވޯކްޝޮޕްގެ ބައިވެރިން ދެއްކި ހުނަރާއި އުފެއްދުންތެރިކަން ފާހަގަކޮށް، ބައިވެރިން ވޯކްޝޮޕްގެ ތެރޭގައި ކޮށްފައިވާ މަސައްކަތްތައް ދައްކާފައެވެ. އެގޮތުން މި ވޯކ...

ތިލަދުންމަތީ ފެތުމުގެ މުބާރާތް ކުޅުދުއްފުށީގައި ފަށައިފި
Thiladhunmathi News

ތިލަދުންމަތީ ފެތުމުގެ މުބާރާތް ކުޅުދުއްފުށީގައި ފަށައިފި

ތިލަދުންމަތީ އިންޓަރ ސްކޫލް ފެތުުމުގެ މުބާރާތް 2025 މިއަދު ކުޅުދުއްފުށީ ސިޓީގައި ފަށައިފިއެވެ. މި މުބާރާތް ކުރިއަށް ގެންދަނީ ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެންނެވެ. ސްކޫލް ދަރިވަރުންގެ ފެތުމުުގެ ހުނަރުވެރިކަމާއި ޤާބިލުކަން އިތުރުކޮށް ފެތުމުގެ ދާއިރާއިން ހުނަރުވެރި ޒުވާނުން ބިނާކުރުމުގެ މަޤުސަދުގައި ފެށި މި މުބާރާތުގައި މި އަހަރު 16 ސްކޫލަކުން 309 ދަރިވަރުން ބައިވެރިވެފައިވެއެވެ. ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މި މުބާރާތް ކުރިއަށް ދާނީ...

ރާއްޖޭގައި ފުރަތަމަ ޑިޒާސްޓަރ ޕްލޭނެއް އިފްތިތާހްކުރުމުގެ ޝަރަފާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތާރީޚްގެ ތެރެއަށް
Thiladhunmathi News

ރާއްޖޭގައި ފުރަތަމަ ޑިޒާސްޓަރ ޕްލޭނެއް އިފްތިތާހްކުރުމުގެ ޝަރަފާއެކު ކުޅުދުއްފުށީ ސިޓީ ކައުންސިލުން ތާރީޚްގެ ތެރެއަށް

ކުޅުދުއްފުށި ސިޓީގައި، ރާއްޖޭގެ ފުރަތަމަ “ޑިޒާސްޓަރ މެނޭޖްމަންޓް ހެޒާރޑް މިޓިގޭޝަން އެންޑް ކްލައިމެޓް ޗޭންޖް ޕްލޭން” ރަސްމީކޮށް އިފްތިތާޙްކޮށް، ތާރީޚްގެ ތެރެއިން ޖާގަ ހޯދައިފިއެވެ. އެގޮތުން މި ޕްލޭން އިފްތިތާޙްކޮށްފައިވަނީ މި މަހު 19 އިން 20 އަށް ބޭއްވި އުތުރު ސަރަޙައްދުގެ ކާރިސީ ހިރާސް ކުޑަކުރުމުގެ މަހާސިންތާގައެވެ. މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި މި ޕްލޭން ރަސްމީކޮށް އިފްތިތާޙުކުރެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުޙައްމަދު އާޠިފް އެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ފާހަގަކޮށްފައިވާ ގ...

ކުޅުދުއްފުށީ ޕޯޓް ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Raajje

ކުޅުދުއްފުށީ ޕޯޓް ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށި ސިޓީ ޕޯޓް އެކްސްޓެންޝަން ޕްރޮޖެކްޓް ފެށުމަށްޓަކައި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާ އާއި މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) އާއި ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިގްތިސާދީ ވުޒާރާގެ ވަޒީރު މުޙައްމަދު ސަޢީދު އެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ މި ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، (ސީއީއޯ) މުޙައްމަދު ރިޝްވާން އެވެ. އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވުޒާރާއިންނާއި އެމްޕީއެލްއިން ނެރުނު...

ކުޅުދުއްފުށީގައި ދަރިވަރަކު ދުއްވި ސައިކަލެއް ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެއްޓެއް
Thiladhunmathi News

ކުޅުދުއްފުށީގައި ދަރިވަރަކު ދުއްވި ސައިކަލެއް ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެއްޓެއް

ކުޅުދުއްފުށި ސިޓީިގައި ސްކޫލް ކުއްޖެއް ބާރު ސްޕީޑެއްގައި ދުއްވާފައި ދިއަ ސައިކަލެއް ކޮންޓްރޯލް ނުވެގެންގޮސް ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ. މިއަދު މެންދުރު ގާތްގަނޑަކަށް 1 ޖަހާ އެހާކަށް ހާއިރު މި އެކްސިޑެންޓް ހިނގީ ސްކޫލް ނިންމުމަށްފަހު ކުއްޖާ އެކަނި ގެޔަށް ދިޔަ މަގުމަތީގައެވެ. މައުލޫމާތު ލިބޭގޮތުގައި މި ކުއްޖާއަކީ ޖަލާލުއްދީން ސްކޫލް ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ. މަންޒަރު ދުށް ކުޅުދުއްފުށީ ލައިސަންސް ނަގާ ތަނުުގައި ތިބި ބައެއް މީހުން […...

ރައްވެހިންގެ ސައްލާގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ބައިވެރިވެއްޖެ
Thiladhunmathi News

ރައްވެހިންގެ ސައްލާގައި ކުޅުދުއްފުށި ސިޓީ ކައުންސިލުން ބައިވެރިވެއްޖެ

އއ އުކުޅަހުގައި ބޭއްވި “ރައްވެހިންގެ ސައްލާ” ގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެއްޖެއެވެ. މި ސައްލާގައި ކުޅުދުއްފުށި ސިޓީ ކައުންސިލް ތަމްސީލް ކުރެއްވީ ކައުންސިލަރ ޢާތިފާ އަލީ އާއި ރިލްވާން މުޙައްމަދު އަދި ސެކްރެޓަރީ ޖެނެރަލް އަބްދުالله އާދަމް އެވެ. އޭޕްރީލް 12 އަދި 13، މި ދެދުވަހު ބޭއްވުނު މި ސައްލާއަކީ ޔޫ.އެން.ޑީ.ޕީ މޯލްޑީވްސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ރައްޔިތުންގެ ބައިވެރިވުމާއި ލޯކަލް ގަވަނަންސް އާއި ބެހޭގޮތުން ބޭއްވުނު ސައްލާއެކެވެ. އެގޮތުން […]

ކުޅުދުއްފުށީގައި ގޯތިތަކުގެ އިންފާރުން ބޭރުގައި އިންދާފައިވާ ގަސްތައް ނަގަން އަންގައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ގޯތިތަކުގެ އިންފާރުން ބޭރުގައި އިންދާފައިވާ ގަސްތައް ނަގަން އަންގައިފި

ކުޅުދުއްފުށި ސިޓީގެ ގޯތިތަކުގެ މަގުފާރު ކައިރި ބޭރުގައި އެކި ބާވައްތަކުގެ ގަސްތައް އިންދައި، ގަސް ހެއްދުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާތީ، ވީ އެންމެ އަވަހަކަށް ގަސްތައް ނެގުމަށް ސިޓީ ކައުންސިލުން އިލްތިމާސްކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވާގޮތުން، މި ކަމުގެ ޝަކުވާ ތަކުރާރުކޮށް ކައުންސިލަށް ދަނީ ހުށަހެޅެމުންނެވެ. އެހެންކަމުން، އިންފާރުން ބޭރު މަގުގައި ގަސް ހައްދާފައިވާ ގޯތިތަކުން ވީ އެންމެ އަވަހަކަށް އެ ގަސްތައް ނެގުމަށް އިއުލާނުގައި އ...

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ސްކޭޓް ކުރަން ދަސްކޮށްދޭ ތަމްރީނު ކާމިޔާބުކަމާއެކު ނިންމާލައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ކުރިއަށް ގެންދިޔަ ސްކޭޓް ކުރަން ދަސްކޮށްދޭ ތަމްރީނު ކާމިޔާބުކަމާއެކު ނިންމާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލާއި ސްކޭޓްކުރާ ޒުވާނުންނާއި ގުޅިގެން 8 އަހަރުންމަތީގެ ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސްކޭޓް ކުރަން ދަސްކޮށްދޭ ތަމްރީނު ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. އޭޕްރީލް 11 އިން 13 އަށް ކުޅުދުއްފުށި ސިޓީ ސްކޭޓް ޕާކުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ޖުމްލަ 30 ދަރިވަރުން ވަނީ ތަމްރީން ވެފައެވެ. މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވުނު ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ އަދި ކައުންސިލަރުންވަނީ ބައިވެރިވެވަޑައިގަންނާފައެވެ. އެގޮތުން މި ރަސްމ...

ގަސް މުށްޓެއްގެ ތެރޭގައި ފޮރުވައިގެން ކުޅުދުއްފުށްޓަށް ޑްރަގް ގެންދިޔަ މީހަކު އުމުރަށް ޖަލަށް
Thiladhunmathi News

ގަސް މުށްޓެއްގެ ތެރޭގައި ފޮރުވައިގެން ކުޅުދުއްފުށްޓަށް ޑްރަގް ގެންދިޔަ މީހަކު އުމުރަށް ޖަލަށް

ގަސް މުށްޓެއްގެ ތެރޭގައި ފޮރުވައިގެން ހދ. ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރަށް ޖަލަށްލާން އެރަށު މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފި އެވެ. ފެބްރުއަރީ, 2022 ގައި ކުޅުދުއްފުށްޓަށް ދިޔަ ބޯޓެއްގައި ގެންދިޔަ ފޮށިގަނޑެއްގައި ހުރި ގަސްމުށްޓެއްގެ ތެރޭގައި އިންދާފައި އިން ގަހެއްގެ މޫގަނޑުގައި ހަރުކޮށްގެން 51 ގްރާމްގެ ޑައިމޯފިން އެތެރެކުރި މައްސަލާގައި ދައުލަތުން ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާކުރީ މ. މުލީ މީހެއްގެ މައްޗަށެވެ. ނަމަވެސް އެ މީހާ އެ ދައުވާއަށް އިންކާރުކޮށް, ކޯ...

ކުޅުދުއްފުށީ ރަސްމީ ފާލަން ތަރައްޤީކުރަން ހަވާލުކޮށްފި
Thiladhunmathi News

ކުޅުދުއްފުށީ ރަސްމީ ފާލަން ތަރައްޤީކުރަން ހަވާލުކޮށްފި

ބޮޑު މުޙައްމަދު ކަލޭފާނު ބަނދަރުގައި ކުޅުދުއްފުށި ސިޓީގެ ރަސްމީފާލަން ތަރައްޤީކުރުމުގެ މަސައްކަތް ވޭވްލެންތް ޕްރައިވެޓް ލިމިޓެޑްއާއި ހަވާލުކޮށްފިއެވެ. ކައުންސިލުން މައުލޫމާތުދޭ ގޮތުގައި މި ފާލަން ތަރައްޤީކުރުމަށް ފަރުމާކުރެވިފައިވަނީ ހިޔާގަނޑަކާއިއެކު ފާލަމުގެ ތިންފަރާތުން ލޯންޗްފަހަރަށް ފަސޭހަކަމާއެެކު ގާތްކޮށް، އަރާފޭބުމަށް ފަސޭހަވާނެހެންނެވެ. އެގޮތުން މި ފާލަމަކީ ރަސްމީ ހައިސިއްޔަތުން ރަށަށް ވަޑައިގަންނަވާ އިއްޒަތްތެރީންނާއި، ރަށުގައި ހިންގާ ހާއްސަ ހަރަކާތްތަކަށް ދައުވަތު އެރުވިގެން ރަށަށް ވަ...

ކުޅުދުއްފުށީގައި ތަރައްޤީކުރި އައު ހިނަވާގެ ހުޅުވައިފި
Thiladhunmathi News

ކުޅުދުއްފުށީގައި ތަރައްޤީކުރި އައު ހިނަވާގެ ހުޅުވައިފި

ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރި އައު ހިނަވާގެ ރަސްމީކޮށް މިއަދު ހަވީރު ހުޅުވައިފިއެވެ. ހިނަވާގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފްއެވެ. އަދި މޭޔަރ އާތިފްގެ އިތުރުން ހިނަވާގެ ހުޅުވައިދެއްވާފައިވަނީ ރަށަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ޤުލްދަސްތާގޭ ހުސައިން ޔޫސުފް އާއި ހުސައިން އަޙްމަދު ދާރުއްސަލާމް އަދި މުޙައްމަދު އަލީ އާހިޔާގެއެވެ. ރައްޔިތުންގެ ހިޔާލު ހޯދައި ކައުންސިލުން އާންމުންގެ މެދުުގައި ބޭއްވުނު ގިނަ ގުނަ މަޝްވަރާ ބައް...

ކުޅުދުއްފުށީގަައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
Thiladhunmathi News

ކުޅުދުއްފުށީގަައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

ކުޅުދުއްފުށި ސިޓީގައި ބާރު ސްޕީޑެއްގައި ދުއްވާފައި އައި ފުލުހުންގެ ކާރަކާއި މީހަކު ކުޑަކުއްޖެއް ގޮވައިގެން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ. މިއަދު މެންދުރުފަހު ގާތްގަނޑަކަށް 15:50 އެހާއިރު ހިނގި މި އެކްސިޑެންޓްވީ ފަރީދީމަގުން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ފުލުހުންގެ ކާރު، ހަނި ގޯޅިން ފަރީދީމަގަށް ނުކުންނަމުންދިޔަ ސައިކަލެއްގައި ޖެހިގެންނެވެ. މައުލޫމާތު ލިބޭގޮތުގައި ސައިކަލު ދުއްވަން އިން އަންހެން މީހާ ހަނި ގޯޅިން ނުކުތީ ނުބައި ފަޅިއަކުންނެ...

ކުޅުދުއްފުށީގައި 'ކްލައިމެޓް ޗެމްޕިއަންސް'ގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި
Raajje

ކުޅުދުއްފުށީގައި 'ކްލައިމެޓް ޗެމްޕިއަންސް'ގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

ކުޅުދުއްފުށި ސިޓީ ކައުންސިލުން ކުރިއަށްގެންދާ، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމެއްގެ ދަށުން “ކްލައިމެޓް ޗެމްޕިއަންސް” ގެ ގޮތުގައި މަސައްކަތް ކުރަން ޝައުގުވެރިިވާ ފަރާތްތަކަށް ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ. މިކަމަށް ފުރުސަތު ހުޅުވާލައި، ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން، މި މަސައްކަތުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގައި ހިމެނޭ ކަންތައްތައްތަކުގެ ތެރޭގައި، ތިމާވެށި ރައްކާތެރިކުރުމާއި ގުޅޭ ޙަރަކާތްތަކުގައާއި ސިޓީ ކައުންސިލުން ކުރިއަށ...