ތިލަދުންމަތީ އިންޓަރ ސްކޫލް ފެތުުމުގެ މުބާރާތް 2025 މިއަދު ކުޅުދުއްފުށީ ސިޓީގައި ފަށައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ސްވިމިންގް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ކުޅުދުއްފުށި ސިޓީ ކައުންސިލް ގުޅިގެންނެވެ.

Ad
mooomoo 1

ސްކޫލް ދަރިވަރުންގެ ފެތުމުުގެ ހުނަރުވެރިކަމާއި ޤާބިލުކަން އިތުރުކޮށް ފެތުމުގެ ދާއިރާއިން ހުނަރުވެރި ޒުވާނުން ބިނާކުރުމުގެ މަޤުސަދުގައި ފެށި މި މުބާރާތުގައި މި އަހަރު 16 ސްކޫލަކުން 309 ދަރިވަރުން ބައިވެރިވެފައިވެއެވެ.

ކުރީ އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މި މުބާރާތް ކުރިއަށް ދާނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ހެނދުނުއާއި ހަވީރުއެވެ.

މި މަހު 24 އިން 28 ގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތަކީ ޖެހިޖެހިގެން މި މުބާރާތް ކުޅުދުއްފުށީގައި ބާއްވާ ތިން ވަނަ އަހަރެވެ. އަދި މި މުބާރާތުގައި ކުޅުދުއްފުށީގެ 3 ސްކޫލުން ވެސް ބައިވެރިވެއެވެ.

ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ މި މުބާރާތް ފެށުމުގެ ކުރިން ކުޅުދުއްފުށި ޕަބްލިކް ވޯކްސްގެ އެހީތެރިކަމާއެކު ރައްމަތިފަންނު ސަރަހައްދުގައި ޤާއިމްކޮށްފައިވާ ސްވިމިންގ ޓްރެކް ތައްޔާރުކޮށްފައެވެ.

Ad
df

ސްވިމިންގ އެސޯސިއޭޝަނުން ވަނީ ކުރީ އަހަރުގެ މުބާރާތުންވެސް ތިލަދުންމަތީގެ ސްކޫލްތަކުން މި މުބާރާތަށް ރަނގަޅު ތަރުހީބެއް ލިބިގެންދިޔަކަން ފާހަގަކޮށް، މިއަހަރުގެ މުބާރާތުންވެސް ދަރިވަރުން ފޮނި ނަތީޖާއެއް ނެރުމަށް ހިތްވަރުދީފައެވެ.