ކުޅުދުއްފުށީގައި ސްކޭޓް ކުރުމަށް ޝައުޤުވެރިވާ ކުދިންނަށް ހާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް
ކުޅުދުއްފުށި ސިޓީގައި ސްކޭޓް ކުރުމަށް ޝައުޤުވެރިވާ ކުދިންނަށް ހާއްސަކޮށްގެން ސްކޭޓް ބޯޑް ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވުމަށް ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. މިކަމަށް ފުރުސަތު ހުޅުވާލައި ސިޓީ ކައުންސިލުން ކުރި އިއުލާނުގައިވާ ގޮތުން މި ޕްރޮގްރާމަށް ޝައުޤުވެރިވާ 8 އަހަރުން މަތީގެ ކޮންމެ ކުއްޖަކަށްވެސް ބައިވެރިވެވޭނެއެވެ. އަދި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓަރ ވާ ތަރުތީބުން، އެންމެ ފުރަތަމަ ރަޖިސްޓަރވާ 30 ކުދިންނަށެވެ. ރަޖިސްޓަރ ވުމަށް އެދި ގޫގުލް ލިންކް މެދުވެރިކޮށް...