ކުޅުދުއްފުށި ސިޓީިގައި ސްކޫލް ކުއްޖެއް ބާރު ސްޕީޑެއްގައި ދުއްވާފައި ދިއަ ސައިކަލެއް ކޮންޓްރޯލް ނުވެގެންގޮސް ފާރެއްގައި ޖެހި ނުރައްކާތެރި އެކްސިޑެންޓެއް މިއަދު ހިނގައިފިއެވެ.
މިއަދު މެންދުރު ގާތްގަނޑަކަށް 1 ޖަހާ އެހާކަށް ހާއިރު މި އެކްސިޑެންޓް ހިނގީ ސްކޫލް ނިންމުމަށްފަހު ކުއްޖާ އެކަނި ގެޔަށް ދިޔަ މަގުމަތީގައެވެ.
މައުލޫމާތު ލިބޭގޮތުގައި މި ކުއްޖާއަކީ ޖަލާލުއްދީން ސްކޫލް ގްރޭޑް 12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެކެވެ.
މަންޒަރު ދުށް ކުޅުދުއްފުށީ ލައިސަންސް ނަގާ ތަނުުގައި ތިބި ބައެއް މީހުން ބުނިގޮތުގައި، ކުއްޖާ އަމީނީމަގުން އައި އިރުވެސް އައީ ވަރަށް ބާރަށެވެ. ކުއްޖާ ގޮސް ޖެހުނީ "ފަންދު" ކިޔާ ގެއެއްގެ ފާރުގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި އެކްސިޑެންޓް ހިނގި ހިސާބު ޕޭމަންޓްގައި ގިނަ އަދަދެއްގެ ލޭ ހުއްޓެވެ.
މި ކުއްޖާއަށް މިހާރު ކުޅުދުއްފުށި ސިޓީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު ކުއްޖާއަށް ލިބިފައިވާ އަނިޔާތަކާ ބެހޭގޮތުން އަދި ހޮސްޕިޓަލަކުން ވަކި އެއްޗެކޭ ނުބުނެއެވެ.
ރަސްމީ އިދާރާއެއްގެ ބަހެއް މި އެކްސިޑެންޓާއި ގުޅިގެން އަދި ނުލިބެއެވެ.
ފަހަކަށް އައިސް ކުޅުދުއްފުށީގައި މިކަހަލަ ނުރައްކާތެރި އެކްސިޑެންޓްތައް ވަމުންދާލެއް ވަނީ ގިނަވެފައެވެ. މި މަހު އެކަނިވެސް ކުޅުދުއްފުށީގައި ނުރައްކާތެރި 5 އެކްސިޑެންޓެއް ވަނީ ހިނގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!