އއ އުކުޅަހުގައި ބޭއްވި "ރައްވެހިންގެ ސައްލާ" ގައި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ފަރާތުން ބައިވެރިވެއްޖެއެވެ.

މި ސައްލާގައި ކުޅުދުއްފުށި ސިޓީ ކައުންސިލް ތަމްސީލް ކުރެއްވީ ކައުންސިލަރ ޢާތިފާ އަލީ އާއި ރިލްވާން މުޙައްމަދު އަދި ސެކްރެޓަރީ ޖެނެރަލް އަބްދުالله އާދަމް އެވެ.

Ad
rt

އޭޕްރީލް 12 އަދި 13، މި ދެދުވަހު ބޭއްވުނު މި ސައްލާއަކީ ޔޫ.އެން.ޑީ.ޕީ މޯލްޑީވްސް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ އިން ރައްޔިތުންގެ ބައިވެރިވުމާއި ލޯކަލް ގަވަނަންސް އާއި ބެހޭގޮތުން ބޭއްވުނު ސައްލާއެކެވެ.

އެގޮތުން މި ފޯރަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާގެ މަތިން ކަންކަން ނިންމާ، މުހިންމު ނިންމުންތަކުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ގެންގުޅޭ އުކުޅުތަކާއި ބެހޭގޮތުން ކުޅުދުއްފުށި ސިޓީ ކައުންސިލުން ވަނީ ޕްރެޒެންޓޭޝަނެއް ހުށަހަޅާފައެވެ.

އަދި އިންފޮމޭޝަން ކޮމިޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ، އަމިއްލަ އިސްނެގުމުުގެ މަތިން މައުލޫމާތު ހާމަކުރަމާއި ޤާނޫނު ލާޒިމްކުރާ މައުލޫމާތުތައް ހާމަކުރުމާއި ގުޅޭ ޕެނަލް ޑިސްކަޝަންގައިވެސް ވަނީ ސިޓީ ކައުންސިލުން ބައިވެރިވެފައެވެ.

މީގެ އިތުރުން ލާމަރުކަޒީ ނިޒާމުގައި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުން އިތުރުކުރުމާއި ރައްޔިތުން ބައިވެރިކުރުމަށް ކައުންސިލްތަކަށް މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާތަކެއް ކޮށްފައި ވެއެވެ.