ކުޅުދުއްފުށި ސިޓީގައި ތަރައްޤީކުރި އައު ހިނަވާގެ ރަސްމީކޮށް މިއަދު ހަވީރު ހުޅުވައިފިއެވެ.

ހިނަވާގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރ މުހައްމަދު އާތިފްއެވެ. އަދި މޭޔަރ އާތިފްގެ އިތުރުން ހިނަވާގެ ހުޅުވައިދެއްވާފައިވަނީ ރަށަށް އަގުހުރި ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ޤުލްދަސްތާގޭ ހުސައިން ޔޫސުފް އާއި ހުސައިން އަޙްމަދު ދާރުއްސަލާމް އަދި މުޙައްމަދު އަލީ އާހިޔާގެއެވެ.

Ad
mooomoo 1

ރައްޔިތުންގެ ހިޔާލު ހޯދައި ކައުންސިލުން އާންމުންގެ މެދުުގައި ބޭއްވުނު ގިނަ ގުނަ މަޝްވަރާ ބައްދަލުވުންތަކަކަށްފަހު އެޅިގެންދިޔަ މި ހިނަވާގެއަކީ ޒަމާނީ ފެންވަރުގައި 4 މީހުންގެ ޖާގައިގެ މޯޗަރީ ޗޭމްބަރ އެއް ހިމެނޭހެން، 3 ހިނަވާކޮޓަރިއާއި، 2 ކަފުން ތައްޔާރުކުރާ ކޮޓަރިއާއި، 2 ޗޭންޖިންގ ރޫމާއި، ސްޓާފް ރޫމް، ސެކިއުރިޓީ ހަޓް އަދި ލޯންޑްރީ ރޫމްގެ އިތުރުން ކޮފިން ސްޓޯރ އެއް ހިމެނޭހެން ޤާއިމްކޮށްފައިވާ ހިނަވާގެއެކެވެ.

ކުޅުދުއްފުށީގައި ތަރައްޤީކުރި އައު ހިނަވާގެ ހުޅުވުން، ފޮޓޯ: ސިޓީ ކައުންސިލް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ހުޅަނގަށް އޮންނަ ބިމުގައި އިމާރަތްކުރި މި ހިނަވާގޭގައި ހޮސްޕިޓަލާ ގުޅޭ ވޯކްވޭއަކާއި ލޮބީ އޭރިއާއެއްވެސް ތަރައްޤީކޮށްފައިވެއެވެ. މިކަމުގެ ސަބަބުން އެމްބިއުލާންސްގެ ދަތުރުތައް މަދުވުމާއި، ރައްޔިތުންނަށް ދަތުރުކުރުމަށް ލުޔެއް ލިބިގެންދާނެއެވެ.

ކުޅުދުއްފުށީގައި ތަރައްޤީކުރި އައު ހިނަވާގެ ހުޅުވުން، ފޮޓޯ: ސިޓީ ކައުންސިލް

ހިނަވާގެ ހުޅުވަން ބޭއްވުނު ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ މޭޔަރ ވިދާޅުވީ، ކުޅުދުއްފުށީގެ އާބާދީއަކީ 13000 މީހުން ކަމުގައި ވިއަސް، މޭޔަރ ޤަބޫލުކުރާ ގޮތުގައި ރަށުގެ އަސްލު އާބާދީއަކީ ބޮޑުތިލަދުންމަތީގެ 70000 މީހުންނެވެ. އަދި މި އާބާދީއަށްް ޙިދުމަތް ދެވޭނެވަރުގެ ފެންވަރުުގެ ހިނަވާގެއެއް އެޅުމަށް ރައްޔިތުންނާވެސް މަޝްވަރާކޮށް ވާންޖެހޭ ތައްޔާރީތަކާއެކު ޤާއިމްކުރެވުނު ހިނަވާގެއެއްްކަން މޭޔަރ އާތިފް ފާހަގަކޮށްފައިވެއެވެ.

ކުޅުދުއްފުށީގައި ތަރައްޤީކުރި އައު ހިނަވާގެ ހުޅުވުން، ފޮޓޯ: ސިޓީ ކައުންސިލް

މި ހިނަވާގެ އަޅަން ޖުމްލަ 4،287،782.32 ރުފިޔާގެ ޚަރަދުކޮށްފައިވާއިރު، ވޭވްލެންތާ ހަވާލުކޮށް މި މަޝްރޫޢުގެ މަސައްކަތް ފަށާފައިވަނީ 2023 ވަނަ އަހަރުއެވެ.

Ad
df