މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހދ. ހަނިމާދޫ އާއި އެއަތޮޅު ނޮޅިވަރަމްގައި ވޯކިންގ އިންޓަރވިއުތަކެއް މާދަމާ ބޭއްވުމަށް ނިންމައި، އެކަން ހާމަކޮށްފިއެވެ.

އެ ކުންފުނިން ބުނީ މިއީ އެ ކުންފުނީގެ އެކިދާއިރާތަކުން މީހުން ހޯދަން ބާއްވާ ވޯކް-އިން އިންޓަވިއުތަކެއް ކަމަށެވެ.

Ad
rt

މި އިންޓަރވިއުތައް މޮޅިވަރަމް ގައި ކުރިއަށްދާނީ މާދަމާ މެންދުރުފަހު 3 ން ހަވީރު ޖަހަންދެން ކަމަށާއި ހަނިމާދޫގައި ކުރިއަށް ދާނީ މި މާރިޗު މަހުގެ 30 ވަނަ ދުވަހު މެންދުރުފަހު 3 ން ހަވާިރު 5 ޖަހަންދެން ކަމަށެވެ.

އެ ކުންފުނިން ބުނީ އިންޓަވިއުތަށް އޮންނާނީ އެ ދެ ރަށުގެ ކައުންސިލުގެ އިދާރާގައި ކަމަށެވެ.

މި ވަޒީފާތަކަށް ހޮވޭ މީހުންނަށް 10،000ރ އާއި 20،000ރ އާ ދެމެދުގެ މުސާރައެއް ލިބޭނެ ކަމަށް އެމްޓީސީސީ އިން ކޮށްފައިވާ އިއުލާނުގައި ވެއެވެ. އަދި މެޑިކަލް އިންޝްއަރަންސް، ކެރިއަރ ޑިވެލޮފްމެންޓުގެ އިތުރުން ޓްރެއިނިންގ ދޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

އިންޓަވިއުއަށް ދާފަރާތްތަކުން ގެންދަންޖެހޭނީ އައިޑީ އެވެ. އަދި ޓަގު ލައިސަންސް އޮތް ފަރާތްތަކުން ލައިސަންސް ގެންދިއުމަށް އެދިފައިވެއެވެ.

އެމްޓީސީސީ އިން ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި އެކި ޕްރޮޖެކްޓްތައް ހިންގުން ވަނީ އިތުރުވެފައެވެ. އެހެން ކަމުން އެކިދާއިރާތަކުން ގާބިލި މީހުން އެންޓީސީސީއަށް ނެގުމަށް އެކުންފުނިން އަންނަނީ ވޯކް-އިން އިންޓަވިއުތައް ބާއްވަމުންނެ އެވެ.