ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ "އެޗްޒެޑްޖޭ ވުމެންސް ވޮލީބޯލް ޓޯނަމެންޓް 2023" ގެ ޗެމްޕިއަންކަން ހިޔަލަ ޓީމުން ހޯދައިފިއެވެ.
އާދީއްތަ ދުވަހުގެ ރޭ ހަނިމާދޫ އިޖްތިމާއީ މަރުކައޒު މަލްޓިޕާޕަސް ޓާފް ވޮލީ ކޯޓުގައި ކުޅުނު ފައިނަލު މެޗުގައި ބައްދަލު ކޮށްފައި ވަނީ ހިޔަލައާއި ރެއަރ ސްކޮޑެވެ.
ވާދަވެރި ފޯރިގަދަ ކުޅުމަކަށް ފަހު މި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ތަށި އުފުލައިލީ ހިޔަލައިންނެވެ. މެޗުގެ ސެޓްތައް ގޮސްފައި ވަނީ 25/23، 23/25، 20/25، 26/24، 15/09 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހިޔަލަ ޓީމްގެ ޖޯޒީ ނަމްބަރު 9، އައިމިނަތު އަރީޝާއެވެ.
ރަނަރަޕް ޓީމް ރެއަރ ސްކޮޑް، ފޮޓޯ: ހަނިމާދޫ ޒ.ޖ
މުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިން
ހަދީޖާ އަބްދުއްސަމަދު – އުންމީދު
އައިޝަތު މުޙައްމަދު – އުންމީދު
އަރޫޝާ އަލީ – ހިޔަލަ
އައިމިނަތު އަރީޝާ – ހިޔަލަ
އައިޝަތު ރީޝާ – ރެއަރ ސްކޮޑު
ޝަހުމީލާ އަބްދުލްހަކީމް – ރެއަރ ސްކޮޑު
މުބާރާތުގެ މޮޅު ފަސް ކުޅުންތެރިން، ފޮޓޯ: ހިމާދޫ ޒ.ޖ
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ހިޔަލަ ޓީމްގެ ޖޯޒީ ނަމްބަރު 9، އައިމިނަތު އަރީޝާއެވެ. އަރީޝާ ވަނީ ހިޔަލަ ޓީމުން މުބާރާތުގައި ކުޅުނު ހުރިހާ މެޗެއްގެ ވެސް މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ.
މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި އެސްޓީއޯ، ހަނިމާދޫ ޑަބްލިއުޑީސީ، ޗިލް ޓައިމް، ސެރޫލިއަން ވިއު ރެސިޑެންސް، ބްރޭކް ޓައިމް، ހަނިމާދޫ ކައުންސިލް އަދި ޕެންޓަގްރާމް ހިމެނެއެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ތިލަދުން" އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!