ހދ. ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއްސައްތާރު ޙަސަން، ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަޤާމަށް އިންތިޚާބު ކޮށްފި އެވެ.

އެ މަޤާމަށް ޢަބްދުއްސައްތާރު ޙަސަން އިންތިޚާބު ކޮށްފައިވަނީ، މިއަދު ބޭއްވުނު އެކައުންސިލްގެ 4 ވަނަ ދައުރުގެ 79 ވަނަ ޢާންމު ޖަލްސާގައެވެ.

Ad
rt

ޢަބްދުއްސައްތާރު ޙަސަން އާއި ވާދަކުރެއްވީ، ވައިކަރަދޫ ކައުންސިލްގެ ރައީސް ޢަބްދުﷲ ޒާމިރެވެ.

ނާއިބު ރައީސް އިންތިޚާބު ކުރުމަށް ނެގުނު ވޯޓުގައި އަބްދުއްސައްތާރު ޙަސަންއަށް ލިބިވަޑައިގެންފައިވަނީ 7 ވޯޓެވެ. އަދި ޢަބްދުﷲ ޒާމިރަށް ލިބިވަޑައިގަތީ 4 ވޯޓެވެ. މިޖަލްސާގައި ބައިވެރިވަޑައިގެންފައިވަނީ 11 މެންބަރުންނެވެ.

ހދ. އަތޮޅު ކައުންސިލްގެ ނާއިބު ރައީސްގެ މަޤާމު ހުސްވެފައިވަނީ، ކުރީން އެމަޤާމުގައި ހުންނެވި، ކުމުންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް އަމީން މުޙައްމަދު މިދިޔަ މަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.