ހަނިމާދޫ ލީގު: އަހުލީ ފުރަތަމަ މޮޅު ހޯދިއިރު ޔުނީފޯމާއި ރިއަލް ސްޓާސް އެއްވަރު

BACBFD03-E01A-4B83-AC5E-16D4D7848750

ހަނިމާދޫ ލީގު 2023 ފުޓްބޯޅަ މުބާރާތުގައި އަހުލީ ފުރަތަމަ މޮޅު ހޯދިއިރު، ޔުނީފޯމާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.

ގޭމް ވީކް ހަތަރެއްގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހު ހަވީރު އަހުލީން ވަނީ 7-3 ގެ ނަތީޖާއިން ފަލްކަން ބަލިކޮށްފައެވެ. މިއީ ލީގުގައި އަހުލީ މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން، އެ ޓީމަށް ކާމިޔާބު ކުރެވުނު ފުރަތަމަ މެޗެވެ.

މި މެޗުގައި އަހުލީގެ ނާއިލް ޔޫސުފް ތިން ލަނޑުޖަހައި ހެޓްރިކް ހެދިއިރު، ދެން އެޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ މުހައްމަދު ޚާލިދު ދެ ލަނޑު އަދި ތޯހާ ޚާލިދާއި ޝިފާޒް މި ކޮންމެ ކުޅުންތެރިޔަކު އެއް ލަނޑެވެ. ފަލްކަންއަށް ލަނޑތައް ޖަހައިދީފައި ވަނީ އަހްމަދު ނިހާން ދެ ލަނޑުގެ އަދި މުހައްމަދު ނާސިފް އެއް ލަނޑެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ އަހުލީގެ ނާއިލް ޔޫސުފެވެ.

ގޭމް ވީކް ހަތަރެއްގެ ދެވަނަ މެޗުގައި ހޮނިހިރު ދުވަހު ހަވީރު ޔުނީފޯމާއި ރިއަލް ސްޓާސް ބައްދަލުކުރި މެޗު ނިމިފައި ވަނީ 0-0 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މިއީ ލީގުގައި މިހާތަނަށް ކުޅެވުނު މެޗުތަކުގެ ތެރެއިން އެއްވަރުވެގެން ނިމުނު ފުރަތަމަ މެޗެވެ.  މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ރިއަލް ސްޓާސްގެ ޒަމާއުއެވެ.

މި މުބާރާތުގެ ގޭމް ވީކް ފަހެއްގެ ކުޅުން އަންނަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އޮންނާނެއެވެ. ހުކުރު ދުވަހު ހަވީރު ޔޫތު ފްރެންޑްސްއާއި އަހުލީ ވާދަކުރާއިރު، ހޮނިހިރު ދުވަހު ހަވީރު ޔުނީފޯމް ބައްދަލު ކުރާނީ ފަލްކަންއާއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމަށް ރާވާލާފައި ވަނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ލީގުގެ ޗެމްޕިއަންކަން ލިބޭނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ދެ ފަހަރުމަތިން ބައްދަލުކުރުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމަށެވެ.

މި މުބާރާތުގައި ޖުމްލަ ހަތް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެ ޓީމްތަކަކީ ޔޫތު ފްރެންޑްސް، ޝީލްޑް، ރޫހް، ޔުނީފޯމް، އަހުލީ، ރިއަލް ސްޓާސްގެ އިތުރުން ފަލްކަންއެވެ.

މިއީ ހަނިމާދޫގައި ފުޓްބޯޅަ ލީގެއް ބާއްވާ ފުރަތަމަ ފަހަރެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި